ބީއެމްއެލްގެ ކުއްލި ބަދަލު ދިވެހިންނަށް ބޮޑު ތަކުލީފަކަށްވާނެ: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ބީއެމްއެލް އިން ޑޮލަރު ދޫކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުން ބޭރުގައި ކިޔަވާ ކުދިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ތަކުލީފަކަށްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ބީއެމްއެލް އިން ޑޮލަރު ދޫކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުން ބޭރުގައި ކިޔަވާ ކުދިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ތަކުލީފަކަށްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު ދޫކުރުމުގެ ސިޔާސަތަށް ކުއްލި ގޮތަކަށް ގެނައި ބަދަލާއެކު، ދިވެހި އާއިލާތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ނުހަނު ބޮޑު ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ. 

ފައްޔާޒް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބީއެމްއެލް އިން ޑޮލަރުގެ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން އިގްތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން އާންމުންނަށް ލިބެން އޮތް މަދު ފުރުސަތުތައް އިތުރަށް ހަނިވެ، ގިނަ ބައެއްގެ ދިރިއުޅުމަށް ނުތަނަވަސްކަން ވެރިވެފައިވާ ކަމަށެވެ. 

"މި ނިންމުމުގެ ސަބަބުން [ޑޮލަރު ލިމިޓްކުރުމުން] އެއަށް ބަރޯސާވެފައި ތިބި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ބޮޑު ގެއްލުމަކަށްވާނެ،" އޭނާ ވިދާޅުވި އެވެ. 

Advertisement

ކުއްލި ކުއްލިއަށް ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން މާލީ މުއާމަލާތްތައް ރޭވުމުގައި އާންމުންނަށް އޮތް އިތުބާރު ގެއްލި، މުޅި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންކަން ފައްޔާޒް ފާހަގަކުރެއްވި އެވެ. 

ފައްޔާޒް ވިދާޅުވީ ބޭރު ފައިސާގެ ސިޔާސަތުތަކަށް ތަކުރާރުކޮށް ގެންނަމުންދާ ކުއްލި ބަދަލުތަކުން ހާމަވަނީ، ގައުމުގެ ހަގީގީ އިގްތިސާދީ ހާލަތު ވަޒަންކުރަން މާލީ އިދާރާތަކުގެ ވެރިންނަށް ނޭނގޭކަން ކަމަށެވެ. 

މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮންނަންޖެހޭ ބީއެމްއެލްގެ ހިންގުން ބަލިކަށިވެ، ސަރުކާރުގެ ނުފޫޒުގެ ދަށުވެފައި އޮތުމަކީ ހާލަތު އިތުރަށް ގޯސްވާން މެދުވެރިވާ މައިގަނޑު ސަބަބު ކަމަށާއި ފުންކޮށް ނުވިސްނާ ނިންމާ މިފަދަ ނިންމުންތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ޖީބަށް ބާރުބޮޑުވެ، ގައުމުގެ ޖުމްލަ އިގްތިސާދީ ދުވެލި މަޑުޖެހުމުގެ ބިރު ވަނީ ބޮޑުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. 

ފައްޔާޒް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި ބޭނުންވަނީ ކުއްލި ކުއްލިއަށް އަޅާ ރިއެކްޓިވް ފިޔަވަޅުތަކެއް ނޫން ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ އޭގެ ބަދަލުގައި ބޭނުންވަނީ ހާލަތާ ގުޅޭ، ދިރާސާކުރެވިފައިވާ ހަރުދަނާ ސިޔާސަތުތަކެކެއް ކަމަށެވެ. 

ދިވެހިން އެންމެ ގިނައިން ވިޔަފާރިކުރާ އީކޮމަސް ސައިޓުތަކުގެ ތެރޭގައި ޓީމޫ އާއީ ޝީން ފަދަ ސައިޓުތަކުން  ބީއެމްއެލްގެ ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ވިޔަފާރިކުރުން މަދުކުރުމުގެ ގޮތުން ކޮންމެ ދުވަހަކަށް ބަޖެޓެއް އެ ބޭންކުން ވަނީ ކަނޑައަޅާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox