ނަޝީދާއި ފައްޔާޒްގެ ހުށަަހެޅުމަކީ ސަރުކާރާއި ދައުލަތުގެ ވެރިޔަކު އިންތިހާބު ކުރާ މަސްހުނި ނިޒާމެއް

ނަޝީދާއި ފައްޔާޒް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަލާމް ކުރައްވަނީ: ހުށަހެޅުއްވި އެންމެ މުހިންމު އެއް ބަދަލަކީ މިނިވަން މުއައްސަސާތަކުގެ ވެރިން ވަކި ކުރަން ރައްޔިތުންގެ ރުހުން ހޯދަން ޖެހުން -- ފޮޓޯ: އަދަދު

ނަޝީދާއި ފައްޔާޒް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަލާމް ކުރައްވަނީ: ހުށަހެޅުއްވި އެންމެ މުހިންމު އެއް ބަދަލަކީ މިނިވަން މުއައްސަސާތަކުގެ ވެރިން ވަކި ކުރަން ރައްޔިތުންގެ ރުހުން ހޯދަން ޖެހުން -- ފޮޓޯ: އަދަދު

ދިވެހިރާއްޖޭގެ ވެރިކަން ކުރާ ބީދައަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެ، "ބޮޑު ބަދަލު" ގެ ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ނިޒާމީ އިސްލާހުތަކެއް ހުށަހަޅުއްވައިފި އެވެ. 

ނަޝީދާއި ފައްޔާޒްގެ ފަރާތުން ހުށަހެޅި އެންމެ ބޮޑު ބަދަލަކީ ސަރުކާރާއި ދައުލަތުގެ ވެރިޔަކު އިންތިހާބު ކުރާ ގޮތަށް ނިޒާމު ބަދަލު ކުރުމެވެ. އެބޭފުޅުން ވިދާޅުވީ އެއީ ރިޔާސީ އަދި ބަރުލަމާނީ ނިޒާމެއް ވެސް ނޫން ކަމަށާއި އެއީ ރާއްޖެއަށް ފައްކާކޮށްފައިވާ  މުޅިން އާ ގޮތްތަކެއް ކަމަށެވެ. 

"އަޅުގަނޑުމެން ބޭނުން ނަމެއް މިއަށް ދޭންވީ، މީގެ މައިގަނޑު ވާހަކައަކީ ސަރުކާރު ހިންގާ މީހާ ދައުލަތާ އަދި އެހާ ބޮޑަށް ނުބެހި ސަރުކާރުގެ ކަންތަކާ އުޅުން،" ނަޝީދު ވިދާޅުވި އެވެ.  

އެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ރާއްޖެއަށް އެންމެ ރަނގަޅުވާނީ މިވެނި ނިޒާމެއް ކަމަށް ތަޖުރިބާގެ އަލީގައި ދެންނެވެން ނެތް ކަމަށެވެ. 

"އަޅުގަނޑުމެން ގަބޫލު ކުރަނީ ވަކި ނިޒާމެއް އެއީކީ މިހާރު އަޅުގަނޑުމެން ދިވެހިރާއްޖޭގައި ތަޖުރިބާކުރެވުނު އިރުގައި ދިވެހިރާއްޖެއަށް އެންމެ ސޫޓަބަލްއެއް ނޫނޭ،" އޭނާ ވިދާޅުވި އެވެ. 

ފައްޔާޒް ވިދާޅުވީ އެބޭފުޅުން ހުށަހަޅުއްވާ ބަދަލުތަކުގައި ސަރުކާރު ހިންގާ މީހާ ވާނީ ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިހާބުވާ މީހަކަށް ކަމަށެވެ. އަދި ދައުލަތުގެ ވެރިޔާ އިންތިހާބު ކުރާނީ މަޖިލީހާއި ރަށު ކައުންސިލަރުން ނަގާ ވޯޓަކުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ. 

"ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިޔަކު ހުރުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް. ބަރުލަމާނީ ނިޒާމުގެ އެންމެ މުހިންމު ސިފައަކީ ސަރުކާރުގެ ވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް. އެޔެއް ނޫން އަޅުގަނޑުން މި ހުށަހަޅާ ހުށަހެޅުމަކީ," މީގެ ކުރިން އިގްތިސާދީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ދައުލަތުގެ ވެރިޔާ ވާނީ، މުޅި ދައުލަތް ތަމްސީލުކޮށް ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާނޭ މީހާއަށް ކަމަށެވެ. 

"މުޅި ދައުލަތް ތަމްސީލުކޮށް، ދައުލަތުގެ ބިހާފުގައި ވަކާލާތުކޮށް ކަންކަން ކުރާނެ ބޭފުޅެއްގެ ގޮތުގައި ދައުލަތުގެ ވެރިޔާ ހުންނަވާނީ. އެއީ ރަސްކަން ނޯންނަ ގައުމުތަކުގައި ރައީސުލްޖުމްހޫރިއްޔާ،" އޭނާ ވިދާޅުވި އެވެ. 

އޭގެ އިތުރުން، ގާނޫނުއަސާސީގައި އެކަށައަޅާފައިވާ މައިގަނޑު އުސޫލުތައް ރައްކާތެރި ކުރުމަށާއި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުގެއަށް މަޖިލީހާއި ވެރިކަން ކުރާ ފަރާތުގެ ބާރު ނުހިންގޭނެ ގޮތަށް ނިޒާމު ބަދަލު ކުރުން ވެސް "ބޮޑު ބަދަލު" ގެ ތެރޭގައި ހިމެނެ އެވެ. 

ފައްޔާޒް އާއި ނަޝީދުގެ ހުށަހެޅުއްވުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން ކޮމިޝަންތަކުގެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލު ކުރުމެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އަތޮޅުތައް ތަމްސީލު ކުރެވޭނެ ގޮތެއް ހަދައި، މަޖިލިސް މެންބަރުން ރިކޯލް ކުރެވޭނެ މަގު ފަހި ކުރުން ވެސް އެ ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox