Advertisement

ސައުދީ ޓީވީއަކުން ހަމާސް އާއި ހިޒްބުﷲ ގައި ތިބީ ޓެރަރިސްޓުން ކަމަށް ބުނުމުން އިމާރާތުގައި ރޯކޮށްލައިފި

19 އޮކްޓޯބަރު 2024 - 20:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސައުދީގެ އެމްބީސީ ޓީވީގައި އަލިފާން ރޯކުރުން: އެ ޓީވީން ވަނީ ހަމާސް އާއި ހިޒްބުﷲ ގައި ތިބީ ޓެރެރިސްޓުން ކަމަށް ބުނެފައި -- ފޮޓޯ: އެކްސް


ސައުދީ ޓީވީއަކުން ހަމާސް އާއި ހިޒްބުﷲ ގައި ތިބީ ޓެރަރިސްޓުން ކަމަށް ބުނުމުން އިމާރާތުގައި ރޯކޮށްލައިފި

19 އޮކްޓޯބަރު 2024 - 20:00 0

އިރާގުގައި ހުންނަ ސައުދީ އަރަބިއްޔާގެ ޓީވީ ޗެނަލް، އެމްބީސީން ހަމާސް، ހިޒްބުﷲ އަދި އިރާގުގެ މޯބިލައިޒޭޝަން ފޯސްގައި ތިބީ ޓެރަރިސްޓުން ކަމަށް ބުނި މައްސަލަ ހޫނުވެ، އެ ޓީވީ ޗެނަލް ހިންގާ އިމާރާތުގައި ރޯކޮށްލައިފި އެވެ.

އޭއެފްޕީން ބުނީ އެ އިމާރާތް ކައިރީގައި މުޒާހަރާކުރީ 400 އާއި 500 އާ ދެމެދުގެ އަދަދެއްގެ މީހުން ކަމަށާއި އެ މީހުން އިމާރާތް ތެރެއަށް ވަދެ އެތަނުގައި ހުރި މުދަލަށް ގެއްލުންދީ ރޯކޮށްލާފައިވާ ކަމަށެވެ.

"އިކިއުޕްމަންޓްތަކާއި ކޮމްޕިއުޓަރުތަކަށް ގެއްލުންދީ އިމާރާތުގެ އެކި ތަންތަނުގައި ވަނީ ރޯކޮށްލާފައި،" އޭއެފްޕީން ރިޕޯޓުކޮށްފައި ވެ އެވެ.

އެ ހަމަނުޖެހުންތަކުގައި އެއްވެސް މީހަކަށް އަނިޔާވި ކަމަށް ރިޕޯޓްތައް ބުނެފައެއް ނުވެ އެވެ. ނަމަވެސް ފުލުހުންނާއި އާންމުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގި އެވެ.

ބަގްދާދުގައި ހުންނަ އެމްބީސީގެ އިމާރާތް ކައިރިއަށް އެއްވީ އިރާނަށް ތާއީދު ކުރާ މީހުން ކަމަށް ބައެއް މެދުއިރުމަތީގެ ނޫސްްތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ.

އިޒްރޭލުން ފަލަސްތީނާއި ލުބްނާނުގައި ހިންގަމުން އަންނަ ގަތުލްއާންމުގައި ސައުދީން ބަސް ނުބުނާތީ ގިނަ ބަޔަކު އެކަމަށް އަންނަނީ ފާޑު ކިޔަމުންނެވެ.