އައިޝާ ޑޮކިއުމެންޓަރީ: ކޯޓުގެ ނިންމުންތަކަށް ރައްޔިތުން ކުރަނީ މަލާމާތް ކަމަށް ޔާމީން ވިދާޅުވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ވިދާޅުވީ ކޯޓުގެ ނިންމުންތަކަށް ރައްޔިތުން މަލާމާތް ކުރާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ވިދާޅުވީ ކޯޓުގެ ނިންމުންތަކަށް ރައްޔިތުން މަލާމާތް ކުރާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ރައީސް މުހައްމަދު މުއިއްޒަށް ކުރާ ޖިންސީ ތުހުމަތުތަކުގެ ވާހަކަ ގެނެސްދިން އަދަދު ނޫހުގެ ޑޮކިއުމެންޓަރީ "އައިޝާ" ދިވެހިރާއްޖޭގައި މަނާ ކުރަން އަމުރެއް ނެރުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ކްރިމިނަލް ކޯޓަށް ފާޑުވިދާޅުވެއްޖެ އެވެ. 

ޕީޕަލްސް ނެޝަނަލް ފްރަންޓުން ބޭއްވި ޖަލްސާއެއްގައި، ކޯޓުން ރޭގެ ވަގުތެއްގައި ނެރުނު އަމުރާ ގުޅޭ ގޮތުން ވާހަކަ ޔާމީން ދައްކަވަމުން ވިދާޅުވީ، ކޯޓުން ނެރުނު އަމުރުގެ ސަބަބުން އެ މައްސަލައިގައި މިހާރު ވެސް ގޮތެއް ނިންމާފައި އޮތް ކަމުގެ ސުވާލު އުފެދޭ ކަމަށެވެ. 

"ކްރިމިނަލް ކޯޓުން ގޮތެއް ނިންމީތޯ މި އުޅޭ ރިލޭޝަންޝިޕަށް ނޫނީވިއްޔާ މިދެކެވޭ ސެކްޝުއަލް އެލެގޭޝަނަށް ކްރިމިނަލް ކޯޓުން ގޮތެއް ނިންމީތޯ؟ އެހެން ނޫނީ ގަޒުފުގެ ލަފުޒު އަންނާކަށް ނުޖެހޭ ދެއްތޯ؟،" ޔާމީން ވިދާޅުވި އެވެ. 

Advertisement

"ފަނޑިޔާރުން ކުރާ ކަންކަމުގައި އެބަޖެހޭ ތަންކޮޅެއް އޮއްޓަރު ހުންނަން. އޮއްޓަރު ނެތި މިހެން ނުކުންނަ ހުކުމްތައް ނުކުތީމަ މި ވަނީ ހަމަ ޕަބްލިކް ރިޑިކިއުލް [މަލާމާތް] ކުރާ ކަމަކަށް."

އޭގެ އިތުރުން، އެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގަށް ދިފާއުގައި ބަޔާން ދިނުމުގެ ފުރުސަތު ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަށް ނުދިނުމުން އެކަމަށް ވެސް ޔާމީން ފާޑުވިދާޅުވި އެވެ. 

"ފުލުހުން ތަހުގީގު ކުރާ ގޮތަކަށް ކުރީ. އެ ތަހުގީގުގައި މި ބުނަނީ ތިމަންނަމެން ކުރާ ސުވާލަކީ މިއީއޭ، އައިޝާ ދައްކާނެ ވާހަކައެއް ނެތޭ. [އައިޝާ] ދައްކައިގެން ނުވާނެއޭ ވާހަކައެއް،" އެމަނިކުފާނު ވިދާޅުވި އެވެ. 

ޑޮކިއުމެންޓަރީގެ ވާހަކަ ދެއްކުން މަނާކޮށް ކޯޓުން ނެރުނު އަމުރަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ފާޑުވިދާޅުވި އެވެ. އަދި ޑޮކިއުމެންޓަރީ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމުން ވެސް ފައްޔާޒް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. 

"މި ޝަރީއަތް ފެށުމުގެ ކުރިން ވަކި ގޮތެއް ނިމިފައި އޮތް މަންޒަރު ދިވެހިންނަށް ސާފުކޮށް ފެނޭ. ނޫސްވެރިން ކުރާ މަސައްކަތްތަކާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލާނީ ހުދުމުހުތާރު ވެރިން،" ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒް ވިދާޅުވި އެވެ. 

ފިޔާޒް އާއި ހަސަންގެ މައްޗަށް ދައުވާ އުފުލާފައި މި ވަނީ "އައިޝާ" ޑޮކިއުމެންޓަރީގެ މައްސަލަ ބަލަން ފެށިތާ 14 ވަނައަށް ވީ ދުވަހެވެ. އެ މައްސަލަ ބަލަން އެންގީ ތުހުމަތުތަކާ ގުޅޭ ގޮތުން އަދަދު އިން ސުވާލު ކުރުމުން ޕްރެސް ކޮންފަރެންސެއްގެ ތެރެއިން ސީދާ ރައީސް މުއިއްޒެވެ. 

ހަމަ އެރޭ ފުލުހުން ވަނީ އަދަދުގެ އޮފީހަށް ރެއިޑުކޮށް 20 އިލެކްޓްރޯނިކް ޑިވައިސްއެއް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ލެޕްޓޮޕްތަކާއި ހާޑް ޑިސްކު ހިމެނެ އެވެ. 

ޖެހިގެން އައި ދުވަހު ފިޔާޒް އާއި ހަސަން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް، ތަހުގީގުގެ ބޭނުމަށް ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. މި މައްސަލައިގައި ހިމެނޭ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް، ނުފުރޭ ގޮތް ހެދި އެވެ. 

ފިޔާޒް އާއި ހަސަންގެ މައްޗަށް ދައުވާ އުފުލާފައި މި ވަނީ ދުނިޔޭގެ ހަތް ޖަމިއްޔާއަކުން ޖިނާއީ ދައުވާތައް އަނބުރާ ގެންދިޔުމަށް ގޮވާލައި، މައްސަލައިގައި ތުހުމަތު ރައްދުވާ ފަރާތުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާފައި ވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox