ޗެއާޕާސަންގެ އިންތިހާބު ފަސް ކުރަން ފައްޔާޒް ވެސް ދެކޮޅު

May 1, 2026, 11:42 PM
ފައްޔާޒް އިސްމާއިލް

ފައްޔާޒް އިސްމާއިލް

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިހާބު ކުރަން މިހާރު އިއުލާނު ކޮށްފައިވާ އިންތިހާބު ފަސްކުރުމާ ދެކޮޅު ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް މިރޭ ހާމަ ކުރައްވައިފި އެވެ. 

ޖޫން 12، ގައި ބާއްވަން ނިންމާފައިވާ އިންތިހާބު ފަސް ކުރަން ހުށަހެޅުއްވީ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އެވެ. އިންތިހާބު ފަސް ކުރަން ބޭނުންވެވަޑައިގަންނަވަނީ އެތެރޭގެ މަސްލަހަތު ހިމާޔަތް ކުރަން ކަމަށް އޭނާ ވިދާޅުވެ އެވެ. އަދި އިންތިހާބު ބާއްވަން ބޭނުންވާ ފައިސާ ވެސް ޕާޓީގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަމާ ގުޅޭ ގޮތުން ފައްޔާޒް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބަށް ބޭނުންވާ ފައިސާ ހޯދޭނެ ކަމަށާއި އިންތިހާބު ލަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. 

Advertisement

"އިންތިހާބު ލަސްކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތް. ފައިސާ ވެސް ހޯދޭނެ. އިންތިހާބު އަވަސްކުރަންވީ،" ފައްޔާޒް ވިދާޅުވެފައިވެ އެވެ. 

އިންތިހާބު ފަސްކުރަން ބޭނުންވެވަޑައިނުގަންނަވާ ކަމަށް އެ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވާފައިވާ މީކާއީލް އަހުމަދު ނަސީމް ވެސް ވަނީ ވިދާޅުވެ އެވެ. 

"ޕާޓީގެ ޗެއާޕާސަން އިންތިހާބު ލަސްކުރަން އުޅޭ އުޅުމަކީ އަޅުގަނޑު ވެސް އަދި މިޕާޓީގެ އެއްވެސް މެންބަރެއް ވެސް ބަލައިގަންނާނެ ކަމެއް ނޫން. ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަންޖެހޭ. ވަކި ބަޔަކަށް ފައިދާވާ ގޮތަށް އިންތިހާބާ ނުކުޅުއްވާ، ކޮމިޓީއިން ނިންމާފައިވާ ނިންމުމަށް އިހްތިރާމް ކުރައްވާ. އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މިތިބީ އިންތިހާބަށް ފުރިހަމައަށް ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ. 

މީކާއީލްގެ އިތުރުން އެ އިންތިހާބުގައި ވާދަ ކުރައްވާނޭ ކަމަށް މިހާތަނަށް އިއުލާނު ކުރައްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. 

ޣަފޫރު މިރޭ ހުށަހެޅުއްވީ ރިޔާސީ ޕްރައިމަރީއަށްފަހު ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށެވެ. އެއީ ޕާޓީގެ އެތެރޭގެ މަސްލަހަތު ހިމާޔަތްކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މެދުނުކަނޑާލައި ކުރިއަށްގެންދަން ކަމަށް އޭނާ ވިދާޅުވި އެވެ. 

"ސީފީ އިންތިހާބާއި ދާއިރާގެ އިންތިހާބާ ބެހޭ ގޮތުން އަޅުގަނޑަށް ފެންނަ ގޮތަކީ ރިޔާސީ ޕްރައިމަރީ އަށްފަހު ބޭއްވުމަށް. މި ދެ އިންތިހާބު މިވަގުތު ބާއްވައި ފިނަމަ ޕާޓީގެ އެތެރޭގެ މަަސްލަހަތު ގެއްލި އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތައް ހުރަސްތަކެއް ކުރިމަތިވާނެ،" އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު މި ހުށައަޅަނީ ޕާޓީގެ ހިންގުމަށްޓަކައި އިސްފަރާތްތައް ވާހަކަދައްކާ އިންޓަރީމް އެރޭންޖްމަންޓެއް (އަޅުގަނޑު ނުހިމަނާ) ދިއުމަށް. އަދި އެކަން ގައުމީ މަޖްލިސް އަށް ހުށައަޅާ ފާސްކުރުމަށް."

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox