Advertisement

މުޅި ކިއުބާއިން ކަރަންޓު ކެނޑި 10 މިލިއަން މީހުން އަނދިރީގައި

19 އޮކްޓޯބަރު 2024 - 06:42 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކިއުބާއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުން: 10 މިލިއަނަށްވުރެ ގިނަ މީހުން ތިބީ ކަނު އަނދިރީގައި -- ފޮޓޯ: ރޮއިޓާސް


މުޅި ކިއުބާއިން ކަރަންޓު ކެނޑި 10 މިލިއަން މީހުން އަނދިރީގައި

19 އޮކްޓޯބަރު 2024 - 06:42 0

ކިއުބާގެ މައި ޕަވާ ޕްލާންޓު ފެއިލްވެ މުޅި އެ ގައުމުން ކަރަންޓު ކެނޑިއްޖެ އެވެ.

ކިއުބާގެ ރައީސް މިގުއެލް ޑިއާޒް ވިދާޅުވީ ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓުގެ ހިދުމަތް އަނބުރާ ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދިހަ މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކިއުބާ ކަރަންޓު ނެތުމުގެ ސަބަބުން އެ ގައުމުގެ ސަރުކާރުން ވަނީ އަދީއްތަ ދުވަހު ހުރިހާ ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކޮށް، އެއްވެސް ހަރަކާތެއް ނުހިންގުމަށް ވެސް އަންގާފަ އެވެ.

ކިއުބާގެ އެނާޖީ މިނިސްޓްރީން ބުނީ ދިމާވި މައްސަލަ ހައްލު ކުރަން ނަގާނެ ވަގުތެއް ބުނަން ނޭގޭ ކަމަށާއި ނަމަވެސް މައްސަލަ ހައްލު ކުރަން ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ގައުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވަނީ އެ ގައުމުގައި ކަރަންޓު އުފައްދަން ބޭނުންވާ މިންވަރަށް ވެސް ތެޔޮ ނެތްކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. ވެނެޒިއުލާއިން ކިއުބާ އަށް ތެޔޮ ވިއްކާ މިންވަރު ވެސް އޮތީ ދަށްކޮށްފަ އެވެ.

މުޅި ކިއުބާއިން ކަރަންޓު މިދިޔައީ، ފަހަކަށް އައިސް އެކި ސަރަހައްދުތަށް ކަރަންޓު ދޭ ވަގުތު މަދުކޮށްފައި ވަނިކޮށެވެ.