ކުރީގެ ރައީސް ނަޝީދާއި ފައްޔާޒް އިންޑިއާއަށް ވަޑައިގެންފި

Oct 7, 2026, 6:43 AM
ބޮޑު ބަދަލު ކެމްޕޭން ޖަލްސާ

ބޮޑު ބަދަލު ކެމްޕޭން ޖަލްސާ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒް އިސްމާއިލް އިއްޔެ އިންޑިއާއަށް ވަޑައިގެންފި އެވެ. 

މި ނޫހަށް އެނގިފައިވާ ގޮތުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިންޑިއާއަށް ފުރާވަޑައިގަތީ އިއްޔެ މާލެއިންނެވެ. ނަޝީދު އިންޑިއާއަށް ފުރާވަޑައިގަތީ ބަންގްލަދޭޝްގެ ވެރި ރަށް ދާކާއިންނެވެ. 

ނަޝީދު ދާކާއަށް ވަޑައިގަތީ "ބޭ އޮފް ބެންގާލް ކޮންވަޒޭޝަން 2026" ގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ބައްދަލުވުން މިހާރު ވަނީ ނިމިފަ އެވެ. 

ނަޝީދާއި ފައްޔާޒް އިންޑިއާއަށް ވަޑައިގެންނެވި ސަބަބެއް އެމްޑީޕީ އިން ހާމައެއް ނުކުރެ އެވެ. ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި އެ ދަތުރުގައި އިންޑިއާ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

އެ ދެ ބޭފުޅުން އިންޑިއާއަށް މި ވަޑައިގަތީ އެމްޑީޕީގެ ފަސް ކޮންގްރެސް މިދިޔަ ހޮނިހިރު ދުވަހު ނިންމުމަށްފަހު އެވެ. ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް "ބޮޑު ބަދަލު" އަދި ލާމަރުކަޒީ ސިޔާސަތު ވަނީ ފާސްކޮށްފަ އެވެ. 

ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ޕާޓީގެ ރައީސްގެ މަގާމު އުވާލައި، ޕާޓީގެ އެންމެ އިސް ފަރާތަކީ ޗެއާޕާސަން ކަމަށް ހެދުމެވެ. އޭގެ މަގުސަދަކީ ރައީސް އާއި ޗެއާޕާސަންގެ ދެމެދުގައި ހިންގާ ޕަވާ ކޮންފްލިކްޓް ނައްތާލުމެވެ. 

ނަޝީދާއި ފައްޔާޒްއަކީ އެމްޑީޕީގައި ކޯލިޝަން ހައްދަވައިގެން އުޅުއްވާ ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައި ވަނީ ފައްޔާޒް ރައީސްކަމުގެ މަގާމަށް 2028 ގައި ވާދަ ކުރައްވާ ގޮތަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox