ނަޝީދާއި ފައްޔާޒުއަށް އައްޑޫ މޭޔަރު ނިޒާރުގެ ތާއީދު އޮތްކަން ހާމަކުރައްވައިފި

ނަޝީދު ވާހަކަ ދައްކަވާއިރު ދެ ފަރާތުގައި ފައްޔާޒު(ކ) އަދި މޭޔަރު ނިޒާރު (ވ) -- ފޮޓޯ: ޝާފިއު

ނަޝީދު ވާހަކަ ދައްކަވާއިރު ދެ ފަރާތުގައި ފައްޔާޒު(ކ) އަދި މޭޔަރު ނިޒާރު (ވ) -- ފޮޓޯ: ޝާފިއު

އެމްޑީޕީގެ ޗެއާޕާސަނަކަށް ކުރިމަތިލައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާނެކަން އިއުލާންކުރައްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއަށް ތާއީދުކުރައްވާކަން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިރޭ ހާމަކުރައްވައިފި އެވެ. 

ނިޒާރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތަކުގައި ނަޝީދު އަލުން ބައިވެރިވާން ނިންމެވުމަކީ ޕާޓީން ކުރަމުންދާ ސިޔާސީ މަސައްކަތަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ. 

ފައްޔާޒްއަށް ރިޔާސީ ޓިކެޓު ހޯދައިދިނުމަށް ތާއީދުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވުމަކީ ވަރަށް ބޮޑަށް ތާއީދުކުރެވޭ އަގުހުރި ނިންމެވުމެއް ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ. 

"މި ނާޒުކު ދަނޑިވަޅުގައި ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލައްވަވައި، އަދި ޕާޓީގެ ހަރަކާތްތަކުގައި އަލުން ބައިވެރިވާން ނިންމެވުމަކީ އެމްޑީޕީއިން ކުރަމުންދާ ސިޔާސީ މަސައްކަތަށް ލިބިގެންދާނެ ކުރިއެރުމެއް. ހަމައެއާއިއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީގެ ކުރީގެ ޗެއާޕާސަން އުސްތާޒް ފައްޔާޒްއަށް ރިޔާސީ ޓިކެޓް ހޯދަދިނުމަށް ތާއިދު ކުރަށްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ އަޅުގަނޑަށް ވަރަށްބޮޑަށް ތާއިދުކުރެވޭ އަގުހުރި ނިންމެވުމެއް،" އޭނާ ވިދާޅުވި އެވެ. 

ނިޒާރު ވިދާޅުވީ ފައްޔާޒްއަކީ ރާއްޖެއަށް ބޮޑެތި ސިޔާސީ އިސްލާހު ގެންނަންޖެހޭ މި ދަނޑިވަޅުގައި ކެރިގެން އެކަން ކުރެވޭނެ ގާބިލުކަން ހުރި ސިޔާސީ ލީޑަރެއް ކަމަށެވެ. 

ރާއްޖެ ހެޔޮވެރިކަމުގެ މިސްރާބަށް ކުރާ ދަތުރުގައި ގޮންޖެހުންތަށް އެބަހުރިކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ ހާއްސަކޮށް އެމްޑީޕީއާ އިދިކީލަ ސިޔާސީ ފިކުރުތަކަކީ ހުދުމުހުތާރު ވިސްނުންތަކެއް ކަމުން، ޕާޓީގެ ހިންގުން ހަރުދަނާކޮށް އާމިސްރާބަކަށް ދަތުރު ފަށަން ޖެހޭ ކަމަށެވެ. 

ދިވެހިރާއްޖޭގެ ވެރިކަން ކުރާ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނައުމަށް ވަކާލާތުކުރުމުގެ ގޮތުން، "ބޮޑު ބަދަލު" ގެ ނަމުގައި ނަޝީދު އާއި ފައްޔާޒް ވަނީ ބަދަލުތަކެއް އިއުލާންކުރައްވާފަ އެވެ. 

ނަޝީދާއި ފައްޔާޒުގެ ފަރާތުން ހުށަހެޅި އެންމެ ބޮޑު ބަދަލަކީ ސަރުކާރާއި ދައުލަތުގެ ވެރިޔަކު އިންތިހާބު ކުރާ ގޮތަށް ނިޒާމު ބަދަލު ކުރުމެވެ. އެ ބޭފުޅުން ވިދާޅުވީ އެއީ ރިޔާސީ އަދި ބަރުލަމާނީ ނިޒާމެއް ވެސް ނޫން ކަމަށާއި އެއީ ރާއްޖެއަށް ފައްކާކޮށްފައިވާ  މުޅިން އާ ގޮތްތަކެއް ކަމަށެވެ. 

ފައްޔާޒު ވިދާޅުވީ އެބޭފުޅުން ހުށަހަޅުއްވާ ބަދަލުތަކުގައި ސަރުކާރު ހިންގާ މީހާ ވާނީ ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިހާބުވާ މީހަކަށް ކަމަށެވެ. އަދި ދައުލަތުގެ ވެރިޔާ އިންތިހާބު ކުރާނީ މަޖިލީހާއި ރަށު ކައުންސިލަރުން ނަގާ ވޯޓަކުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox