Advertisement

ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގަން އިންޓަނޭޝަނަލް ބިޑަށް ހުޅުވާލައިފި

ޓޫރިޒަމް މިނިސްޓަރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ޓޫރިޒަމުން މަސައްކަތް ކުރަނީ ބާރަށުގައި އިކޯ ޓޫރިޒަމް ތައާރަފުކުރަން -- ފޮޓޯ: ޓޫރިޒަމް މިނިސްޓަރީ


ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގަން އިންޓަނޭޝަނަލް ބިޑަށް ހުޅުވާލައިފި

ހއ. ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އެކަން އިއުލާނުކޮށްފައި ވަނީ މިއަދު ޓޫރިޒަމް މިނިސްޓަރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ފައިސަލްގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ޝުޖާއު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޓޫރިޒަމް ހޮޓަލެއް ތަރައްގީ ކުރުމަށް ބާރަށުން ކަނޑައަޅާފައި ވަނީ 72،832 އަކަފޫޓުގެ ބިމެކެވެ. އިންޓަނޭޝަނަލް ބިޑަށް ހުޅުވާލައިގެން ބާރަށަށް އިކޯ ޓޫރިޒަމް ތައާރަފު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަންނަ ހޯމަ ދުވަހުގެ ހެނދުނު 11:00 ބާއްވާ މައުލޫމާތު ސެޝަނުގައި ބައިވެރިވުމަށް ޓޫރިޒަމް މިނިސްޓަރީން ވަނީ ދައުވަތު ދީފަ އެވެ. ބީލަން ހުށަހެޅުމުގެ ސުންގަނޑި އަކީ ޑިސެމްބަރު 5، ގެ ހެނދުނު 10:00 އެވެ.

ޓޫރިޒަމް މިނިސްޓަރީން ބުނީ ބީލަމާ ބެހޭ އިތުރު މައުލޫމާތު ޑިސެމްބަރު 4، ގެ ކުރިން އެ މިނިސްޓަރީގެ އީމެއިލް މެދުވެރިކޮށް ސާފު ކުރެވޭނެ ކަމަށެވެ.