Advertisement

ކުރަފި ދެކެ ދެން ބިރުން އުޅޭކަށް ނުޖެހޭނެ، މިއޮތީ ހައްލު!

3 އޮކްޓޯބަރު 2024 - 08:55 0

މޫސާ ނާޝިއު

މޫސާ ނާޝިއު


ކުރަފި ދެކެ ދެން ބިރުން އުޅޭކަށް ނުޖެހޭނެ، މިއޮތީ ހައްލު!

3 އޮކްޓޯބަރު 2024 - 08:55 0

ކުރަފި ދެކެ ވަރަށް ގިނަ މީހުން ބިރުގަނެ އެވެ. އަންހެނެއް, ފިރިހެނެއް އަދި ކުޑަ ކުއްޖެއް، ބޮޑު މީހެއް ތަފާތެއް ނެތެވެ. ކުރަފީގެ ތެރޭގައި ވެސް ތަފާތު ވައްތަރުގެ ކުރަފިތައް އުޅެ އެވެ. ގިނަ މީހުން ބިރު ގަންނަނީ އުދުހޭ ޒާތުގެ ކުރަފި ދެކެ އެވެ.

ކުރަފީގެ ދިރިއުޅުން ހުންނަ ގޮތް އަންތަރީސް އަންތަރީސް ކުރުވަ އެވެ. ކުރަފި ވެސް މަރުވުމުން ޖަނާޒާ ބާއްވަ އެވެ. އެ ޖަނާޒާގާއި ކަން ހިނގާގޮތަކީ މަރުވާ ކުރަފި ގެންދިއުމަށް ފަހު، ޖަމާއަތެެއްގެ ގޮތުގައި ތިބެ މަރުވެފައި އޮތް ކުރަފި ކައިލުމެވެ.

ކުރަފީގެ އުނދަގޫ ބޮޑުވާއިރު، ފާޑުފާޑު ބޭހާއި ސްޕްރޭތަކުން ވެސް ކުރަފި މަދު ނުވެގެން އުޅެންޖެހެ އެވެ. އަދި އެކި ތަންތަނަށް ދޫކޮށްފައިވާ އޭގެ ބިހުން، އޭގެ ޖީލު ނުލާހިކު އަވަހަށް އިތުރު ކޮށްލަ އެވެ.

ކުރަފީގެ ދިރިއުޅުން ހުރި ގޮތް ދިރާސާކުރުމަށްފަހު އެ ސޫފިން ސަލާމަތްވުމަށް މިވަނީ "ކްލީންބެއިޓް ޕަވާ" ގެ ނަމުގައި ޖެލްއެއް ބައިނަލްއަގުވާމީ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ކޮމްޕަސް އިން އުފައްދައިފަ އެވެ.

ރާއްޖޭގައި މި އުފެއްދުން ވިއްކަމުން ދަނީ ޕެސްޓެކްސް މޯލްޑިވްސް އިންނެވެ.

"ކްލީންބެއިޓް ޕަވާ" ޖެލްއަކީ އޭގައި ހައިޑްރަމެތައިލްނަންގައި ކިޔާ މާއްދާއެއް ހިމެނޭ ޖެލްއެކެވެ. އެ މާއްދާގެ ސަބަބުން އެ ޖެލް ކާ ކުރަފި މަރުވެގެންދެ އެވެ. އަދި ކުރިން ފާހަގަ ކުރި ގޮތަށް ކުރަފީގެ ޖަނާޒާގައި ބައިވެރިވެ، މަރުވެފައި އޮތް ކުރަފި ކާ ކުރަފިތައް ވެސް މަރުވެގެންދެ އެވެ.

މިއީ ތަޖުރިބާކޮށްފައިވާ މުޖައްރިބު އުފެއްދުމެކެވެ. "ކްލީންބެއިޓް ޕަވާ" ޖެލް ތައްޔާރުކޮށްފައިވަނީ އިންސާނަކަށް އަދި ގޭގައި ގެންގުޅޭ ޕެޓަކަށް ވެސް ގެއްލުން ނުވާ ގޮތަށެވެ. ގެއާއި ބަދިގޭގެ ކޮންމެ ތަނެއްގައި ވެސް އެ ޖެލް ބޭނުންކުރެވޭނެ އެވެ.