ދައުލަތުގެ ބޯކިބާފޮތިން ބައެއް ބޭނުމެއް ނޫން، މިއުޅެނީ އެމްޑީޕީ އިސްލާހުކޮށް 2028 ކާމިޔާބު ކުރަން: މީކާއިލް

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި މީކާއިލް ޕޯޑިއަމް ކައިރީގައި

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި މީކާއިލް ޕޯޑިއަމް ކައިރީގައި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ  ދައުލަތުގެ ބޯކިބާފޮތިން ބައެއް ހޯއްދެވުމަށް ނޫން ކަމަށާއި އޭނާ މަސައްކަތް ކުރަނީ ޕާޓީގެ އާންމު މެންބަރުން އެތަކެއް އަހަރުތަކެއް ވަންދެން ބޭނުންވެފައި ތިބި އިސްލާހީ ބަދަލުތައް ޕާޓީއަށް ގެނެސް، 2028ގެ ރިޔާސީ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބުކޮށް ދިނުމަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ. 

ޖޫން 12 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިއްޔެ މީކާއިލް ވަނީ ފޯމް ހުށަހަޅުއްވާފަ އެވެ. މީކާއީލްއާ ވާދަކުރައްވަނީ ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ އިތުރުން އެމްޑީޕީގެ ވެސް ރައީސް ކަމާއި ޗެއާޕާސަންގެ މަގާމު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ މުހައްމަދު ނަޝީދު އެވެ. 

އެމްޑީޕީގެ ހަރުގޭގޭގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި މީކާއީލް ވަނީ އެމްޑީޕީގެ ހިންގުމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރެއްވިއެވެ. އެގޮތުން ޕާޓީއަށް 20 އަހަރު ވެގެން ދިޔައިރުވެސް، ޕާޓީގެ އޮފީސް ކުލި ދެއްކޭނެ ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރެވިފައި ނެތުމަކީ މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ކޮންމެ އިންތިހާބަކާ ދިމާކޮށް ޕާޓީގެ މުދަލާއި އިންވެންޓްރީއަށް ވާނުވާ ނޭނގޭ މައްސަލައަށް ހައްލެއް ހޯދައިދީ، ހަރުދަނާ އިންވެންޓްރީއެއް އުފެއްދުމަކީ އޭނާގެ އެއް އަމާޒު ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޕާޓީގެ ޑޭޓާބޭސްއަކީ ވަކި ބައެއްގެ މިލްކެއް ނޫން ކަމަށާއި، އެއީ ޗެއާޕާސަން އިސްތިއުފާ ދެއްވުމުން ގެއްލެންޖެހޭނެ އެއްޗެއް ނޫން ކަމަށްވެސް މީކާއިލް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު މިއުޅެނީއަކީއެއް ދިވެހި ދައުލަތުގެ ބޯކިބާފޮތި ބަހާލާއިރު އަޅުގަނޑަށް އޮތީ ކޯއްޗެއްތޯ ބަލާކަށް ނޫން. އަޅުގަނޑު މިއުޅެނީ މި ޕާޓީގެ އާންމު މެންބަރުންގެ ހިތާއި ވިންދު ޕާޓީގެ އެ އޮފީހުގެ ފިނި ކޮޓަރިއަށް ވައްދަން," މީކާއިލް ވިދާޅުވި އެވެ. 

"އަޅުގަނޑު ތިބޭފުޅުން ފަހުރުވެރިވާފަދަ ތިބޭފުޅުން އިތުބާރު ކުރާފަދަ ދެފުށްފެންނަ އެމްޑީޕީއެއް އުފައްދައިދޭނަން."

ނަޝީދު އާއި ފައްޔާޒު އިސްމާއީލްގެ ނަން ވިދާޅުނުވެ، ނަމަވެސް އެ ބޭފުޅުންނަށް އިޝާރާތް ކުރައްވައި މީކާއިލް ވިދާޅުވީ، ވަކި ބޭފުޅެއްގެ އަތުގައި ހިއްޕަވައިގެން އެއީ ނޫން ރިޔާސީ ކެންޑިޑޭޓެއް ނެތް ކަމަށް ވިދާޅުވާ ބޭފުޅަކަށް އިންސާފުވެރި ޕްރައިމަރީއެއް ނުބޭއްވޭނެ ކަމަށެވެ.

މީކާއިލް މިހެން ވިދާޅުވީ ނަޝީދު ޗެއާޕާސަން ކަމަށް ވާދަ ކުރައްވާކަން އިއުލާނު ކުރެއްވިއިރު، 2028 ގެ ރިޔާސީ އިންތިހާބު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އަށް ކާމިޔާބުކޮށް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވާތީ އެވެ.

ޗެއާޕާސަންގެ އެންމެ އަސާސީ މަސްއޫލިއްޔަތަކީ ހުރިހާ ކެންޑިޑޭޓުންގެ މެދުގައި ހަމަހަމަކަމާއި ނަޒާހަތްތެރިކަމާއެކު އިންތިހާބުތައް ބޭއްވުން ކަމަށްވާއިރު، އެކަން ކުރެވޭނީ ވަކި ފަރާތަކަށް ނުޖެހޭ މީހަކަށް ކަމަށް މީކާއިލް ވިދާޅުވިއެވެ. 

"މި ޕާޓީގެ އާންމު މެންބަރުންގެ މުސްތަގުބަލަށް މި އިތުބާރު ކެމްޕޭނު ކާމިޔާބު ކުރުން ނޫން ގޮތެއް ނެތް،" ނަޝީދު ފައްޔާޒު އަށް ތާއިދުކުރައްވާތީ، ރިޔާސީ އިންތިހާބުގެ ޕްރައިމަރީ އިންސާފުވެރި ނުވާނެކަން ފާހަގަ  ކުރެއްވުމުގެ ގޮތުން މީކާއިލް ވިދާޅުވި އެވެ. 

"ވެދާނެ މި ސުވާލުތައް މިއީ ވަރަށް ކުޑަކުއްޖެއްގެ ސިފައިގައި އަންނަ ސުވާލުތަކެއް ކަމަށް ވެސް. ވެދާނެއޭ އަޅުގަނޑު މި ޕާޓީގައި ކެނޑިނޭޅި ދެމިހުރުމަކީ އަދި އަޅުގަނޑު ކުޑަކުއްޖަކަށް ވުންކަމަށް ވުން ކަމަށް ވެސް،" 

ނަޝީދުގެ ފެކްޝަނުން މީކާއީލްއަކީ ކުޑަކުއްޖެއް ކަމަށް ވިދާޅުވާ ވާހަކައަށް އިޝާރާތް ކުރައްވައި މީކާއިލް އިތުރަށް ވިދާޅުވީ އޭނާގެ މި ވާހަކަތަކަކީ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ ކުޑަކުއްޖެއްގެ ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރި ނަމަވެސް، އޭނާ ހުރީ ޒުވާން ޖޯޝުގައި ޕާޓީ އިސްލާހުކުރުމުގެ އަޒުމުގައި ކަމަށެވެ.

ކެމްޕޭންގެ ފޯރީގައި ވާދަވެރިންނަށް ފުރައްސާރަކޮށް މަލާމާތް ނުކުރުމަށް އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަތެވެ. އޭގެ ސަބަބެއްގެ ގޮތުގައި މީކާއިލް ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ޕާޓީގެ އެންމެން އެކަތިގަނޑަކަށް ވެގެން ކަމަށްވާތީ، ވަކި ބަޔަކު ބާކީކޮށްގެން ޕާޓީއަށް ކުރިއެރުމެއް ނެތް ކަމަށެވެ.

މީކާއިލް ވިދާޅުވީ އޭނާގެ ޗެއާ ޕާސަންޝިޕްގައި އެމްޑީޕީއަކީ އާންމު މެންބަރުން ފަހުރުވެރިވާ ފަދަ، އިތުބާރު ހުރި ޕާޓީއަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. 

"ފަހަރުގައި ވެދާނެ މިއީ ތަންކޮޅެއް ޒުވާން ޖޯޝުގައި އަޅުގަނޑަށް އަންނަ ހިޔާލުތަކެއް ކަމަށް ވެސް. އެކަމަކު އެމްޑީޕީގެ އާންމު މެންބަރުންނަށް ޔަގީންކަން އަރުވަން ބޭނުންވަނީ ތިބޭފުޅުން ފަހުރުވެރިވާފަދަ ތިބޭފުޅުން އިންތިޒާރުކުރާ ފަދަ ތިބޭފުޅުން އިތުބާރު ކުރާފަދަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއެއް އަޅުގަނޑުގެ ޗެއާޕާސަންޝިޕްގައި އިރާދަކުރެއްވިއްޔާ އިންތިޒާމުކޮށްދޭނަން، ރާވައިދޭނަން އަދި މި ޕާޓީއަށް 2028 ކާމިޔާބުކޮށްދާނަން،" މީކާއިލް ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox