ފައްޔާޒްގެ އަމާޒު: 10،000 ވިޔަފާރިވެރިން އުފައްދައި، މާލީ މިނިވަންކަން ހޯދައިދިނުން

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ރައްޔިތުންނަށް މާލީ މިނިވަންކަން ހޯދައިދިނުމަކީ އަމާޒެއް ކަމަށް ވިދާޅުވި

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ރައްޔިތުންނަށް މާލީ މިނިވަންކަން ހޯދައިދިނުމަކީ އަމާޒެއް ކަމަށް ވިދާޅުވި

ވެރިކަމުގައި 10،000 ވިޔަފާރިވެރިން އުފައްދައި، ރައްޔިތުންނަށް މާލީ މިނިވަންކަން ހޯދައިދިނުމަކީ އަމާޒެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ. 

އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ބޮޑު ބަދަލު ވޯކްޝޮޕްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކުރިއަށްގެންދާނެ އެންމެ ބޮޑު މެގަ ޕްރޮޖެކްޓަކަށްވާނީ 10،000 ވިޔަފާރިވެރިން އުފެއްދުން ކަމަށާއި އެކަމާ ގުޅިގެން ހިޔާލުތައް ދެއްވުމަށް އެދޭ ކަމަށެވެ. 

"އަޅުގަނޑުގެ މެގަ ޕްރޮޖެކްޓަކަށް ވާނީ ދިވެހިރާއްޖޭގައި 10،000 ވިޔަފާރިވެރިން އުފެއްދުން. ބްރިޖެއް ނޫން. އެހެން ކަމެއް ނޫން. އެހެންވީމަ އަޅުގަނޑު ވަރަށް ބޮޑަށް އެދެން  އެ އޭންގަލުންވެސް ތިބޭފުޅުން ވިސްނާފައި އަޅުގަނޑުމެންނާ ހިސާބަށް ހިޔާލުތަކެއް ދެއްވުން،" ވޯކްޝޮޕްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވި އެވެ. 

Advertisement

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ފައްޔާޒް ވިދާޅުވީ އޭނާ ބޭނުންވަނީ ވަޒީފާތަކުން ރައްޔިތުން މިނިވަންކޮށް، މާލީގޮތުން މިނިވަންކަން ދިނުމަށް ކަމަށެވެ. އެއީ ބައެއް ފަހަރު ސިޔާސީ ގޮތުން ވަޒީފާ ގެއްލުމުގެ ފުރުސަތުވެސް އޮންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު މިދައްކަނީ ވަޒީފާގެ ވާހަކައެއް ނޫން. އަޅުގަނޑު މިދައްކަނީ ވަޒީފާއިން ތިބޭފުޅުން މިނިވަންކުރާ ވާހަކަ. ސަރުކާރެއްގެ ފަސް އަހަރު ވަޒީފާ މި އޮންނަނީ. އޭގައި ވެސް އޭރެއްގެ އޮތް ސަރުކާރަކާއި، އަމިއްލަ ޕާޓީ ކަމުގައިވިޔަސް ޕާޓީއާ ހިތްހަމަ ނުޖެހޭ އިރެއްގައި ވަޒީފާ ގެއްލުމުގެ ފުރުސަތު އެބަ އޮވޭ. މިހާރު ވެއްޖެއްޔާ،" ފައްޔާޒް ވިދާޅުވި އެވެ. 

"އަޅުގަނޑުގެ ބޭނުމަކީ އަޅުގަނޑުމެންނަށް ފުރުސަތު ލިބިއްޖެ ކަމަށްވަންޏާ ތިބޭފުޅުން މިނިވަންކުރުން. މާލީ މިނިވަންކަން ތިބޭފުޅުންނާ ހިސާބަށް ގެނައުން."

މީގެއިތުރުން ފައްޔާޒް ވިދާޅުވީ ކޮންމެ ރަށެއްގައި ހުރި އިގްތިސާދީ ފުރުސަތުތައް ބަލާފައި، އެކަމަށް އަމިއްލައަށް މަސައްކަތްކުރަން ބޭނުންވާ މީހުންނަށް ބަޖެޓުން ބޮޑުބައެއް ހޭދަކޮށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށެވެ. 

ފައްޔާޒް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރަކީ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ ދަތުރެކެވެ. މި ދަތުރުގައި އައްޑޫގެ އެކި ރަށްތަކަށް ޒިޔާރަތްކޮށް ދޮރުން ދޮރަށް ހަރަކާތްވެސް ދަނީ ހިންގަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox