Advertisement

އާ ބާވަތެއްގެ މަހެއް ހޯދައިފި

29 ސެޕްޓެންބަރު 2024 - 08:40 0

ސައިންސްވެރިން އަލަށް ހޯދި މަސް


އާ ބާވަތެއްގެ މަހެއް ހޯދައިފި

29 ސެޕްޓެންބަރު 2024 - 08:40 0

ކަނޑުގެ ވަރަށް ފުނުގައި އުޅޭ އާ ބާވަތެއްގެ މަހެއް ނިއުޒީލެންޑުގެ ސައިންސްވެރިން ހޯދައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ހޯދި އެ މަހަކީ "ގޯސްޓު ޝާކް" ގެ ވައްތަރަކަށް ވިޔަސް، މަހުގެ ނޭފަތް ހިމަ ދިގުކޮށް ހުރުމަކީ އާ ސިފަ އެކެވެ. ކާޓިލޭޖު - ޖަނަވާރާއި ދޫނި ފަދަތަކެތީގެ ކަށީގައި މަސް ހަރު ކުރަން ހުދުކުލައިގައި ހުންނަ ހަރު ފަހެލި މަޑުކަށި - އިން އުފެދިފައިވާ، މަޑު މުށި ކުލައިގެ އެ މަހުގައި ހުޅުނބެއް ނުހުރެ އެވެ. އެއަށް ލިބިގެން ވަނީ ކަޅު ލޮލެކެވެ.

އާންމުކޮށް އެ ބާވަތުގެ މަސް ދިރިއުޅެނީ 2،600 މީޓަރު (8،500 ފޫޓު) ފުނުގަ އެވެ. އެ ބާވަތުގެ މަހުގެ ދިރާސާތައް މަދު ކަމަށް، އެ މަސް ހޯދި، ނިއުޒީލެންޑްގެ ސައިންސްވެރިންގެ ޓީމުގައި ހިމެނޭ ޑރ. ބްރިޓް ފިނޫޗީ ވިދާޅުވެފައިވެ އެވެ.

އަލަށް ހޯދި މަހަށް ނަން ދީފައިވަނީ ފިނޫޗީގެ މާމަގެ ނަމުންނެވެ. އެއީ "ހަރިއޮޓާ އެވިއާ" އެވެ.

ސައިންސްވެރިން އެ މަސް ހޯދާފައި ވަނީ ނިއުޒީލެންޑްގެ ސައުތު އައިލެންޑްގެ އިރުމަތިން 1،000 ކިލޯމީޓަރު (621 މޭލު) ދުރުގައި އޮންނަ ޕެސިފިކް ކަނޑުގެ ސަރަހައްދެއް ކަމަށްވާ ޗޭޓަމް ރައިސްނެވެ.