ފެންނަނީ ޝަރީއަތް ފެށުމުގެ ކުރިން ގޮތެއް ނިމިފައި އޮތް މަންޒަރު: ފައްޔާޒް

May 10, 2026, 10:42 PM
ފައްޔާޒް.

ފައްޔާޒް.

އަދަދުގެ ސީއީއޯ ހުސެން ފިޔާޒް އާއި އެޑިޓަރު ހަސަން މުހައްމަދާ ދެކޮޅަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ކުށުގެ ދައުވާގެ މައްސަލައިގައި ފެންނަނީ ޝަރީއަތް ފެށުމުގެ ކުރިން ވަކި ގޮތެއް ނިންމާފައި އޮތް މަންޒަރު ކަމަށް ވިދާޅުވެ، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއާޕަސަން ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. 

ފިޔާޒް އާއި ހަސަންގެ މައްޗަށް ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި އެ ދެމީހުން ތިބެ، ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީއެއް ޕަބްލިޝްކޮށްފައިވުމެވެ. އެ މައްސަލައިގެ ތަހުގީގު ނިންމާލީ އެންމެ 14 ދުވަހުގެ ތެރޭގަ އެވެ. 

އެކަމަށް އިޝާރާތް ކުރައްވާ ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ "އެންމެ 14 ދުވަހުގެ ތެރޭ ހަވާ ފަޓާސްބަރިއެއްހެން ހިންގި ޣައިރު ގާނޫނީ ތަހުގީގަކަށް ފަހު އަދަދުގެ ފިޔާޒު އާއި ހަސަންއަށް ދައުވާ އުފުލުން ކުށްވެރިކުރާ" ކަމަށެވެ.

"މި ޝަރީއަތް ފެށުމުގެ ކުރިން ވަކި ގޮތެއް ނިމިފައި އޮތް މަންޒަރު ދިވެހިންނަށް ސާފުކޮށް ފެނޭ. ނޫސްވެރިން ކުރާ މަސައްކަތްތަކާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލާނީ ހުދުމުހުތާރު ވެރިން،" ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒް ވިދާޅުވި އެވެ. 

އޭގެ އިތުރުން ސިއްރު ޝަރީއަތެއް ހިންގައި "ދެ ނޫސްވެރިއަކު ޖަލަށް ލުމަށް މުއިއްޒު އުޅުއްވުމަކީ ބިރުވެރިކަމެއް" ކަމަށާއި އެކަމާ ދެކޮޅަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ފައްޔާޒް ގޮވާލެއްވި އެވެ.

"ވެރިޔަކަށް ހުންނަ މީހާ ބޭނުންވީމައި އާންމު ވެގެންވާ އަދަބެއް ރައްޔިތުންނަށް ނުދެވޭނެ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭ،" އެ ޕޯސްޓުގައި ފައްޔާޒް އިތުރަށް ވިދާޅުވި އެވެ. 

މި މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އަދަދުން ނެރުނު "އައިޝާ" ޑޮކިޔުމެންޓަރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް ކޯޓުން މިއަދު ނެރުނު އަމުރުގައި އަންގާފައި ވެއެވެ. 

އެކަމާ ގުޅިގެން ފައްޔާޒް ވިދާޅުވީ "އެންމެ އަމުރަކުން އެ ބަންދުކޮށްލީ ހުރިހާ ދިވެހި ރައްޔިތުންގެ ދޫ" ކަމަށެވެ. 

'އައިޝާ' ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ހުރިހާ ރައްޔިތުންގެ މައްޗަށް އަމުރުކޮށްފި

'އައިޝާ' ޑޮކިއުމެންޓްރީ ދައުރުކުރުމާއި އޭގައިވާ ވާހަކަތައް އެއްވެސް ސިފައެއްގައި ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި. މި އަމުރު ނެރުނީ އެ ޑޮކިއުމެންޓްރީއާ ގުޅިގެން އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށްގެންދާތީ، މުޖުތަމައުގެ އަހުލާގީ މިންގަނޑު ހިފެހެއްޓުމަށް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނޭ

ފިޔާޒް އާއި ހަސަންގެ މައްޗަށް ދައުވާ އުފުލާފައި މި ވަނީ "އައިޝާ" ޑޮކިއުމެންޓަރީގެ މައްސަލަ ބަލަން ފެށިތާ 14 ވަނައަށް ވީ ދުވަހެވެ. އެ މައްސަލަ ބަލަން އެންގީ ތުހުމަތުތަކާ ގުޅޭ ގޮތުން އަދަދު އިން ސުވާލު ކުރުމުން ޕްރެސް ކޮންފަރެންސެއްގެ ތެރެއިން ސީދާ ރައީސް މުއިއްޒެވެ. 

ހަމަ އެރޭ ފުލުހުން ވަނީ އަދަދުގެ އޮފީހަށް ރެއިޑުކޮށް 20 އިލެކްޓްރޯނިކް ޑިވައިސްއެއް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ލެޕްޓޮޕްތަކާއި ހާޑް ޑިސްކު ހިމެނެ އެވެ. 

ޖެހިގެން އައި ދުވަހު ފިޔާޒް އާއި ހަސަން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް، ތަހުގީގުގެ ބޭނުމަށް ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. މި މައްސަލައިގައި ހިމެނޭ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް، ނުފުރޭ ގޮތް ހެދި އެވެ. 

ފިޔާޒް އާއި ހަސަންގެ މައްޗަށް ދައުވާ އުފުލާފައި މި ވަނީ ދުނިޔޭގެ ހަތް ޖަމިއްޔާއަކުން ޖިނާއީ ދައުވާތައް އަނބުރާ ގެންދިޔުމަށް ގޮވާލައި، މައްސަލައިގައި ތުހުމަތު ރައްދުވާ ފަރާތުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާފައި ވަނިކޮށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox