ހައްގުތައް ހިމާޔަތްކުރަން އެންމެ މުހިންމީ ދިވެހިންގެ އިގުތިސޯދީ މިނިވަންކަން: ފައްޔާޒު

ނަޝީދު އާއި ފައްޔާޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ހައްގުތައް ގެއްލުމަށް އޮތް އެންމެ ނުރައްކާ ވަސީލަތަކީ ރައްޔިތުންގެ ނިކަމެތިކަން ކަމަށް ފައްޔާޒް ވިދާޅުވި -- ފޮޓޯ: އަދަދު

ނަޝީދު އާއި ފައްޔާޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ހައްގުތައް ގެއްލުމަށް އޮތް އެންމެ ނުރައްކާ ވަސީލަތަކީ ރައްޔިތުންގެ ނިކަމެތިކަން ކަމަށް ފައްޔާޒް ވިދާޅުވި -- ފޮޓޯ: އަދަދު

ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން އެންމެ މުހިންމީ ދިވެހިންގެ އިގުތިސާދީ މިނިވަންކަން ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގެ ވެރިކަމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ ފައްޔާޒު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ "ބޮޑު ބަދަލު" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ކަރުދާހަކަށް އާންމުންގެ ހިޔާލާއި މަޝްވަރާ ހޯދަމުންނެވެ. އެ މަސައްކަތުގެ ތެރެއިން ދެ ބޭފުޅުން ވެސް މިވަގުތު ތިއްބެވީ އައްޑޫ ސިޓީގަ އެވެ. 

ހިތަދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި "ބޮޑު ބަދަލު" ޖަލްސާގައި ފައްޔާޒު ވިދާޅުވީ ހައްގުތައް ގެއްލުމަށް ސަރުކާރުތަކުން ބޭނުންކުރަން އޮތް އެންމެ ނުރައްކާ ވަސީލަތަކީ ރައްޔިތުންގެ ނިކަމެތިކަން ކަމަށެވެ. އެ ނިކަމެތިކަން ބޭނުންކޮށްގެން ހުދުމުހުތާރު ވެރިން ވެރިކަމަށް އައުމަކީ ނުރައްކާތެރި ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ. 

"ހައްގުތައް ހިމާޔަތްކުރުމުގައި އެންމެ މުހިންމު އެއް ކަމަކީ ދިވެހި ރައްޔިތުންގެ އިގުތިސޯދީ މިނިވަންކަން. ހައްގުތައް ގެއްލުމަށް އޮންނަ އެންމެ ނުރައްކާ ވަސީލަތަކީ ހުދުމުހުތާރު ވެރިންނަށް ރައްޔިތުންގެ ނިކަމެތިކަން ބޭނުންކޮށްގެން އެބޭފުޅުން ވެރިކަމަށް އައުން،"  2028 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ފައްޔާޒު ވިދާޅުވި އެވެ. 

ފައްޔާޒް ވިދާޅުވީ އޭނާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ބޮޑު ބަދަލުގެ އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދިވެހިންގެ ފުދުންތެރިކަން އިތުރު ކުރެވޭނެ ގޮތަށް އިގްތިސާދީ މިނިވަންކަން ދިވެހިންނަށް ހޯދައި ދިނުން ކަމަށެވެ. 

ދިވެހިންނަށް އިގްތިސާދީ މިނިވަންކަން ހޯދައި ދިނުމަށް ގާނޫނުއަސާސީއަށް ބަދަލުތައް ގެންނަންޖެހޭކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ މިހާރު ފެނިގެންދަނީ ވެރިޔަކަަށް އަންނަ މީހާގެ އެއްވެސް ކަހަލަ ތަސުއްވުރެއް ނެތުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެއްކޮށް  ފުނޑުފުނޑުވެގެންދާތަން ކަމަށެވެ. 

"އެހެންވީމަ އަޅުގަނޑުމެން ހުށަހަޅާ މި ބޮޑު ބަދަލުގައި މުހިންމުކަމެއް ދީފައި މިވަނީ ދިވެހި ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރެވޭނެ ގޮތަކަށް އިގްތިސާދީ މިނިވަންކަން ދިވެހި ރައްޔިތުންނަށް ހޯދައިދިނުން. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ ގާނޫނުއަސާސީގައި ބަދަލުތަކެއް ގެނެސްގެން އެ ހިމާޔަތްތަކެއް ކުރަން،" ފައްޔާޒް ވިދާޅުވި އެވެ. 

"އެނގިވަޑައިގަންނަވާނެ ރައްޔިތުންނަށް ހިމާޔަތް މި ލިބެނީ ރައްޔިތުންގެ އިގްތިސާދީ ފުދުންތެރިކަން މި އަންނަނީ ގައުމުގެ ފުދުންތެރިކަން އައިމަ. ގައުމުގެ އިގްތިސާދު ވަރުގަދަވީމަ. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ވެރިޔަކަށް އަންނަ މީހާގެ އެއްވެސް ކަހަލަ ވިކުރެއް، ވިސްނުމެއް، ތަސުއްވުރެއް ނެތުމުން މުޅި ދިވެހިރާއްޖޭގައި މިއޮތް އިގްތިސާދު ފުނޑުފުނޑުވެގެން ދާތަން." 

ފައްޔާޒް ވިދާޅުވީ ބޮޑު ބަދަލުގެ ތެރެއިން ރައްޔިތުންނާއި ގައުމާ ގުޅޭ ކަންކަމުގައި ގިނަގިނައިން ރައްޔިތުން ކައިރީ އަހާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ބޮޑެތި ނިންމާނީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ނަތީޖާ ނުކުންނަ ގޮތަކުން ކަމަށެވެ. 

ނަޝީދާއި ފައްޔާޒް ހުށަހަޅުއްވާފައިވާ ބޮޑު ބަދަލުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ބަދަލަކީ  ސަރުކާރާއި ދައުލަތުގެ ވެރިޔަކު އިންތިހާބު ކުރާ ގޮތަށް ނިޒާމު ބަދަލު ކުރުމެވެ. އެބޭފުޅުން ވިދާޅުވީ އެއީ ރިޔާސީ އަދި ބަރުލަމާނީ ނިޒާމެއް ވެސް ނޫން ކަމަށާއި އެއީ ރާއްޖެއަށް ފައްކާކޮށްފައިވާ މުޅިން އާ ގޮތްތަކެއް ކަމަށެވެ.

އެ ބަދަލުތަކުގެ ތެރޭގައި ގާނޫނުއަސާސީގައި އެކަށައަޅާފައިވާ މައިގަނޑު އުސޫލުތައް ރައްކާތެރި ކުރުމަށާއި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުގެއަށް މަޖިލީހާއި ވެރިކަން ކުރާ ފަރާތުގެ ބާރު ނުހިންގޭނެ ގޮތަށް ނިޒާމު ބަދަލު ކުރުން ހިމެނެ އެވެ.

މީގެއިތުރުން  ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން ކޮމިޝަންތަކުގެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހުގައި އަތޮޅުތައް ތަމްސީލު ކުރެވޭނެ ގޮތެއް ހަދައި، މަޖިލިސް މެންބަރުން ރިކޯލް ކުރެވޭނެ މަގު ފަހި ކުރުން ވެސް ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox