ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް ނަޝީދު ގޮވާލައްވައިފި

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ: ވިދާޅުވީ ބަދަލުތައް ހޯދަން މަގުމައްޗަށް ވެސް ނުކުމެވަޑައިގަންނަވާނެ ކަމަށް -- ފޮޓޯ: އަދަދު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ: ވިދާޅުވީ ބަދަލުތައް ހޯދަން މަގުމައްޗަށް ވެސް ނުކުމެވަޑައިގަންނަވާނެ ކަމަށް -- ފޮޓޯ: އަދަދު

ގާނޫނުއަސާސީ އާއި ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ ގޮތަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އެކަމުގެ ބަހުސް ކުރަން މަޝްވަރާގެ މޭޒަށް އައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފި އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެބޭފުޅުން ގެންނަން ބޭނުންވެވަޑައިގަންނަވާ ނިޒާމީ ބަދަލުތަކެއް އާންމު ކުރައްވައިފަ އެވެ. އެ ބަދަލުތައް ގެނައުމަށްޓަކައި ސަރުކާރުން މަޝްވަރާ ކުރަންޖެހޭ ކަމަށް ނަޝީދު މިއަދު ވިދާޅުވި އެވެ. 

"އަޅުގަނޑު ދެކޭ ގޮތުގައި މި ބަދަލުތައް މިހާރު ބޭނުން. އެއީކީއެއް 2028 ވަނަ އަހަރުގެ ފަހުން އަޅުގަނޑުމެން ހޯދާންވީ ބަދަލެއް ނޫން. ދިވެހި ސަރުކާރަށް އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު ދަންނަވަން އަޅުގަނޑުމެން މި ވާހަކަ މި ދައްކަނީ އިހުލާސްތެރިކަމާއެކުގައި. މޭޒު ދޮށަށް ވަޑައިގަންނަވާށޭ،" ނަޝީދު ވިދާޅުވި އެވެ. 

Advertisement

ނަޝީދާއި ފައްޔާޒް ހުށަހެޅުއްވި "ބޮޑު ބަދަލު" ގެ ތެރޭގައި ސަރުކާރާއި ދައުލަތުގެ ވެރިޔަކު އިންތިހާބު ކުރުމާއި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުގެއަށް މަޖިލީހާއި ވެރިކަން ކުރާ ފަރާތުން ހިންގާ ބާރުވެރިން ނައްތާލުމާއި އަސާސީ ހައްގުތަކާއި އިގްތިސާދީ ރައްކާތެރިކަން ކަށަވަރު ކުރުން ހިމެނެ އެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، އެބަދަލުތައް ހޯދަން އެކި ގޮތްގޮތުން އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށާއި އޭގެ ތެރޭގައި މަގުމަތީގެ ހަރަކާތްތަކާއި ހިނގާލުންތައް ވެސް ހިމެނޭނެ ކަމަށެވެ. 

"މި ބަދަލުތައް ހޯދުމަށްޓަކައި ކުރާންޖެހުނު ކޮންމެ ކަމެއް އަޅުގަަނޑުމެން ކުރާނަން. އޭގެ ތެރޭގައި ސީދާ ހަރަކާތަށް ދިޔުން. އޭގެ ތެރޭގައި ސުލްހަވެރި ހިނގާލުންތައް ބޭއްވުން. އޭގެ ތެރޭގައި އެއްވުންތައް ބޭއްވުން، ޖަލްސާތައް ބޭއްވުން،" އެމަނިކުފާނު ވިދާޅުވި އެވެ. 

ނަޝީދާއި ފައްޔާޒް ހުށަހެޅުއްވި ބަދަލުތައް އެމްޑީޕީގެ ގައުމީ މަޖިލީހާއި ކޮންގްރެސްއަށް ހުށަހަޅުއްވާނެ ކަމަށް ވެސް މިއަދު އިއުލާނު ކުރި އެވެ. އެ ބަދަލުތަކަށް އެމްޑީޕީގެ މެންބަރުންނާއި ރައްޔިތުންގެ ތާއީދު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެ ދެ ބޭފުޅުން މިއަދު ވިދާޅުވި އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒް ވާދަ ކުރައްވަން ތާއީދު ކުރައްވާ ކަމަށް ނަޝީދު ވަނީ މިއަދު އިއުލާނު ކުރައްވައިފަ އެވެ. އަދި "ބޮޑު ބަދަލު" ގެ ތެރެއިން ތައާރަފު ކުރާ ދައުލަތުގެ ވެރިޔާގެ މަގާމަށް ވަޑައިގަތުމަށް އެމަނިކުފާނުގެ ޝައުގުވެރިކަން ހުންނެވި ކަން ވެސް ނަޝީދު ހާމަ ކުރެއްވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox