Advertisement

ސިޓީބިޓީ: ކަކާގޭ އަލީ އާދަމްގެ އުދާސް

about 19 hours 0

ސިޓީބިޓީ

ސިޓީބިޓީ


ސިޓީބިޓީ: ކަކާގޭ އަލީ އާދަމްގެ އުދާސް

about 19 hours 0

ވޭޕް މަނާކޮށް، ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް، އާންމު ރައްޔިތުންގެ ޖީބަށް ބާރުވާ ގޮތަށް ސިޔާސަތުތައް ބަދަލުކުރަމުން ދާއިރު، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސަތްކަތެއް ހިނގާ ތަނެއް ނުފެނެ އެވެ.

އެފްޕީއައިޑީގެ ހިޔާނާތުގެ ފައިސާ، އެމްއެމްޕީއާރްސީގެ ހިޔާނަތުގެ ފައިސާ، ވެންޓިލޭޓަރުގެ ހިޔާނާތުގެ ފައިސާ، މިހެން ގޮސް ކިތަންމެ ހިޔާނާތެއްގެ ފައިސާ ވަނީ ދައުލަތުން ގެއްލިގެން ގޮސްފަ އެވެ. ކޮންމެ ފަހަރަކު ވެސް ބޮޑުން ދައުލަތް ލޫޓުވާލައި އެބައި މީހުންގެ ދިރިއުޅުން ފާގަތިކޮށް، ދިރިއުޅުން ބޭރު ގައުމެއްގައި އިންތިޒާމު ކޮށްލައިގެން އަރާމުގައި ތިބެނީ އެވެ.

ދައުލަތް ހިންގަން އަންނަ ކޮންމެ ބަޔަކުވެސް، އެންމެ އާދައިގެ ރައްޔިތުންގެ ބަނޑުކަނޑައިގެން ހޯދާ ފައިސާ ކޮޅުން ޓެކުސް ބޮޑުކޮށް ދައުލަތް ހިންގަން އެހީތެރިވާށޭ ބުނެ ރައްޔިތުން ހަނާ ކޮށްލުމުގެ ބަދަލުގައި ދައުލަތަށް ހިޔާނާތްތެރިވެފައިވާ މީހުންގެ މައްޗަށް ޝަރީއަތެއް ހިންގޭ ތަނެއް ނުފެނެ އެވެ. އެ ގެއްލި ގޮސްފައިވާ ފައިސާ ހޯދައި އެ ހާއިނުންނަށް އަދަބު ދެވޭ ތަނެއް އެއްވެސް ސަރުކާރަކަށް ކުރެވޭތަނެއް ނުފެނެ އެވެ.

ކަކާގޭ އަލީ އާދަމް


ކޮންމެ ފަހަރަކުވެސް ދައުލަތުގެ ހަރަދުތައް ބޮޑުވުމުން ރައްޔިތުންނާ ދިމާލަށް ޓެކުހުގެ ދަންމަޅި މި ފޯރުކޮށްލަނީ އެވެ. ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އެއްވެސް މަސަތްކަތެއް ކުރާ ތަނެއް ނުފެނެ އެވެ.

ފެންނަނީ އެބުނާ ހިޔާނާތެއްގެ ތުހުމަތުވާ ބަޔަކު ރާއްޖޭން ބޭރުގެ ކޮންމެވެސް ގައުމެއްގެ އެންމެ ލަގްޒަރީ ދިރިއުޅުމެއް އުޅެމުންދާ މަންޒަރާއި، އެބައި މީހުންގެ އެހީތެރިކަމުގައި އަނެއް ސަރުކާރެއް އުފައްދައި، ކުރިން ކުރި ހިޔާނާތައް ވުރެ ބޮޑު ޖަރީމާއެއް ހިންގާ މަންޒަރެވެ.

މި ހިޔާނާތްތަކުގެ މައްސަލަތައް ބަލައި ހިޔާނާތްތެރިންނަށް އަދަބު ދެވޭނީ ކޮން ދުވަހަކުން ބާ؟ ޓެކުހުގެ ދަންމަޅި ރައްޔިތުންގެ ކަރަށް މަހާލުން ހުއްޓުވޭނީ ކޮން ދުވަހަކުން ބާ؟ ހަމަ ކޮންމެ ފަހަރަކު ދައުލަތް ނުހިންގުނީމަ ދިޔަ ފެލައިލާނީ ރައްޔިތުންގެ ތޯ؟ އެ ދުވަސް ނިމުމަކަށް އަންނާކަށް ނުވޭތޯ؟ ރައްޔިތުން ވިސްނާލާކަށް ނުވޭތޯ؟

ކަކާގޭ އަލީ އާދަމް

އެޑިޓަރުގެ ނޯޓު


އަލީ އާދަމް އަކީ، ޕީޕީއެމްގެ ސެނެޓަރެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނެވުމަށް އެ މަނިކުފާނަށް ތާއިދުކުރެއްވި އެވެ. އޭނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާގެ ތުރިވެންދަޕޫރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުގެ އިސްވެރިޔާ އެވެ. އެއަށް ފަހު އެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ.