އެމްޑީޕީގެ 39،000 މެންބަރުން ވަކިކުރި ކަމަށް ބުނާ މައްސަލަ: ސާފު ޖަވާބެއް ނުދެއްވައި ނަޝީދުގެ ވާހަކަ ބަދަލުކޮށްފި

May 4, 2026, 10:25 AM
ޕްރައިމަރީ އަށް ނަޝީދު ނުކުންނަވާކަން އިއުލާނު ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު އާއި ފައްޔާޒު

ޕްރައިމަރީ އަށް ނަޝީދު ނުކުންނަވާކަން އިއުލާނު ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު އާއި ފައްޔާޒު

ދެހާސް ތޭވީހުގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގާތްވެފައި ވަނީ، އޭރު ޕާޓީގެ ރައީސްއަކަށް ހުންނެވި މުހައްމަދު ނަޝީދަށް ތާއިދު ކުރާނެ ކަމަށް ބެލެވުނު 39،000 މެންބަރުން ޕާޓީގެ ދަފުތަރުން އުނިކުރި ކަމަށް ކުރި ތުހުމަތުތަކަށް މިހާރު އެ މަނިކުފާނު ސީދާ ސާފު ޖަވާބެއް ނުދެއްވައި ވާހަކަ ބަދަލުކޮށްލައިފި އެވެ. 

ޖޫން 12، ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނުގައި ނަޝީދު ވާދަކުރައްވާއިރު ޕާޓީގެ މެންބާޝިޕުން ގިނަ އަދަދެއްގެ ބަޔަކު ވަކިކުރި ކަމަށް ކުރަމުންދިޔަ ތުހުމަތުތަކާ ގުޅޭ ގޮތުން މެންބަރަކު ކުރިން ޕާޓީގެ ޗެއާޕާސަންއަކަށް ހުންނެވި ފައްޔާޒު އިސްމާއީލްއާ ސުވާލެއް ކުރެއްވީ ހޮނިހިރު ދުވަހުގެ ރޭ ކުޑަހުވަދޫގައި ބޭއްވި ބައްދަލުވުމުގަ އެވެ.

މިފަދަ ކަމެއް ކުރެއްވިންތޯ އެމްޑީޕީގެ މެންބަރަކު ފައްޔާޒުއާ ސުވާލު ކުރުމުން، އެ ސުވާލަށް ޖަވާބު ދެއްވުމަށް ފައްޔާޒު މައިކް ނެންގެވުމުގެ ކުރިން ނަޝީދު ވަނީ މައިކް ނަންގަވައި އެ ސުވާލަށް ޖަވާބު ދެއްވާނީ އެމަނިކުފާނު ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު މިހެން ވިދާޅުވުމުން ފައްޔާޒު ވަނީ "އަޅުގަނޑު ޖަވާބު ދޭނެ ކަމެއް ނެތް" ކަމަށް ވިދާޅުވެ ހީލާފަ އެވެ. ނަޝީދު "އާދެ" ވިދާޅުވުމަށް ފަހު ޖަވާބު ދެއްވަން ފެއްޓެވި އެވެ. 

ތިރީސް ނުވަހާސް މެންބަރުން ވަކިކުރި ކަމަށް ކުރި ތުހުމަތަށް ސީދާ އާނއެކޭ ނުވަތަ ނޫނެކޭ ވިދާޅުވުމުގެ ބަދަލުގައި، ނަޝީދު ވިދާޅުވީ "އޭގެ ތެރޭގައި ދެތިން ކަމެއް ހިނގައިދިޔަ" ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އައި ބަދަލާ ގުޅިގެން މެންބަރުންގެ ފިންގާޕްރިންޓް ޖަހަންޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން އެންގުމުން، އެކަން ވަރަށް ބާރަށް އަދި ވަރަށް އަވަހަށް ނިމިގެންދިޔަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެ މަރުހަލާގެ ތެރޭގައި ޕާޓީގެ ދަފުތަރުން ވަރަށް ގިނަ މީހުން ގެއްލިގެން ދިޔަ ކަމަށެވެ. ނަމަވެސް، އެއީ ވަކި ބަޔަކަށް ތާއިދުކުރާތީ ގަސްތުގައި ކުރި ކަމެއްތޯ ނުވަތަ ނޫންތޯ ސާފުކޮށްދެއްވުމުގެ ބަދަލުގައި، މުޅި މައުޟޫއު އަނބުރާލެއްވީ އިދާރީ ގޮތުން ދިމާވި ކަންތައްތަކެއްގެ މައްޗަށެވެ.

މިހާރު ސޯލިހަށް އަދި ފައްޔާޒު އަށް ތުހުމަތު ކުރެއްވުމުގެ ބަދަލުގައި މިހާރު ނަޝީދު ދެއްވި ޖަވާބުން ދޭހަވަނީ، ޕާޓީގެ ދަފުތަރަށް އައި ބަދަލުތަކަކީ ހަމައެކަނި ގާނޫނީ އިޖުރާއަތްތަކެއްގެ ސަބަބުން ދިމާވި ކަމެއްގެ ގޮތުގައި ދެއްކެވުމަށް މަސައްކަތް ކުރެއްވި ކަމެވެ.

މި މައްސަލައަށް ނަޝީދު މިހާރު ފިނި ޖަވާބެއް ދެއްވި ނަމަވެސް މިއީ ރިޔާސީ ޕްރައިމަރީ އަށް ފަހު ޕާޓީތެރޭގައި އުފެއްދުނު އެންމެ ބޮޑު މައްސަލަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox