ރަސްމާލެ ވިއްކުމާ ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

Nov 13, 2026, 6:11 AM
ބެނާތައް ކަނޑަމުންދިޔަ ދެ މީހުން ހައްޔަރުކޮށްގެން ގެންގޮސް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ވައްދަނީ

ބެނާތައް ކަނޑަމުންދިޔަ ދެ މީހުން ހައްޔަރުކޮށްގެން ގެންގޮސް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ވައްދަނީ

ދިވެހިރައްޔިތުންގެ ބަހެއް ނެތި ޣައިރު ދީންތަކުގެ މީހުން ރަސްމާލޭގައި ވަޒަންވެރިކުރުވަން ސަރުކާރުން މަސައްކަތްކުރާތީ އެކަމާ ދެކޮޅު ޝުއޫރުތައް ލިޔެ މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ ފިރިހެނަކު، އާންމުންގެ އެހީތެރިކަމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ދެ މީހުން ބެނާތައް ކަނޑަމުން ދިޔައީ ދަނޑިއެއްގައި ތޫނު އެއްޗެއް ހަރުކޮށްގެންނެވެ. އެ މަންޒަރު ފެނުނު އާންމުންގެ ބަޔަކު ސައިކަލުގައި އެ މީހުންގެ ފަހަތުން ގޮސް، ފުލުހުންގެ އެހީތެރިކަމަށް އެދުމުން އެ ދެ މީހުން ހައްޔަރުކުރީ ރޭގެ މެންދަމުގެ ވަގުތެއްގައި ކަމަށް މަންޒަރު ފެނުނު ބައެއް މީހުން އަދަދު ނޫހަށް ބުންޏެވެ. 

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ރަސްމީ ބަހެއް ނުބުނެ އެވެ.

ބެނާތައް ކަނޑަން ގެންގުޅުނު އާލާތް ވެސް ފުލުހުން އަތުލި

ނަމަވެސް، ކުރީގެ މިނިސްޓަރު އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމާލެ ވިއްކުމާ ދެކޮޅު ބެނާތައް ކެނޑި ދެ މީހުން އަތުލައިގެންފައިވާ ކަމަށާއި، ބެނާތައް ކަނޑަން ގެންގުޅުނު ދަނޑި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންނަށް ޝުކުރު އަދާކުރައްވަމުން މަލީހު ވަނީ، އެ މީހުން ލައްވައި ބެނާތައް އަލުން ދަމައިދިނުމަށާއި، އެކަމަށް ފަންޑުކުރި ސަރުކާރުގެ އިސްވެރިން ހޯދައިދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން، ސޮބާހު ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމާލެ އަލައްބާރަށް ދިނުމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލުމަށް ދެމި ބެނާތައް ކަނޑާ ވައްޓާލާފައިވާ ކަމަށެވެ. އަދި 500 ހެކްޓަރު ދޭ ގާނޫނު ފާސްނުވެ، އެއްބަސްވުމުގައި ސޮއިނުކުރެވި އުޅެނިކޮށް ނުފޫޒު ފޯރާފައި އޮތް މިންވަރު މިކަމުން ހާމަވާ ކަމަށާއި، ވަޒަންވެރިވުމުން ކަންތައް ކުރާނެ ގޮތާ މެދު ވިސްނާލުމަށް އޭނާ ގޮވާލެއްވި އެވެ. 

މީގެ އިތުރުން ވެސް ބައެއް މީހުން މިކަމަށް ފާޑުކިޔާފައިވެ އެވެ. 

ރަސްމާލެ ވިއްކާލާތީ އާންމު ރައްޔިތުންގެ އޮތް ނުރުހުން ފާޅުކުރުމަށާއި، ހިޔާލު ހޯދުމުގެ ވޯޓަކަށް ނުގޮސް ރަސްމާލެ ވިއްކާލުމާ ދެކޮޅަށާއި ގައިރު ދީންތަކުގެ މީހުން ވަޒަންވެރިކުރުވުމާ ދެކޮޅަށް އަޑުއުފުލަމަށް ބާއްވާ ސުލުހަވެރި އެއްވުން މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި އޮންނާނެ އެވެ. 

މި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ އިކޮނޮމިކް މިިނިސްޓަރު ފައްޔާޒު އިސްމާއީލް އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާނެކަން އިއުލާނު ކުރައްވާފައިވެ އެވެ. 

ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. ދާއިމީ އެއްބަސްވުމުގައި މި ނޮވެމްބަރު މަހު ސޮއިކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެފްޕީއޭ މުވައްޒަފުންނަށް ލޯންޗިން ޖަލްސާއަށް ދާން އަންގައިފި

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި، ސަރުކާރުން ބާއްވާ "އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ހުރިހާ މުވައްޒަފުން ދިއުމަށް އެ އޮތޯރިޓީން ވަނީ އަންގާފައި.

އެއްވުމުގައި ބައިވެރިވާން އެމްޑީޕީން ގޮވާލައިފި

ރަސްމާލެއިން ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅަށް، އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލައި މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުމުގައި ބައިވެރިވުމަށް އެމްޑީޕީން ވަނީ ގޮވާލާފައި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން އިންތިޒާމުކުރާ މި އެއްވުމުގައި އެމްޑީޕީގެ އިތުރުން ޕީއެންއެފް އިން ވެސް ބައިވެރިވޭ.

ރަސްމާލެ ޑީލު މަޑު ޖައްސާލަން ގޮވާލައި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދިނުމާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން އީގަލް ހިލްސްގެ ވެރިޔާއަށް ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައި، އެ މަޝްރޫއު މަޑުޖައްސާލުމަށް ވަނީ ގޮވާލާފައި. މި ސިޓީގައި ބިން ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބާރުއަޅާފައިވޭ.

ކެފޭއެއް ތެރޭގައި ބަޔަކު ހިފެހެއްޓި މީހަކު ހައްޔަރުކޮށްފި

ކެފޭއެއްގެ ތެރޭގައި ބަޔަކަށް ބިރުދައްކައި، ތިން ގަޑިއިރު ވަންދެން ހިފެހެއްޓި މައްސަލައެއްގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 20 ދުވަސް ވަނީ ޖަހާފައި. އެ މީހާގެ މައްޗަށް މާރާމާރީ ހިންގުމާއި، ބިރުދެއްކުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތު ކުރޭ.

ބަނގުރާގެ މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ ބޭނުންކުރި މައްސަލައެއްގައި 19 އަހަރުގެ ސިފައިންގެ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައި. މި މައްސަލައާ ގުޅިގެން އެމްއެންޑީއެފް އިން އަދި ވަކި އެއްޗެއް ބުނެފައިނުވާއިރު، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ކުށްތަކަށް އަރައިގަންނަ މައްސަލަ ވަނީ އިތުރުވެފައި.

މިސްކިތެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް

މީގެ ކުރިންވެސް މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ ގިނަ މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވާ ނައުޝާދު މިފަހަރު ހައްޔަރުކުރީ، ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން މިމަހުގެ 4 ވަނަ ދުވަހު މިނިވަންވެފައި ވަނިކޮށެވެ.

އިހުތިރާމު ޖަލްސާއަށް ދާން ވެމްކޯ މުވައްޒަފުންނަށް މަޖުބޫރުކޮށްފި

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ނުދީ، "އިހުތިރާމު" ކެމްޕޭން ލޯންޗުކުރުމުގެ ޖަލްސާއަށް ދާން އެ ކުންފުނީގެ މެނޭޖުމަންޓުން މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މި ޖަލްސާގައި ބައިވެރިވުމަށް ވެމްކޯގެ އިތުރުން އެހެން ސަރުކާރު ކުންފުނިތަކާއި ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް ސަރުކާރުން ދަނީ އަންގަމުންނެވެ.

Newsletter

Get the latest news delivered straight to your inbox