ރައްޔިތުންގެ ބަހެއް ނުހޯދައި ރަސްމާލެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ، އެމްޑީޕީގެ ސަރުކާރެއްގައި އެގްރީމެންޓު ބާތިލުކުރާނަން: ފައްޔާޒް

ފައްޔާޒް އިސްމާއިލް: ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައިވާ ގޮތުން ދިވެހިރާއްޖޭގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލި، ބޭރު ބައެއްގެ ހައްގުތަކެއް މި ރާއްޖޭގެ މައްޗަށް އުފަންވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

ފައްޔާޒް އިސްމާއިލް: ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައިވާ ގޮތުން ދިވެހިރާއްޖޭގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލި، ބޭރު ބައެއްގެ ހައްގުތަކެއް މި ރާއްޖޭގެ މައްޗަށް އުފަންވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

 ދިވެހި ރައްޔިތުންގެ ހިޔާލެއް މަޝްވަރާއެއް ނުހޯދައި ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރަން ނިންމައިފި ނަމަ، އެމްޑީޕީގެ ސަރުކާރެއްގައި އެ އެއްބަސްވުން ބާތިލުކުރާނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުން ގެނެސްދޭ "ފެންނަނުފެންނަ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން މިހާރު ނިންމާފައިވާ ގޮތަށް ތާއީދު ނުކުރައްވާ ކަމަށެވެ.

"ރައީސް މުއިއްޒު އެބަޖެހޭ ދިވެހިރައްޔިތުންގެ ކައިރީގައި އަހަން، ދިވެހިރައްޔިތުން ބޭނުންވަނީ ކިހިނެއްތޯ؟ އަދި މިކަމަށް ޑިބޭޓުކުރުމުގެ ފުރުސަތު ހުޅުވައިލަން އެބަޖެހޭ މިކަމުގެ ކަންބޮޑުވުން ހުރި ފަރަާތްތަކަށް އެ ކަންބޮޑުވުމުގެ ވާހަކަތައް ގެނެވޭނެ ގޮތެއް އެބަ ގެންނަންޖެހޭ. އެ ހުރިހާ ކަމެއް ކޮށްފައި ނޫނިއްޔާމުން ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން ނުވާނެ، މިކަން ކުރިއަށް ގެންގޮސްގެން ނުވާނެ،" ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އެފަދަ ގޮތަކަށް ރައްޔިތުންގެ ބަހެއް ނުހޯދައި މިކަންކޮށްފި ކަމަށްވަންޏާމުން އަޅުގަނޑުމެންގެ ސަރުކާރެއް އުފެދިއްޖެ ކަމަށްވަންޏާމުން އޭތި ރިވޯކު ކުރާނެ ވާހަކަ ވަރަށް ސާފުކޮށް މި ދަންނަވަނީ."

ފައްޔާޒް ވިދާޅުވީ ފޮރިން އިންވެސްޓްމެންޓުތަކާ ވެސް އަދި، ޔޫއޭއީއާ ވެސް އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް، އެއްވެސް އެކުއިޒިޝަން ކޮސްޓެއް ނެތި، ބޭރުގެ ބަޔަކަށް ރާއްޖޭގެ ބިން ދާއިމަށް ދޭން ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅުކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ރަސްމާލޭގެ ބިމުން އީގަލް ހިލްސްއަށް ދޭ ބައިގައި ތަރައްގީކުރާ ޕްރޮޕާޓީތައް ދެވަނަ ނުވަތަ ތިންވަނަ ފަރާތަކަށް ވިއްކާއިރު، 99 އަހަރު އަލުން ގުނަން ފަށާ ގޮތަށް އޮތް އޮތުމަކީ ސަރުކާރުން ކިތަންމެ ބޭނުންވީ ނަމަވެސް، އެގްރީމެންޓުގައި ބަޔާންކުރާ ވަކި ހަމަތަކެއްގެ މަތިން ނޫނީ ހުއްޓުވޭނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ރަސްމާލެ މަޝްރޫއު މިހާރު ކުރިއަށް ގެންދަން ނިންމާފައިވާގޮތުން، ރާއްޖޭގެ ސިޓިޒަންޝިޕް ނުލިބޭ ބަޔަކަށް، މި ތަނުގެ ރަށްވެހިކަމުގެ ހައްގުތަކެއް އުފަންވުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"މަޑުމަޑުން އެ މީހުން މި ތަނުގައި ދިރިއުޅެމުންދާއިރުގައި އެ އެމީހުންގެ ހައްގުތަކެއް އެ ބިމަށް އެއޮއް އުފެދެމުން ދަނީ، ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ނިސްބަތްވާ އެތައް ބަޔަކު އެ ތަނުގައި ވަޒަންވެރިވެ ތިބޭއިރުގައި ވަރަށް ފަސޭހަވާނެ އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ގައުމެއްގެ މައްޗަށް މަޖުބޫރުުކުރަން، އެ މީހުންގެ ހައްގުތަކެއް މިތަނަށްވެޔޭ، އެ މީހުންގެ ދީން މި ތަނުގައި އެ މީހުންނަށް ޕްރެކްޓިސް ކުރެވެންޖެހެޔޭ،" ފައްޔާޒް ވިދާޅުވި އެވެ.

"މިހާރު އެ ބުނާ ގޮތަށް އެކަންވެއްޖެއްޔާ އެއީ ޔަގީނުން ވެސް ވާނެކަމެއް."

ރަސްމާލެ މަޝްރޫއުއާ ދެކޮޅު ވަނީ އެ ސަބަބުތައް އެހެން ހުރުމުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި، އެފަދަ މައްސަލަތަކެއް ފެންނާން ހުއްޓައި، އެ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ނިންމަންޖެހޭނީ އާންމު ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެެވެ.

"އީގަލް ހިލްސްއަށް ވެސް އަޅުގަނޑުމެން މިކަން އަންގާނަން، މިއޮތް ބާކީ ދެ އަހަރު އެއްވެސް މަގުބޫލުކަމެއް ނެތް ސަރުކާރަކުން އެ ކުރާކަމުގައި އެ ބޭފުޅުން ބައިވެރިވެއްޖެކަމަށްވަންޏާމުން ދިވެހިރައްޔިތުން ތިބި ގޮތް އެނގެޔޭ ތި ކުރަނީ ބަދަލުދިނުމުގައި ވެސް، ބަދަލެއް ވެސް ނުލިބޭނެޔޭ އަސްލުގައި،" ފައްޔާޒް ވިދާޅުވި އެވެ.

ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. 

ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު އެވެ. 

"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox