Advertisement

އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން އިޓަލީގެ ރެޖިއާ ޕާސްޓާ ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފި

13 އޮކްޓޯބަރު 2024 - 16:29 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޭޑީކޭއިން ވިއްކާ ރެޖިއާ ޕާސްޓާ: އެ ޕާސްޓާ އޭޑީކޭ ޖެނެރަލް ޓްރޭޑިން ހުޅުމާލެ އަދި މާލެ ފިހާރައިން ލިބޭނެ -- ފޮޓޯ: އޭޑީކޭ ޖެނެރަލް ޓްރޭޑިން


އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން އިޓަލީގެ ރެޖިއާ ޕާސްޓާ ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފި

13 އޮކްޓޯބަރު 2024 - 16:29 0

އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން އިޓަލީގެ ރެޖިއާ ބްރޭންޑުގެ ޕްރީމިއަމް ޕާސްޓާ އަދި ސްޕެގެޓީ ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފި އެވެ.

އޭގެ މުއްސަނދި އިޓާލިއަން ތަރިކައާއެކު، ރެޖިއާ މަޝްހޫރުވެފައިވަނީ 100 ޕަސަންޓް ޑްރަމް ވީޓް ސެމޮލީނާއިން އުފައްދާ މަތީ ފެންވަރުގެ ޕާސްޓާ އުފެއްދުންތަކަށެވެ. އެއީ ކޮންމެ ކެއުމަކަށް ވެސް އިޓަލީގެ އަސްލު ރަހަ ގެނެސްދޭ، މީރު ރަހަ އާއި އަލް ދެންޓޭ ޓެކްސްޗާ ކަށަވަރުކޮށްދޭ އުފެއްދުމެކެވެ.

އިޓަލީގެ ކަމްޕާނިއާ ސަރަހައްދުގައި އުފައްދާ ރެޖިއާ ޕާސްޓާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޝެފުންނާއި ގޭގައި ކައްކާ މީހުންގެ މެދުގައި އެންމެ ބޮޑަށް އިސްކަންދޭ ޗޮއިސްއަށްވެފަ އެވެ.

އެ ބްރޭންޑުން ވަރަށް ގިނަ ވައްތަރުގެ ޕާސްޓާ ޝޭޕްތަކާއި ސައިޒުތައް ލިބޭނެ އެވެ. އޭގެ ތެރޭގައި އެ ބްރޭންޑްގެ ސިގްނޭޗާ ސްޕެގެޓީ، ޕެނޭ، ފުސިލީ، ގުލްޓަން ފްރީ އަދި ހޯލް ވީޓްގެ ބާވަތްތައް ހިމެނެ އެވެ.

އޭޑީކޭއިން ބުނީ އެ ޕާސްޓާއަކީ އާންމު ރެސިޕީތަކަށާއި ޒަމާނީ ކަލިނަރީ އުފެއްދުންތަކަށް ވަރަށް އެކަށީގެންވާ އުފެއްދުމެއް ކަމަށެވެ.

ގަންނަން ލިބެން ހުންނާނެ ބައެއް ފިހާރަތައް:

ހޯލްސޭލްކޮށް: އޭޑީކޭ ޖެނެރަލް ޓްރޭޑިން، ބޮޑުތަކުރުފާނު މަގު.

ރީޓެއިލްކޮށް: ޖީޓީ ސްނެޕް ސޯސަން މަގު، ގަންނަމާޓް ބުރުޒު މަގު އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ގަންނަމާޓް-2.

އޭޑީކޭއިން ބުނީ ގަންނަ މާޓުގެ މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެ އުފެއްދުން ފޯނުން އޯޑާ ކޮށްލައިގެން ގެއާ ހިސާބަށް ހިލޭ ޑެލިވާ ކުރެވޭނެ ކަމަށެވެ.

އެ އެޕުގެ ސަބަބުން ބުރަކޮށް މަސައްކަތާއި ސްކޫލް ޝެޑިއުލްއަށް ބުރޫ ނާރާ ހެން، ޑެލިވަރީ ކުރަން ކަސްޓަމަރުން ބޭނުންވާ ވަގުތެއް އެޕްމެދުވެރިކޮށް ފަސޭހައިން ހޮވާލެވޭނެ އެވެ.

ރެޖިއާ އާއި އޭޑީކޭ ޖެނެރަލް ޓްރޭޑިންއިން ވިއްކާ އެހެން އުފެއްދުންތަކާ ގުޅޭ މައުލޫމާތު، ވައިބާ ހޮޓްލައިން ނަންބަރު 7885965 އަށް ގުޅައިގެން ނުވަތަ އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ވައިބާ ކޮމިއުނިޓީއިން ބަލައިލެވޭނެ ކަމށް އޭޑީކޭއިން ބުންޏެވެ.