ނޫސްވެރިންނާ ދޭތެރޭ ޖިނާއީ ފިޔަވަޅު އަޅައިގެން ނުވާނެ: ފައްޔާޒު

އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ފައްޔާޒު ވާހަކަ ދައްކަވާއިރު ނޫސްވެރިންތަކެއް މައިކު ހިފައިގެން. އެއްވެސް ނޫސްވެރިޔަކާ ދެކޮޅަށް ޖިނާއީ ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް ވިދާޅުވި --- ފޮޓޯ: އަދަދު

އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ފައްޔާޒު ވާހަކަ ދައްކަވާއިރު ނޫސްވެރިންތަކެއް މައިކު ހިފައިގެން. އެއްވެސް ނޫސްވެރިޔަކާ ދެކޮޅަށް ޖިނާއީ ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް ވިދާޅުވި --- ފޮޓޯ: އަދަދު

ނޫސްވެރިން ލިޔާ ހަބަރެއްގެ ސަބަބުން ޖިނާއީ އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގައި އޮތް މިނިވަން ނޫސްވެރިކަމުގެ މާހާއުލު އެއްކޮށް ފުނޑުފުނޑުކޮށްލައި ނޫސްތަކާއި ނޫސްވެރިންނަށް ދައުލަތުގެ އިދާރާތައް މެދުވެރިކޮށް އެތައް ގޮންޖެހުމެއް މުއިއްޒު ސަރުކާރުން އަންނަނީ ކުރިމަތި ކުރަމުންނެވެ.

ސަންގު ޓީވީގެ 11 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ މިއީ ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން މައުލޫމާތު ހޯދުމަށް އެންމެ ބޮޑަށް ގޮންޖެހުން ކުރިމަތިވަމުން އަންނަ ދުވަސްތައް ކަމަށް ވިދާޅުވެފަ އެވެ. 

"އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ ދޮގު ހެދި ކަމުގައި ވިޔަސް، ތެދު ހެދި ކަމުގައިވިޔަސް، ނޫސްވެރިންނާ ދޭތެރޭ ޖިނާއީ ފިޔަވަޅު އެޅިގެން ނުވާނެ ކަމަށް،" އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ. 

ދޮގު ހަބަރު ފެތުރުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ޑިމޮކްރަސީ ހިމާޔަތްކޮށް ހުދުމުހުތާރު ވެރިންގެ ކިބައިން ރައްޔިތުން ސަލާމަތް ކުރުމަށް ނޫސްވެރިންނަށް ތަންމިނަށް ޖާގަ ދޭން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

"ތެދު ހެދިޔަސް ގާނޫނުތަކެއް ބޭނުންކޮށްގެން ހުދުމުހުތާރު ވެރިން އަބަދުވެސް ބޭނުންވާނީ ނޫސްވެރިންގެ އަނގަ ބަންދުކުރަން. ހަމަ އެހާމެ މުހިންމު ކަމެއް ތެދު ހަބަރު ފެތުރުމަކީ ވެސް، އެކަން ކުރާނީ ނޫސްވެރިން، ސިވިލް ސޮސައިޓީގެ ފަރާތުން، ސަރުކާރު ނުކުމެ ކްރިމިނަލް ދައުވާ އުފުލައިގެނެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ. 

ވެރިކަން ކުރަން އަންނަ މީހެއްގެ ވިސްނުމާއި ފިކުރު ހުންނަ ގޮތަކުން ނޫސްވެރިކަމަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

ފައްޔާޒު މިހެން ވިދާޅުވިއިރު އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ފަސް ކުށެއްގެ ތުހުމަތުކޮށް ފުލުހުން ވަނީ ތަހުގީގެއް ފަށާފަ އެވެ.

 ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) ގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި މި އަހަރު ރާއްޖެ ވަނީ ހަތަރު ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. 

މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 108 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖެ ރޭންކު ކުރެވިފައި އޮތީ 104 ވަނައިގަ އެވެ. ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނުއިރު ރާއްޖެ ރޭންކު ކޮށްފައި އޮތީ 100 ވަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox