ސިޔާސީ ޕާޓީތަކުގައި ފެކްޝަންތައް ހުރުމަކީ ދުޅެހެޔޮކަމެއް، ޗެއާޕާސަންކަމުގައި ސޯލިހުގެ ބައިވެރިވުން ބޮޑުވާނެ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ޖަލްސާއެއްގައި -- ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ޖަލްސާއެއްގައި -- ފޮޓޯ: އެމްޑީޕީ

ސިޔާސީ ޕާޓީއެއްގެ ތެރޭގައި ފެކްޝަންތަކެއް ހުރުމަކީ ދުޅަހެޔޮ ކަމެއް ކަމަށާއި އެމަނިކުފާނުގެ ޗެއާޕާސަންކަމެއްގައި ކުރީގެ ރައީސް ސޯލިހުގެ ސިޔާސީ ތަޖުރިބާ ވަރަށް ބޮޑަށް ބޭނުންކުރައްވާނެ ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދައުރު ނޫހުން ގެނެސްދޭ ވޮޑްކާސްޓުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ތެރޭގައި އަބަދުވެސް ފެކްޝަންތައް ހުންނަ ކަމަށެވެ. އޭގެ ސަބަބު ގުޅިފައި އޮންނަނީ ސިޔާސީ ހުވަފެންތަކާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ހެލްތީ އިނގޭތޯ؟ އެއީ އަޅުގަނޑަކަށް ވެސް ނެތް މިސާލަކަށް ކަމެއް އަމިއްލައަށް އެކަނި ގޮސް ކޮށްލެވޭކަށް، ރައީސް ސޯލިހަކަށް ވެސް ނެތް، އަބްދުﷲ ޝާހިދުއަކަށް ވެސް ނެތް، ފައްޔާޒް އިސްމާއިލަކަށް ވެސް ނެތް. ހަމަ އެކީގައި އައިސް ތިބެ ވާހަކަތަކެއް ދައްކަންޖެހޭ ކޮންމެ ކަމެއްގައި ވެސް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ އެންމެ ބޮޑު ދެ ފެކްޝަންގެ ތެރެއިން، އެ އެއް ފެކްޝަން ލީޑުކުރައްވާ ސޯލިހުއަކީ ސިޔާސީ ގޮތުން ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި، ނަޝީދުގެ ޗެއާޕާސަންކަމެއްގައި ސޯލިހުގެ އެ ތަޖުރިބާ ވަރަށް ބޮޑަށް ބޭނުންކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޗެއާޕާސަންކަމުގައި ރައީސް ސޯލިހު ވަރަށް ބޮޑަށް ބައިވެރިކުރާނަން، ވަރަށް ބޮޑަށް ބައިވެރިކުރާނަން، ދެން އަޅުގަނޑަށް އެނގޭ އަޅުގަނޑު ޒަމާނުއްސުރެ ފަށައިގެން ރައީސް ސޯލިހުއާއެކު ސިޔާސީ މަސައްކަތް ކުރަމުން އައިސްފިން، ދެން ރައީސް ސޯލިހުގެ ހުންނާނެ ހުނަރުތަކެއް ސިޔާސީ ކަންކަމުގައި، ދެން އެ ކަންކަން އަޅުގަނޑުމެންގެ ސިޔާސީ ޕާޓީއަށް އަޅުގަނޑުމެން ބޭނުންކުރާން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ކައިރި ބައެއް އެހެން ގައުމުތަކުން ވެސް މިސާލުދައްކަވައި ފެކްޝަންތައް އޮތުމުގެ މުހިންމުކަން ކިޔައިދެއްވައިފަ އެވެ. އަދި، އެމްޑީޕީއަކީ މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދިޔައީމާ ވެސް އެމްޑީޕީ ހަލާކެއް ނުވިޔޭ، ވަރުގަދީއޭ، އަޅުގަނޑުމެންނަށް އެ އުފެއްދުނު އެތި ވަރުގަދައީ، މުއައްސަސާއަކަށް ވާތީ،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox