Advertisement

ދުންފަތުގެ އުފެއްދުމެއް ގަނެވޭ އުމުރު 18 އިން 21 އަށް މަތިކުރަން ނިންމައިފި

about 11 hours 2


ދުންފަތުގެ އުފެއްދުމެއް ގަނެވޭ އުމުރު 18 އިން 21 އަށް މަތިކުރަން ނިންމައިފި

about 11 hours 2

ދުންފަތާއި ދުންފަތުގެ އުފައްދާފައިވާ ތަކެތީގެ ވިޔަފާރީ ކުރެވޭ އެންމެ ހަގު އުމުރު 18 އިން 21 އަހަރަށް ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ދެންމެ އިއުލާނު ކުރައްވައިފި އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވާނީ ނިންމާފައި ކަމަށެވެ.

"މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައި އެ ބިލެއް ހިމަނާފައެއް ނެތެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ގެންނަ އިސްލާހުގެ ބިލެކެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް އެތެރެ ކުރުން މަނާ ކުރަން ރައީސް ނިންމަވާފައިވާ ވޭޕާއި އިލެކްޓްރިކް ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވެ އެވެ.

ބިލުގައި ހިމަނައިފައި ވަނީ އިލެކްޓްރޯނިކް ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެ ނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް އަދި މިލިލީޓަރަކަށް 8ރ. ބޮޑު ކުރާށެވެ.

އަދި ހީޓެޑް ޓޮބެކޯ ޕްރޮޑަކްޓްސް ނުވަތަ ރޯ ކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތައް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓު ޑިއުޓީ 50 ޕަސެންޓު އަދި ސްޓިކަކުން 8ރ. އަށް ބޮޑު ކުރުމަށެވެ.

އޭގެ އިތުރުން، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ވެސް ރައީސްގެ ނިންމެވުމާ އެއްގޮތަށް ސިނގިރޭޓަކުން އަދި ބިޑިއަކުން 8ރ. އަށް ބޮޑު ކުރަން އެ ބިލުގައި ހިމަނައިފައިވެ އެވެ.

މި ބަދަލުގެ ސަބަބުން މި އަހަރު އެކަނިވެސް ދައުލަތަށް އާމްދަނީގެ ގޮތުގައި 180.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، މި އަންނަ އަހަރު ދައުލަތަށް ހަމައެކަނި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީން ވެސް އާމްދަނީގެ ގޮތުގައި 1،058.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.

ވޭޕްއިން ޑިއުޓީ ބޮޑުކުރާއިރު، ވޭޕް މަނާކުރުރަން ހުށަހަޅާ ބިލްގައި ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވެ އެވެ. އެ ބިލްގައި ވޭޕު ބޭނުން ކުރާ މީހުން 5000ރ. ޖޫރިމަނާ ކުރުމަށާއި ވޭޕު ސްޓިކެއް ނުވަތަ އެފަދަ އައިޓަމެއް ވިއްކާ ނަމަ ނުވަތަ ހިލޭ ދޭ މީހުން 20،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް އެ ބިލެއް އަދި މަޖިލީހުގެ ތަޅުމަށް ހުށަހެއް ނާޅަ އެވެ.