60 މިލިއަނަށް ދެ ޕާކިން، ދެން ހުރިހާ އެއްޗެއް ގެއްލިއްޖެ!

ހުޅުމާލެ އާއި މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ނަމުގައި ދައުލަތުން 20 މެކޭނިކަލް ޕާކިން ސިސްޓަމެއް ބަހައްޓަން ވައުދުވި. އެ މަސައްކަތަށް 59.36 މިލިއަން ރުފިޔާ ހޭދަކުރި ނަމަވެސް، މައި އެއްބަސްވުން ބާތިލުކުރިއިރު ނިމުނީ އެންމެ ދެ ސިސްޓަމް ކަމަށް. ބާކީ ހުރި ސިސްޓަމްތަކެއް ވީގޮތެއް، ވާގޮތެއް ނޭނގޭ!

11 ގަޑިއިރު ކުރިން
60 މިލިއަނަށް ދެ ޕާކިން، ދެން ހުރިހާ އެއްޗެއް ގެއްލިއްޖެ!

ފަހުގެ ޚަބަރު

ސްކްރީންސް

އިތުރު ވީޑިއޯ

އެންމެ ފަސް

ކޮލަމިސްޓުން

ހުރިހާ ކޮލަމެއް
ދުނިޔޭގެ ކުޅިވަރު

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް
ފޮޓޯ ސްޓޯރީސް
ފޮޓޯ: ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ބޭއްވި ފުރަތަމަ ރެލީ
151 ހަފްތާ ކުރިން

ފޮޓޯ: ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ބޭއްވި ފުރަތަމަ ރެލީ

"ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުގެ ފަރާތުން ރޭ ބޭއްވި "ގައުމީ ހަރަކާތް" އެއްވުމުގައި، ގިނަ ސިޔާސީ ޕާޓީތަކަކަށް ނިސްބަތްވާ މީހުން ބައިވެރިވެ، ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާއި، ބޭރު މީހުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހުށަހަޅާފައިވާ ގާނޫނުތަކާ ދެކޮޅަށް އަޑުއުފުލާފައި. މި އެއްވުމުގައި ވާހަކަ ދެއްކެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އެ ހަރަކާތުގެ ތަރުޖަމާނު އަލީ ހުސައިނާއި، އިމްރާން އަބްދުﷲ އަދި މައުރޫފް ޒާކިރު ވަނީ، އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުން ހުއްޓާލުމަށް ނުވަތަ އެކަމުގައި އާންމު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރަށް ގޮވާލައްވާފައި. ރައީސް ޔާމީން ދެއްވި އިންޒާރުގައި، ކުރިއަށް އޮތް ސަރުކާރަކުން އެއްވެސް ބަދަލަކާ ނުލައި އެ އެއްބަސްވުން ބާތިލްކުރާނެ ކަމަށާއި، އެކަމުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލާނެ ކަމަށް ވިދާޅުވި.. އަދި އަލީ ހުސައިން ފާހަގަކުރެއްވި ގޮތުގައި، ބޭރު މީހުން ރާއްޖޭގައި ވަޒަންވެރިކުރުވުމަކީ ސަރުކާރުގެ 2023 ވަނަ އަހަރުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ނޫން ކަމަށާއި، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެފަދަ ކަމެއް ނިންމަންވާނީ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށް އޭނާ ވިދާޅުވި.