ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

އަދަދުގެ ޕްރޮގްރާމެއްގައި ފައްޔާޒް ވާހަކަދައްކަވަނީ: ޝަފީގުގެ ބަލިހާލަތުގެ ބޭނުން ނާޖާއިޒް ގޮތެއްގައި ބަޔަކު ހިފަމުންދާ ކަމަށް ފައްޔާޒް ތުހުމަތުކުރެއްވި -- ފޮޓޯ: އަދަދު ފައިލް

އަދަދުގެ ޕްރޮގްރާމެއްގައި ފައްޔާޒް ވާހަކަދައްކަވަނީ: ޝަފީގުގެ ބަލިހާލަތުގެ ބޭނުން ނާޖާއިޒް ގޮތެއްގައި ބަޔަކު ހިފަމުންދާ ކަމަށް ފައްޔާޒް ތުހުމަތުކުރެއްވި -- ފޮޓޯ: އަދަދު ފައިލް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ފައްޔާޒު އިސްމާއިލް އެދިގެން މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު (ތަނޑިރަތްމާގެ ޝަގީގު) ބެންކަށް ގެރެންޓީއެއް ދިން ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އޭނާ ދޮގުކުރައްވައިފި އެވެ. 

އަދަދު ނޫހުން ގެނެސްދިން ޕްރޮގްރާމެއްގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވީ ޝަފީގު ކައިރީ އެއްވެސް އިރެއްގައި ބެންކަށް ގެރެންޓީއެއް ދިނުމަށް އެދިފައި ނުވާނެ ކަމަށާއި އެގޮތަށް ޝަފީގު ވާހަކަ ދެއްކެވީ ހަނދާނުން އެކަން ކައްސާލުމުން ކަމަށެވެ.

"ޝަފީގު އެ ދެއްވި ގެރެންޓީއަކީ އަޅުގަނޑަށް އެއްވެސް ހާލަތެއްގައި ޝަފީގު ދެއްވި ގެރެންޓީއެއް ނޫން. އަދި އަޅުގަނޑު ޝަފީގު ކައިރީގައި އެދުނު ކަމެއްވެސް ނޫން އެނގޭތޯ. އެ ޕްރޮޖެކްޓުގެ މައި ހިއްސާދާރަކީ ޝަފީގުގެ ވަރަށް ގާތް ބޭފުޅެއް. ޝަފީގު އެ ބޭފުޅާއަށް ކޮށްދެއްވި އެ ގެރެންޓީ ދެއްވުމަކީ،" ފައްޔާޒް ވިދާޅުވި އެވެ. 

ފައްޔާޒް ވިދާޅުވީ ޝަފީގު ބެންކަށް ދިން ގެރެންޓީއެއްގެ ދަށުން ދޫކުރި ލޯނުން ޒުވާން ވިޔަފާރިވެރިންތަކެއް ކުރިއަށްގެންދިޔައީ ރިސޯޓެއް ތަރައްގީކުރުމުގެ މަޝްރޫއެއް ކަމަށެވެ. ނަމަވެސް އެ މަޝްރޫއު ނިމުމަކާ ހިސާބަށް ގޮސްފައި އޮއްވާ ފެއިލްވީ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

މި މައްސަލަ ކޯޓުގައި އޮންނަތާ 15 އަހަރުވެފައިވާ ކަމަށާއި ޝަފީގަށް އެކަމާ ގުޅިގެން މާލީގޮތުން އެއްވެސް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ކޮންމެޔަކަސް އެ ޕްރޮޖެކްޓް ފެއިލްވީ އެނގޭތޯ. އެކިއެކި ސަބަބުތަކަށްޓަކައި ޕްރޮޖެކްޓް ކުރިއަށް ނުގޮސް އެ ރިސޯޓު ނުނިންމިގެން، އެއީ ދެން އެންމެންވެސް ދަންނަ ކަމެއް ދިވެހިރާއްޖޭގައި އިނގޭތޯ. ވަރަށް ބޮޑަށް ނިމިފައި އޮއްވާ ދިމާވި އެތައް ސަބަބުތަކަށްޓަކައި ހެދި މިހާރު އެ ރިސޯޓު ވިރާނާވެގެން ވަރަށް ބޮޑަށް ގޮސް ބޭންކުން އެ ލޯނު ހޯދަން މަސައްކަތްކުރާނެތާ،" އޭނާ ވިދާޅުވި އެވެ. 

ސޯޝަލް މީޑިއާގައި ފައްޔާޒްއާ ބެހޭގޮތުން ޝަފީގު ދެއްކި ވާހަކަ ހިމެނޭ ވީޑިއޯއެއް ދައުރުކުރަމުންދަނީ ޝަފީގުގެ ބަލި ހާލަތުގެ ނާޖާއިޒް ފައިދާ ނަގައިގެން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ ޝަފީގާ ބައްދަލުކުރައްވާނެ ކަމަށެވެ. އެގޮތުން ޝަފީގު ދެއްކެވި ވާހަކަތަކަކީ އަމިއްލަ އިހުތިޔާރުގައި ދެއްކި ވާހަކަތަކެއްތޯ ކަށަވަރުކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

ތިލަމާލެ ބްރިޖުން ވިލިމާލެ އާއި ގުޅީފަޅު ގުޅާލައިފި

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ގުޅީފަޅާ ދެމެދުގެ މައި އޮނިގަނޑު ނިންމައި، އެ ދެ ރަށް އިއްޔެ ވަނީ ގުޅާލާފައެވެ. މިއާއެކު މިހާރު މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށް ބްރިޖުގެ މަސައްކަތް ވަނީ ގުޅިފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރީގެ ސަރުކާރުގައި ފަށާފައިވާއިރު، މުޅި މަޝްރޫއު އެއްކޮށް ނިންމުމަށް މިހާރު ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު 2026 އަށެވެ.

Newsletter

Get the latest news delivered straight to your inbox