ފައްޔާޒު އިސްމާއީލް
508 ލިޔުން
ފަހުގެ
ހަބަރުހުރިހާ ރައްޔިތުން އިހުތިޖާޖް ކުރަން ފައްޔާޒު ގޮވާލައްވައިފި
ގާނޫނުއަސާސީއާ ހިލާފަށް ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކޮށް، އެކަންކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. ފައްޔާޒް މިފަދައިން ގޮވާލެއްވީ "އަދަދު" ނޫހުގެ ދެ ނޫސްވެރިއަކު ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި، ސިއްރު އަޑުއެހުންތަކެއްގައި ޖަލަށް ހުކުމް ކުރުމާ ގުޅިގެންނެވެ.
ހަބަރުކޯޓުގެ ނިންމުންތަކަށް ރައްޔިތުން ކުރަނީ މަލާމާތް: ޔާމީން
ރައީސް މުއިއްޒަށް ކުރާ ޖިންސީ ތުހުމަތުތަކާ ގުޅޭ "އައިޝާ" ޑޮކިއުމެންޓަރީ މަނާކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ އޮއްޓަރެއް ނެތް، ރައްޔިތުންގެ މަލާމާތް ރައްދުވާ ކަމެއްގެ ގޮތުގައި ކުރީގެ ރައީސް ޔާމީން ސިފަކުރައްވައިފިއެވެ. މި މައްސަލައިގައި ނޫސްވެރިންނަށް ޖިނާއީ ދައުވާ އުފުލުމާއި ތަހުގީގު ހިންގި ގޮތަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
