ފައްޔާޒްގެ ހޫނު ބަހުގެ ހަމަލާއެއް ވައްޑެއަށް!

May 7, 2026, 12:22 PM
MDP Chairperson Fayyaz Ismail. -- Photo: Mirash Nashim/ Adhadhu

MDP Chairperson Fayyaz Ismail. -- Photo: Mirash Nashim/ Adhadhu

އެމްޑީޕީ ބަލިކަށިކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ފައްޔާޒު މިހެން ވިދާޅުވީ މިއަދު ހެނދުނު އެކްސްގައި ވަހީދުގެ ޕޯސްޓަކަށް ދެއްވި ރައްދެއްގަ އެވެ. ނަމަވެސް ވަހީދު ވަނީ އޭނާ ކުރެއްވި ޕޯސްޓު ފަހުން ޑިލީޓުކުރައްވާފަ އެވެ. 

ފައްޔާޒު ވިދާޅުވީ މާޒީގައި ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް ކަމަށެވެ.

ފައްޔާޒު މި މޭރުމުން ވާހަކަ ދެއްކެވިއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީގެ އެތެރޭގައި އުފެދުނު ބައިބައިވުމެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން، ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވިއެވެ. އޭރު މުހައްމަދު ވަހީދަކީ ނަޝީދުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައި އެމްޑީޕީއާ ދެކޮޅަށް ވަރުގަދައަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި އެމްޑީޕީ ރޫޅާލާނެ ކަމަށް  ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ. އަދި ސޯލިހުގެ ސަރުކާރުގައި އެންމެ ނުފޫޒުގަދަ ވަޒީރުގެ ގޮތުގައި ހުންނެވި ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށްވެސް ނަޝީދު އިސްވެ ހުންނަވައި މަސައްކަތް ކުރެއްވިއެވެ. އެ މައްސަލައިގައި ބައެއް މެންބަރުންގެ ސޮއި ހޯދި ނަމަވެސް، އެ މައްސަލަ މަޖިލީހަށް ހުށަހަނާޅަ އެވެ. 

ވަކި ކަމެއް ފާހަގަ ނުކުރައްވައި ފައްޔާޒުގެ ޕޯސްޓުގައި ވިދާޅުވީ  ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެސް ނެތަސް، "އެވީތަދުގެ ރިހުން އެބަހުރި" ކަމަށެވެ.

"[އެ] ހަނދާންތައް އެބަހުރި. ބޭނުމީ ކުރިއަށް ދެވެނެ ގޮތެއް. ގައުމު އަނބުރާ ހޯދުން. އެކަން ކުރެވެމުން އަންނަނީ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒުގެ މި ވާހަކަތަކުން ދޭހަވަނީ، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ހަނދާންތައް އަދިވެސް އާވެފައި ހުރި ނަމަވެސް، ޕާޓީގެ މިހާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ސިޔާސީ މައިދާން އަނބުރާ ކާމިޔާބު ކުރުން ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox