Advertisement

އަނިޔާގައި ހުރި ކާވަހާލްގެ ބޭނުންހިފަން އަންޗެލޮޓީ ނިންމައިފި

22 އޮކްޓޯބަރު 2024 - 07:03 0


އަނިޔާގައި ހުރި ކާވަހާލްގެ ބޭނުންހިފަން އަންޗެލޮޓީ ނިންމައިފި

22 އޮކްޓޯބަރު 2024 - 07:03 0

މެޑްރިޑް (އޮކްޓޫބަރު 22) - މި މަހު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ސީޒަން ނިމިފައިވާ ޑިފެންޑަރު، ޑެނީ ކާވަހާލްގެ ބޭނުން ހިފަން ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ނިންމާފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި މަހު، ސްޕެނިޝް ލީގުގައި ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗު މެޗުގެ ތެރެއިން ކާވަހާލްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ބަދަލުކުރީ އަށިގަނޑުގަ އެވެ.

ކަކުލުގެ އެންޓީރިއާ ކްރޫޝިއަލް ލިގަމެންޓް (އޭސީއެލް) އަށް ލިބުނު އަނިޔާއާ ގުޅިގެން، ކާވަހާލް ވަނީ އޮޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

ރިހެބިލިޓޭޝަން ފެށިތާ މާގިނަ ދުވަހެއް ނުވެ، ކާވަހާލް ވަނީ ރެއާލްގެ ޓްރެއިނިން ދަނޑުގައި ޓީމުގެ ކޯޗިން ސްޓާފުންނާ އެކު ހަރަކާތްތެރިވާތަން ފެނިފަ އެެވެ. އެ ގޮތުން، ރެއާލްގެ ކޯޗު އަންޗެލޮޓީ ނިންމާފައިވަނީ، ޓީމު މޯޓިވޭޓް ކުރުމާއި ކޯޗިން ސްޓާފުންނަށް އެކި ކަންކަމުގައި އެހީތެރިވެ، ޓީމާ ގުޅުން ބަދަހިކޮށް، ކާވަހާލް ގެންގުޅުމަށްޓަކައި، އޭނާ އަށް ހާއްސަ ރޯލެއް ދިނުމަށެވެ.


އަދި މިއީ، ކާވަހާލް ކޯޗިން ކެރިއަރު ފަށައިގަންނަން މުހިންމު ކަންތައްތަކެއް ދަސްވާނެ މުއްދަތަކަށް ހެދުމަށް، ވެސް އަންޗެލޮޓީ ބޭނުންވެ އެވެ.

ރެއާލް މެޑްރިޑްގެ ބީ ޓީމަށް ކުޅުނު ކާވަހާލް ވަނީ 2012 އާއި 2013 ވަނަ އަހަރު ބަޔާ ލެވަކޫސަން އަށް ކުޅެފަ އެވެ. އެއީ، ރެއާލްގެ ސީނިއާ ޓީމުން ޖާގަ ނުލިބޭތީ، ފަސް މިލިއަން ޔޫރޯގެ އަގަކަށް ހިނގި ލެވަކޫސަނުން ނިންމި ޓްރާންސްފާ އެކެވެ. އެ ޓީމުގައި ކާވަހާލްގެ ކުޅުން ރަނގަޅުވަމުން އައުމާ އެކު، ކޮންޓްރެކްޓްގައި ހިމެނޭ ބައިބެކް ކްލޯސްގެ ބޭނުންކޮށް ރެއާލުން ކާވަހާލް ގެނައީ އެވެ. އެއީ، ލެވަކޫސަނަށް އަނބުރާ ހަތް މިލިއަން ޔޫރޯ ދައްކައިފަ އެވެ.

ރެއާލްގައި މިދިޔަ 11 ވަރަކަށް އަހަރު އެންމެ މުހިންމު އެއް ރޯލެއް ކުޅުނު ކާވަހާލް އަކީ، މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިނަށް ހޯދައިދިނުމުގައި ވެސް އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.