ރަސްމާލޭ ޕްރޮޖެކްޓާމެދު ދެކޭ ގޮތް ބަލަން ވޯޓެއް ނުނަގައިފި ނަމަ މަގުތައް ފުރާލައި އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ނުދާނަމަ ރަށްރަށުން މީހުން މާލެ އައިސް މަގުތައް ފުރާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ނުދާނަމަ ރަށްރަށުން މީހުން މާލެ އައިސް މަގުތައް ފުރާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަމަށް ބުނެ ފުށިދިއްގަރުފަޅުން  އެއްބައި ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް (ރެފެރެންޑަމަކަށް) ސަރުކާރުން ނުގޮސްފިނަމަ، މަގުތައް ފުރާލައި އިހުތިޖާޖު ކުރަން ޖެހޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ. 

ރަސްމާލެ ޑީލާ ގުޅޭ ގޮތުން އެމްޑީޕީން ބޭއްވި ގައުމީ މަޖިލިސް ޖަލްސާގައި ފައްޔާޒް ވިދާޅުވީ މި މަހުގެ 15، އާ ހިސާބަށްދާއިރު ރަސްމާލެ ޑީލާ ގުޅޭގޮތުން ރިފަރެންޑަމަކަށް ނުގޮސްފިނަމަ ރަށްރަށުން މީހުން މާލެ ޖަމާވެ، މި މަހުގެ 17، ގެ ނިޔަލަށް ކޮންމެ ރެޔަކު މަގުތައް ފުރާލައި އިހުތިޖާޖުކުރަން ޖެހޭނެ ކަމަށެވެ. 

"އަޅުގަނޑު ދަންނަވާލާނީ މީގައި ގަރާރަށް އަޅުގަނޑު ތާއީދުކުރަން. އަދި ރިފަރެންޑަމް ނުބާއްވާ ކަމަށްވާކަމަށްވަންޏާމުން މި މަހުގެ 15 އާ ހިސާބަށްދާއިރު ރިފަރެންޑަމް ނުބާއްވާ ކަމަށްވަންޏާމުން އަޅުގަނޑު ހަމަ މިކަމައިގެން އެމްޑީޕީން އުޅޭ ބޭފުޅުންނަށް ދަންނަވާލަން 17 ނޮވެމްބަރާ ހިސާބަށް ކޮންމެ ރެޔަކު އެމީހަކު ހުރިތާކުން މަގުތައް ފުރާލަން. ފައިބާ އަޅުގަނޑުމެން މިކަމާ އިހުތިޖާޖު ކުރަންޖެހޭނެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް އަރައި މިކަމުގައި ރިފަރެންޑަމަކަށް އަޅުގަނޑުމެން ގޮވަންޖެހޭނީ،" ފައްޔާޒް ވިދާޅުވި އެވެ. 

ފައްޔާޒް ވިދާޅުވީ ރަސްމާލެ ޑީލުގެ ސަބަބުން ކުރިއަށް އެތްތަނުގައި ރާއްޖޭގެ އިސްތިގުލާލަށް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށާއި އިޖުތިމާއީ ފޭރާމަށް ވެސް އޭގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން ރައީސް މުހައްމަދު މުއިއްޒުގެ ކިބައިން އެދެނީ މިކަމާ ގުޅިގެން ރައްޔިތުން ދެކޭ ގޮތް އެހުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ދިވެހިރާއްޖޭގެ އަޅުގަނޑުމެންގެ އިސްތިގުލާލަށް އޭގެ މައްސަލަތަކެއް ކުރިއަށް އޮތްތާގައި ދިމާވެދާނެ ކަމާއި އަދި އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާމަށް މީގެއިން އެތައް މައްސަލަތަކެއް ދިމާވެދާނެ ކަމާއި މި ކަންބޮޑުވުންތައް އަޅުގަނޑުމެންގެ ހުރީ. އެހެންވީމ އަޅުގަނޑުމެން ރައީސް މުއިއްޒު ކައިރިން މި އެދެނީ ރައްޔިތުން ކައިރީ އަހާލާށޭ،" އޭނާ ވިދާޅުވި އެވެ. 

އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭން ހިއްކި ތަނެއް ދެތިން ހަފްތާ ތެރޭގައި ބަޔަކަށް ދޭން ނިންމުމަކީ ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެތަން ހިލޭ ނުވަތަ ހިއްސާއެއް ނުލިބޭ ގޮތަށް ދޫކޮށްލަން އުޅޭ ކަމަށް އަޑުތައް ފެތުރުމަކީ މައްސަލައެއް ކަމަށެވެ.

ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި ރަސްމާލޭގެ ބިމުން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު އެ ޕާޓީގެ ތެރޭގައި ދެބަސްވުންތަކެއް އެބައޮތެވެ. އެކާމާ ގުޅޭގޮތުން އެ ޕާޓީގެ ސްޓޭންޑު ކަނޑައެޅުމަށް މިރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.  

ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox