Advertisement

ދިރާގު މޯލްޑިވްސް ރޯޑްރޭސްގެ ބިބާއި ރޭސް ކިޓް ދޫކުރަން ފަށައިފި

20 އޮކްޓޯބަރު 2024 - 17:55 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދިރާގު މޯލްޑިވްސް ރޯޑްރޭސްގެ ބިބާއި ރޭސް ކިޓް ދޫކުރަން ފަށައިފި

20 އޮކްޓޯބަރު 2024 - 17:55 0

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2024 ގެ ބިބާއި ރޭސް ކިޓް ދޫކުރަން ދިރާގުން ފަށައިފި އެވެ.

ދިރާގުން ބުނީ މި އަހަރުގެ ޑީއެމްއާރްއާރް ބިބް އެކްސްޕޯ ކުރިއަށްދަނީ އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ތިރީ ފަންގިފިލާގައި ގާއިމު ކޮށްފައިވާ ބިބް އެކްސްޕޯ ސެންޓަރުން ކަމަށެވެ.

ބިބް އެކްސްޕޯގައި ދުވުންތެރިންނަށް ދުވުންތެރިންނަށް ބިބް އަދި ރޭސް ކިޓް ހަވާލު ކުރެވޭނެ ކަމަށާއި ބިބް ހަވާލު ކުރުން ކުރިއަށްދާނީ އޮކްޓޯބަރު 22، ގެ ނިޔަލަށް ކަމަށް ދިރާގުން ބުންޏެވެ.

ބިބް ދޫކުރަން ހަމަޖެހިފައިވާ ގަޑިތައް:

• މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް

• ރޭގަނޑު 8:00 އިން 10:00 އަށް

ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ އެވެ. އަދި ވެރިފައި ކުރުމުގެ ގޮތުން ރޭސް ކިޓް ބާލާ އަންނަ ފަރާތުން ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހެ އެވެ.

ޑީއެމްއާރްއާރްއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ހަރަކާތެވެ. މިގޮތުން މި އަހަރު މި ފާހަގަކުރާ މި ރޭހުގެ 15 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 27، ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

މި އަހަރުގެ ދުވުމުގައި 4،400 އަށް ވުރެ ގިނަ ބައިވެރިން ދުވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.