Advertisement

ކިއުބާގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދޭން ފަށައިފި

21 އޮކްޓޯބަރު 2024 - 06:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކިއުބާއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުން: ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ވަނީ ފަށާފައި -- ފޮޓޯ: އޭޕީ


ކިއުބާގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދޭން ފަށައިފި

21 އޮކްޓޯބަރު 2024 - 06:35 0

ޕަވާ ޕްލާންޓެއް ފެއިލްވެގެން މުޅި ކިއުބާއިން ބުރާސްފަތި ދުވަހު ކަރަންޓްގެ ހިދުމަތް މެދުކެނޑުމަށްފަހު، ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށައިފި އެވެ.

ކިއުބާގެ އެނާޖީ މިނިސްޓާ ވިންސެންޓް ޑިލާ އޯ ލެވީ ވިދާޅުވީ ހުޅަނގުގެ ބައެއް ސަރަހައްދުތަކުގައި ހުރި ބައެއް ސަބްސްޓޭޝަންތަކަށް ކަރަންޓުގެ ހިދުމަތް ދެވިފައިވާ ކަމަށާއި ކުރިއަށް އޮތް ވަގުތުތަކުގައި އިތުރު ސަސްސްޓޭޝަންތަކަށް ކަރަންޓުގެ ހިދުމަތް ދޭނެ ކަމަށެވެ.

ދިހަ މިލިއަން އާބާދީއެއް އޮންނަ ކިއުބާ ކަނުއަނދިރީގައި އޮތުމާއެކު މުޅި ގައުމު އޮތީ އެއްކޮށްހެން ހުއްޓިފަ އެވެ. މަގުތަކުގައި ވެހިކަލްތައް ދުއްވާ މިންވަރު ދަށްވެ، ސްކޫލްތަކާއި އޮފީސްތައް ވެސް ބަންދު ކުރި އެވެ.

އެ ގައުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވަނީ އެ ގައުމުގައި ކަރަންޓު އުފައްދަން ބޭނުންވާ މިންވަރަށް ވެސް ތެޔޮ ނެތްކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. ވެނެޒުއެލާއިން ކިއުބާ އަށް ތެޔޮ ވިއްކާ މިންވަރު ވެސް އޮތީ ދަށްކޮށްފަ އެވެ.

މުޅި ކިއުބާއިން ކަރަންޓު މިދިޔައީ، ފަހަކަށް އައިސް އެކި ސަރަހައްދުތަށް ކަރަންޓު ދޭ ވަގުތު މަދުކޮށްފައި ވަނިކޮށެވެ.