Advertisement

"ސްޓާ ޕަރީވާރް އެވޯޑްސް 2024" މިރޭ ސްޓާ ޕްލަސްއިން ދައްކަނީ

13 އޮކްޓޯބަރު 2024 - 13:07 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


"ސްޓާ ޕަރީވާރް އެވޯޑްސް 2024" މިރޭ ސްޓާ ޕްލަސްއިން ދައްކަނީ

13 އޮކްޓޯބަރު 2024 - 13:07 0

އިންޑިއާގެ ޓީވީ ދާއިރާގައި ކޮންމެ އަހަރަކު ވެސް އޮންނަ އެންމެ ކުލަގަދަ އެއް ހަފުލާ ކަމަށްވާ ސްޓާ ޕަރީވާރް އެވޯޑްސް މިރޭ ސްޓާ ޕްލަސް އިން ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ އެވޯޑަކީ ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެއް ހިންދީ ޗެނަލް ކަމަށްވާ ސްޓާ ޕްލަސްއިން ދައްކާ ސީރީޒްތަކުގެ މެދުގައި ދޭ އެވޯޑެކެވެ.

މީޑިއާނެޓުން ބުނީ ސްޓާ ޕަރީވާރް އެވޯޑްސް މިރޭ 18:30 ގައި ވަގުތު ދައްކާއިރު، އެ އެވޯޑް މީޑިއާނެޓްގެ ކަސްޓަމަރުންނަށް ސްޓާ ޕްލަސްއިން ފެންނާނެ ކަމަށެވެ.

މި އަހަރުގެ އެވޯޑުގައި އެ ޗެނަލްގެ ސީރީޒްތަކުގެ ތަރިންގެ އިތުރުން ޓީވީ ދާއިރާގެ މަޝްހޫރު ގިނަ މޫނުތަކެއް ފެނިގެންދާނެ އެވެ.

އޭގެ އިތުރުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ބައެއް ތަރިންގެ ހުށައެޅުންތައް ވެސް ހަފުލާގެ ތެރެއިން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި އަހަރުގެ އެވޯޑުތަކަށް ބަލާއިރު އެންމެ ގިނަ ކެޓަގަރީތަކަށް ނޮމިނޭޓް ވެފައިވަނީ 2009 އިން ފެށިގެން ދައްކަމުން އަންނަ "ޔޭ ރިޝްތާ ކްޔާ ކެހެލާތާހޭ" އާއި ޗާޓުތަކުގެ އެއްވަނަ ހޯދަމުން އަންނަ "އަނޫޕަމާ" އެވެ.