Advertisement

އަހަރެއް ފަހުން ދަނޑަށް؛ ނޭމާ އުފަލުން

22 އޮކްޓޯބަރު 2024 - 06:35 0


އަހަރެއް ފަހުން ދަނޑަށް؛ ނޭމާ އުފަލުން

22 އޮކްޓޯބަރު 2024 - 06:35 0

ރިޔާދު، ސައުދީ އަަރަބިއްޔާ (އޮކްޓޫބަރު 22) - އަނިޔާގެ ސަބަބުން އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުުރުމަށް ފަހު، އެނބުރި އައިސް މެޗެއް ކުޅެލަން ލިބުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް އަލް ހިލާލް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި، ނޭމާ ބުނެފި އެވެ.

ރޭގެ ކުރިން، ނޭމާ، އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 17 ވަނަ ދުވަހު ބްރެޒިލް އަށެެވެ. އެއީ، ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ. އެ މެޗުގައި، އޭނާގެ ވާތު ކަކުލުގެ ލިގަމެންޓާއި މެނިސްކަސް އަށް ލިބުނު އަނިޔާއަކާ ހެދި ބޭލީ އަށިގަނޑުގަ އެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގުގައި، ސައުދީގެ އަލް ހިލާލް އާއި ޔޫއޭއީގެ އަލް އައިން ބައްދަލުކުރާ މެޗުގައި ނޭމާ ކުޅެން އެރީ ބަދަލަކަށެވެ.


އަލް ހިލާލް 5-4 އިން މޮޅުވި މި މެޗުގައި، ނޭމާ އަށް ވެސް ލަނޑެއް ޖަހަން ފުރުސަތު ލިބުނެވެ. އެކަމަކު، އޭނާ އަށް ބޭނުމެއް ނުކުރެވުނެވެ.

"ވަރަށް އުފާވެރި އިހުސާސެއް ކުރެވެނީ. ވަރަށް އުނދަގޫ މުއްދަތެއް ދަނޑުން ބޭރުގައި މިދިޔައީ. އަބަދުވެސް ޓީމުގެ އެހީ ވަރަށް ރަނގަޅު. އެނބުރި އާދެވުނު ކަމުގެ އުފާވެރި އިހުސާސް ކުރެވިއްޖެ،" ނޭމާ ބުންޏެވެ.

މިދިޔަ އަހަރު، ޕީއެސްޖީ ދޫކޮށް، ނޭމާ، އަލް ހިލާލް އަށް ސޮއިކުރި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ، 400 މިލިއަން ޑޮލަރެވެ. ދެ އަހަރު ތެރޭ، ނޭމާ އަށް މި އަދަދު ލިބޭ މި ކޮންޓްރެކްޓް ތެރޭގައި ކޮންޓްރެކްޓްގައި ސޮއިކުރާއިރު ދޭ ބޯނަހާއި މުސާރައިގެ އިތުރުން އިސްތިހާރުގެ ޑީލްތައް ހިމެނެ އެވެ. ނޭމާ، އަލް ހިލާލާ އެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ނިލަޔަށް ހަމަވާނެ އެވެ.