Advertisement

ސްކިން 1004 އެސްޓީއޯގެ ހަރުތަކަށް

13 އޮކްޓޯބަރު 2024 - 14:26 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ސްކިން 1004 ގެ އުފެއްދުމެއް.


ސްކިން 1004 އެސްޓީއޯގެ ހަރުތަކަށް

13 އޮކްޓޯބަރު 2024 - 14:26 0

‎ގުދުރަތީ އަދި ރައްކާތެރި މާއްދާތައް އެކުލެވޭ ފޯމިއުލާ ބޭނުންކޮށްގެން ކޮރެއާގައި އުފައްދައި، މުޅި ދުނިޔޭގައި ވެސް މަޝްހޫރު ކަމާއި މަގުބޫލްކަން ހޯދާފައިވާ، "ސްކިން 1004" ގެ އުފެއްދުންތައް އެސްޓީއޯ ސްޕަމާޓުން މިހާރު ލިބެން ހުންނާނެ ކަމަށް، އެ އުފެއްދުން އެތެރެކޮށް ވިއްކާ ވެސްޓްރޭޑުން ބުނެފި އެވެ.

‎އެސްޓީއޯގެ ސްޕަމާކެޓުގެ އިތުރުން، ސްކިން 1004 ގެ އުފެއްދުންތައް ވިއްކާނީ، އެ އުފެއްދުންތަކުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަ ވެސްޓްރޭޑު ކުންފުނީގެ އައިޑިއާ ފިހާރައިންނެވެ. މާލޭގެ އިތުރުން ފުވައްމުލަކުގައި ވެސް އައިޑީއާގެ ފިހާރައެއް ހުރެ އެވެ.

‎ވެސްޓްރޭޑުގެ އޮފިޝަލަކު ވިދާޅުވީ އެސްޓީއޯ ސްޕަމާކެޓުގައި ސްކިން 1004 ބަހައްޓަން ނިންމީ ކަސްޓަމަރުންނަށް ފަސޭހަ ކުރުމަށްޓަކައި ކަމަށެވެ.

‎"އެއީ އެސްޓިއޯއަކީ ރާއްޖޭގައި ހުރި ސުޕަމާކެޓްތަކުގެ ތެރެެއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަނެއް. އަދި ރާއްޖެއަށް އެތެރެކުރާ ކޮލިޓީ އުފެއްދުންތައް ލިބެން ހުންނަ ތަނެއް. އެހެންވީމަ، އެެސްޓިއޯ ސުޕަމާކެޓުން މި ބުރޭންޑުގެ ޕްރޮޑަކްޓްސް ލިބެން ހުރުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" ވެސްޓްރޭޑުގެ އޮފިޝަލް ވިދާޅުވިއެވެ

‎ސްކިން 1004، ރާއްޖެ އަށް ތައާރަފު ކުރީ އޯގަސްޓު މަހު އެވެ.

‎"ދިވެހިން ވެސް އެންމެ ބޭނުންވަނީ ރައްކާތެރިކަމުގެ މާއްދާތައް އެކުލެވޭ މިފަދަ އުފެއްދުންތައް ހޯދަން. މިހާރު އެފަދަ ބްރޭންޑުތައް ވަރަށް މަދު ރާއްޖޭގެ މާކެޓުގައި. ފޭކް ބްރޭޑުތައް ވިއްކަމުން އެބަދޭ. އެހެންވެ، އަޅުގަނޑުމެން ބޭނުންވީ ދިވެހިންނަށް ރަނގަޅު ފެންވަރެއްގެ ސްކިންކެއާ ޕްރޮޑަކްޓެއް ގެނެސްދޭން،" ވެސްޓްރޭޑުގެ އޮފިޝަލް ވިދާޅުވި އެވެ.

‎ގިނަ ގައުމުތަކެއްގައި ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބުކަމާއި މަގުބޫލުކަން ހޯދި މި ބުރޭންޑުގެ ސިއްރަކީ ގުދުރަތީ މާއްދާތަކުގެ ތާސީރާއި ރައްކާތެރިކަމުގެ މާއްދާތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ އުފެއްދުންތަކުގެ އަޖުމަ، ދެ ޖިންސްގެ ކަސްޓަރަމުން ވެސް ތަޖުރިބާކޮށް، ނަތީޖާ މުޖައްރިބު ވުމެވެ.

‎އުފެއްދުންތަކާއި ބޭނުން

‎އާދައިގެ ހަން ހުންނަ މީހުންނަށް: ހަމުގެ ތާޒާކަން ދަމަހައްޓަން އެންމެ ރަނގަޅީ ސެންޓެލާ އުފެއްދުންތައް

  • ‎ހަން ކުރަކި މީހުންނަށް: ހަޔަލޫ-ސިކާ އާއި ޕްރޯބަޔޯ-ސިކާ އުފެއްދުންތަކުން ހަމަށް ބޭނުންވާ ދުޅަހެޔޮކަމާއި ހައިޑްރޭޝަން ލިބޭ
  • ‎ތެޔޮ ހަން ހުންނަ މީހުންނަށް: ޕޯމައިޒިން އުފެއްދުންތައް ބޭނުންކޮށްގެން ހަމުގައި އިތުރަށް ހުންނަ ސީބަމް އާއި ފޯޒްތައް މަދުކޮށްދޭ
  • ‎ފަސޭހައިން ބިހި ނަގާ ހަން ހުންނަ މީހުންނަށް: ޓީ-ޓްރައިކާ އުފެއްދުންތަކުން ބިހި މަދުކޮށްދޭ
  • ‎ކުރަަކި ހަމާއި ތެޔޮ ހަން ހުންނަ މީހުންނަށް: ކުރަކި ހަމަށް ސެންޓެލާ ލައިންގެ އުފެއްދުންތައް އަދި ތެޔޮ ހަމަށް ޓީ-ޓްރައިކާ އުފެއްދުންތައް