Advertisement

މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވި ކަމަށް ބުނެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މަގާމުން ވަކިކޮށްފި

21 އޮކްޓޯބަރު 2024 - 23:03 4

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާރު (ކ) -- ފޮޓޯ: އަދަދު ފައިލް


މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވި ކަމަށް ބުނެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މަގާމުން ވަކިކޮށްފި

21 އޮކްޓޯބަރު 2024 - 23:03 4

މަޖިލިސް މުވައްޒަފުން އަމަލު ކުރަންޖެހޭ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވި ކަމަށް ބުނެ އެ އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން ޒިޔާއު އެ މަގާމުން ވަކިކޮށްފި އެވެ.

ޒިޔާއު އެ މަގާމުން ވަކި ކޮށްފައިވާކަން އޭނާ ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދީފަ އެވެ.

މީޑީއާތަކަށް މަޖިލީހުގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭނުންކުރާ ވަޓްސްއެޕް ގުރޫޕުގައި ޒިޔާއު މަގާމުން ވަކިކުރިކަން ހާމަކޮށް ލިޔުނު މެސެޖެއްގައި ބުނީ އޭނާގެ މަގާމަކީ ސިޔާސީ މަގާމަކަށް ނުވާއިރު، އެ މަގާމުން އޭނާ ވަކި ކޮށްފައި ވަނީ ޕާލަމެންޓަރީ ސާވިސްގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

އެގޮތުން އޭނާ ވަކި ކޮށްފައި ވަނީ އެ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތްތަކާ ދެކޮޅަށް ނޯޓިސް ވެސް ދިނުމަކާ ނުލައި ކަމަށް ޒިޔާއު ބުނެފައިވެ އެވެ.

"އަވަސް އަރުވާލައިގެން ވަޒީފާއިން ވަކިކުރުމުގެ މަގުސަދުގައި ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ހިލާފުވިކަމަށް ބުނެ ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިން, ހާއްސަކޮށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރަޝީދު އާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓަރު ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް އަޅުގަނޑު ވާހަކަ ދައްކާފައިވާތީ, ޒާތީ ހަސަދަވެރިކަން ފިލުވުމަށްކަމަށް ދެކެމެވެ." ޒިޔާއުގެ މެސެޖުގައި ތުހުމަތު ކޮށްފައިވެ އެވެ.

"އަދި ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމެންޓް ރިކުއެސްޓުތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައި ވާތީ ކަމަށް ދެކެމެވެ."

ޒިޔާއު ބުނެފައި ވަނީ އޭނާ މަގާމުން ވަކިކުރި މައްސަލަ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާ އާ ބެހޭ ޓްރައިނިއުނަލް އަސާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން މަޖިލީހުގެ އާންމު ކޮމެޓީއަށް ވެސް ހުށަހަޅާނެ ކަމަށެވެ.

އެ ތުހުމަތުތަކާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.