Advertisement

އަޖުމަ ބަލައިފިން، މިވަރެއް ނެތް!

5 އޮކްޓޯބަރު 2024 - 07:14 0


އަޖުމަ ބަލައިފިން، މިވަރެއް ނެތް!

5 އޮކްޓޯބަރު 2024 - 07:14 0

ފާހާނަ ހަޑިވުމާއި، މޯލްޑު ޖެހުމަކީ އުނދަގުލަކަށް ވެފައި އޮތް ކަމެކެވެ. މޯލްޑު ގިނަވުމަކީ އެލާޖީވުމާއި، ނޭވާލާ ނިޒާމަށް މައްސަލަތައް ކުރިމަތިކުރުވާ ކަމެކެވެ. އެހެންވެ، ފާހާނައިގެ އިތުރުން، މޯލްޑު ޖަހާ ތަންތަން ރަނގަޅަށް ސާފުކުރުން މުހިންމެވެ.

މޯލްޑުން އަވަހަށް ސަލާމަތްވެ، ގިނަވުން ހުއްޓުވޭނެ ނުވަތަ މަދުކުރެވޭނެ އުފެއްދުމެއް ހިޔާރުކުރަން އުނދަގޫވާ މިންވަރަށް ބާޒާރުގައި އެކި ނަންނަމުގައި އުފެއްދުންތައް އެބަ ހުއްޓެވެ. އެކި ފަހަރު މަތިން އެތަކެތި ހުންނާނީ ތަޖުރިބާ ވެސް ކޮށްފަ އެވެ. ނަމަވެސް މައްސަލަ އަށް ހައްލެއް ނާދެ އެވެ.

މި ފަހަރު "އަދަދު" ނޫހުގެ ހޮވުމަކީ ވެސްޓްރޭޑުން ވިއްކާ މެޖިކް ކްލީން އެވެ. ވޭތުވެދިޔަ ދެ ހަފުތާގައި އެ އުފެއްދުން، އެކި މީހުން ލައްވައި ޓެސްޓު ކުރެވުނެވެ.

ޖަޕާނުގެ އެ އުފެއްދުން ބޭނުންކޮށް އަޖުމަ ބެލި މީހުން ބުނީ، އެވަރު ރަނގަޅު ނަތީޖާ ފެންނަ އުފެއްދުމެއް ކުރިން ފެނިފައި ނެތް ކަމަށެވެ.

އެ އުފެއްދުން ވަނީ ދުނިޔޭގެ އެހެން ބާޒާރުތަކުން ވެސް މަގުބޫލުކަން ހޯދައިފަ އެވެ. ރާއްޖޭގައި މެޖިކް ކްލީންގެ އުފެއްދުންތައް ވިއްކަނީ ވެސްޓްރޭޓުގެ އައިޑިއާ ފިހާރައިނެވެ.

މި ފުޅިން ނުކުންނަ ފޯމުތައް، ހަޑިވެފައިވާ ތަންތަނަށާއި، މޯލްޑު ހުރި ތަންތަނަށް ޖަހައިލާށެވެ. ފިހިގަނޑު، ސްޕޮންޖުން އުނގުޅާކަށް ނުޖެހޭނެ އެވެ. ފަސް ވަރަކަށް މިނެޓު ފަހުން، ފުހެލާށެވެ. ނުވަތަ ފެންޖަހައި ދޮވެލާށެވެ. ހައިރާންވާފަދަ ނަތީޖާ ފެންނާނެ އެވެ.

މެޖިކް ކްލީން ތައްޔާރުކޮށްފައި ވަނީ ހަޑިވެފައިވާ ތަންތަނާއި މޯލްޑުތަކުގެ އެތެރެއަށް ފޯމުގެ ދިޔަތިކިތައް ވަދަ، މޯލްޑުތަކުގެ ބުޑުން ލުހެލާ ގޮތަށެވެ. އަދި ރީތިކޮށް ސާފުކޮށްލެވޭ ގޮތަށެވެ.

ފާހާނާގެ ފާރުތަކާއި، ތަޅުންގަނޑާއި، ފާހާނަ ތަށްޓާއި، މޫނު ދޮންނަ ތަށްޓާއި ޝަވަރާއި ޓަބް، އަދި ޑްރެނޭޖް ހޯލަށް ވެސް އެ އުފެއްދުން ބޭނުން ކުރެވޭނެ އެވެ.

އައިޑިއާ ފިހާރައިން ވިއްކާ ބައެއް އުފެއްދުން