ހުލާސާކޮށް އިއްޔެ: 2028 ގެ ކުރިން މުއިއްޒުގެ ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވުން

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ރައީސް މުއިއްޒުގެ ވެރިކަން 2028 ގެ ކުރިން ބަދަލުނުކޮށްފިނަމަ ގެއްލުންތަކެއް ވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ރައީސް މުއިއްޒުގެ ވެރިކަން 2028 ގެ ކުރިން ބަދަލުނުކޮށްފިނަމަ ގެއްލުންތަކެއް ވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރު ހަމަވުމުގެ ކުރިން މި ވެރިކަން ބަދަލުކުރުމަކީ ގައުމުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ. 

އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށްފަހު، ޗެއާޕާސަންގެ މަގާމަށް ނުކުމެވަޑައިގެން ތާއީދު ހޯއްދެވުމަށްޓަކައި އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، "ޕީއެންސީގެ ވެރިކަން އަޅުގަނޑުމެން ކޮންމެހެންވެސް ބަދަލުކުރަންޖެހޭ" ކަމަށެވެ.

މި ހަބަރުތަކާއެކު ފާހަގަކޮށްލެވޭ ެހެން ހަބަރުތައް ތިރީގައި އެ ވަނީ އެވެ. 

Advertisement

2028 ގެ ކުރިން މުއިއްޒުގެ ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ގައުމުގެ ސަލާމަތަށްޓަކައި 2028 ވަނަ އަހަރުގެ ކުރިން ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ޕާޓީ ވަރުގަދަކޮށް އެމްޑީޕީގެ ސަރުކާރެއް އަލުން ގާއިމުކުރުން ކަމަށެވެ.

ގައުމަށް ހެޔޮ އެދޭ ނަމަ ޕީއެންސީގެ މަޖިލިސް މެންބަރުން ގޮނޑި ދޫކޮށްލަން ނަޝީދު ގޮވާލައްވައިފި

ގައުމަށް ހެޔޮއެދޭ ނަމަ ޕީއެންސީގެ މަޖިލިސް މެންބަރުން ގޮނޑި ދޫކޮށްލުމަށް ގޮވާލައްވައި، ރައީސް މުއިއްޒުގެ ސަރުކާރު 2028 ގެ ކުރިން ބަދަލުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ނަތީޖާއަށް އިޝާރާތްކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކަށާއި ރައީސްގެ ވާހަކަފުޅުތަކަށް ފާޑުވިދާޅުވަމުންނެވެ.

މުއިއްޒުގެ ވެރިކަން ބަދަލުކުރަން އައްބާސްގެ ފުރިހަމަ ތާއިދު

ރައީސް މުއިއްޒުގެ ދައުރު ހަމަވުމުގެ ކުރިން ވެރިކަން ބަދަލުކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް މެންބަރު މުހައްމަދު އައްބާސް ފުރިހަމައަށް ތާއިދުކުރައްވައިފިއެވެ. އައްބާސް ވިދާޅުވީ ގައުމުގެ އިގުތިސާދީ ހާލަތު ދަށަށް ގޮސްފައިވަނީ ރައީސަށް ސަރުކާރު ހިންގަން ނޭނގުމުގެ ސަބަބުން ކަމަށާއި، މިހާރުގެ ހާލަތުން އަރައިގަންނަން އޮތް ހަމައެކަނި ހައްލަކީ ވެރިކަން ބަދަލުވުން ކަމަށެވެ.

ކަރަންޓު ބިލު ބޮޑުވީ ބިލަށް އުނިއިތުރު ގެނެސްގެންނެއް ނޫން: ފެނަކަ

ފެނަކައިން ބުނީ، އެ ކުންފުނިން މިދިޔަ މަހުގެ ބިލުތަކަށް ވެސް ރީޑިން ނެގުމުގައްޔާއި ބިލުތައް ތައްޔާރުކުރުމުގައި އާންމު އުސޫލާ ހިލާފަށް ކަމެއް ނުކުރާ ކަމަށް. އަދި މި އުސޫލަކީ ގާނޫނުތަކާއި ގަވާއިދުތަކުން ކަނޑައެޅި އާންމުކޮށް ފެންނަން އޮންނަ އުސޫލެއް ކަމަށް އެ ކުންފުނިން ބުނި.

އެމްޑީޕީއަށް 2028 ކާމިޔާބުކުރެވޭނީ ޗެއާޕާސަނަކަށް މީކާއީލް ހޮވައިގެން: ޝަމްހީދު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް މީކާއީލް އަހްމަދު ނަސީމް ހޮވައިގެން ނޫނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ. ޝަމްހީދު ވިދާޅުވީ ގައުމުގެ މިހާރުގެ ހާލަތުން ރައްޔިތުން ސަލާމަތްކޮށް، ޕާޓީ އެކުއެކީގައި ކުރިއަށް ގެންދެވޭނެ ފަދަ ލީޑަޝިޕެއް ދެއްކެވޭނީ މީކާއީލަށް ކަމަށް.

އެމްޑީޕީއަށް ލިބޭ ފައިސާއަށް ވާ ގޮތް އާންމު މެންބަރުންނަށް އަންގާނަން: މީކާއިލް

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް ނަސީމް ވިދާޅުވީ، އޭނާ އިންތިހާބުވެއްޖެނަމަ ޕާޓީގެ މާލީ ކަންކަން ދެފުށް ފެންނަ ގޮތަށް ހިންގައި، ލިބޭ ފައިސާއަށް ވާގޮތް އާންމު މެންބަރުންނަށް ހާމަކުރައްވާނެ ކަމަށެވެ. މީކާއިލް މިހެން ވިދާޅުވީ ޕާޓީގެ ހިންގުމާއި ފައިސާއަށް ވާގޮތް ނޭނގޭތީ އާންމު މެންބަރުންގެ މެދުގައި އޮތް ބޮޑެތި ޝަކުވާތަކާ ގުޅިގެންނެވެ.

ޗެއާޕާސަންގެ އިންތިހާބުގެ އިއުލާނު ބާތިލުކުރަން އެންގިތާ ތިން ދުވަސްވީއިރު ގޮތެއް ނުނިންމާ

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށް ކުރި އިއުލާނު، އަސާސީ ގަވާއިދާ ހިލާފު ކަމަށް ބުނެ ބާތިލުކުރަން އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން އެންގިތާ ތިން ދުވަސް ވީއިރުވެސް ވަގުތީ ޗެއާޕާސަން އެކަމަށް ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ.

ހައްގުތައް ހިމާޔަތްކުރަން އެންމެ މުހިންމީ ދިވެހިންގެ އިގުތިސޯދީ މިނިވަންކަން: ފައްޔާޒު

ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި އެންމެ މުހިންމީ އިގްތިސާދީ މިނިވަންކަން ކަމަށާއި، ރައްޔިތުންގެ ނިކަމެތިކަމުގެ ބޭނުން ހިފައިގެން ހުދުމުހުތާރު ވެރިން ވެރިކަމަށް އައުމަކީ ނުރައްކަލެއް ކަމަށް ފައްޔާޒް އިސްމާއިލް ވިދާޅުވި.

އާދަމް ޝަރީފާއި ތޯރިގާއި ދިޔާނާ ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކަށް

ކެބިނެޓުން ވަކިކުރި ތޯރިގު އިބްރާހިމާއި އާދަމް ޝަރީފްގެ އިތުރުން ކުރީގެ އޭޖީ ދިޔާނާ ސައީދު، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފައި މިވަނީ ތޯރިގާއި އާދަމް ޝަރީފް މިނިސްޓަރުކަމުން ވަކިކުރިތާ ދެ ހަފުތާވެސް ނުވަނީސް.

ހީނާއަށް މަރުހަބާ ދަންނަވައި، ތަރިކަ ވުޒާރާގެ ހިންގުމާ ގުޅޭ 14 ސުވާލަކާއެކު ތޯރިގުގެ ފާޑުކިޔުން

ތަރިކަ ވުޒާރާގެ އާ ވަޒީރު ހީނާ ވަލީދަށް މަރުހަބާ ދަންނަވައި، އެ ވުޒާރާގެ ކުރީގެ ހިންގުމާ ގުޅޭ 14 ސުވާލަކާއެކު ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވަރުގަދަ ފާޑުކިޔުމެއް އަމާޒުކުރައްވައިފިއެވެ. ތޯރިގު ވަނީ ގައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫއުތަކާއި، އާސާރީ ތަންތަނަށް ލިބިފައިވާ ގެއްލުންތަކާ ގުޅޭގޮތުން ސާފު ތަފްސީލު ހާމަކުރުމަށް ގޮވާލައްވާފައެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ބޯޑަށް ހަތަރު މެންބަރުން އައްޔަނުކޮށްފި

މިއަދު އައްޔަނުކުރި ހަތަރު މެންބަރުންނާއެކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ 11 މެންބަރުންގެ ބޯޑު ހަމަވީ. މި ކުންފުނީގެ މައިގަނޑު މަސައްކަތަކީ ޓޫރިޒަމް އިޝްތިހާރުކުރުން.

ކަރަންޓު ބިލު ބޮޑުވީ ބިލަށް އުނިއިތުރު ގެނެސްގެންނެއް ނޫން: ފެނަކަ

ފެނަކައިން ބުނީ، އެ ކުންފުނިން މިދިޔަ މަހުގެ ބިލުތަކަށް ވެސް ރީޑިން ނެގުމުގައްޔާއި ބިލުތައް ތައްޔާރުކުރުމުގައި އާންމު އުސޫލާ ހިލާފަށް ކަމެއް ނުކުރާ ކަމަށް. އަދި މި އުސޫލަކީ ގާނޫނުތަކާއި ގަވާއިދުތަކުން ކަނޑައެޅި އާންމުކޮށް ފެންނަން އޮންނަ އުސޫލެއް ކަމަށް އެ ކުންފުނިން ބުނި.

ނޮޅިވަރަމުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، ރައްޔިތުންނަށް ބޮޑު ތަކުލީފެއް

ހދ. ނޮޅިވަރަމްގައި ކަރަންޓު ލޯޑު ނުހިފަހައްޓާތީ ދުވާލަކު އެތައް ފަހަރަކު ކަރަންޓު ކެނޑި، އާންމުންގެ މުދަލަށް ގެއްލުންވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހިއްޖެ. މި މައްސަލަ ހައްލުކުރުމަށް ކައުންސިލުން ފެނަކައާ މަޝްވަރާކުރި ނަމަވެސް، އަދިވެސް މައްސަލައަށް ހައްލެއް ނުލިބޭ.

ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ މައްސަލައިގައި ސުޕްރީމް ކޯޓުން ބުދަ ދުވަހު ހުކުމް ކުރަނީ

ސިޔާސީ ޕާޓީތަކުން މެންބަރުން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅޭ ދުސްތޫރީ މައްސަލައިގެ ހުކުމް ކުރުން އަންނަ ބުދަ ދުވަހަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ. މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ ޕާޓީން ވަކިކުރި ނަމަވެސް ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކުރާ ގާނޫނު އަދި ވުޖޫދުގައި ނެތް ކަމަށެވެ.

އެމްއައިބީގެ ފައިސާ މޯބައިލް އެކްސްއާއެކު މޯބައިލް ބޭންކިންއަށް އިތުރު ފަސޭހަކަމެއް

އެމްއައިބީގެ އައު "ފައިސާ މޯބައިލް އެކްސް" އެޕްލިކޭޝަން މެދުވެރިކޮށް، އާންމު ފަރުދުންނާއި ކުންފުނިތަކަށް ބޭންކަށް ނުގޮސް ފަސޭހަކަމާއެކު މުއާމަލާތްތައް ހިންގޭނެ މަގު ވަނީ ތަނަވަސްކޮށްދީފައި. މި އެޕްގައި ހިމެނޭ ބަލްކް ޓްރާންސްފާ ފީޗާގެ އެހީގައި ބަންދު ދުވަސްތަކުގައިވެސް މުސާރަ ޖަމާކުރުމާއި، ޓީޓީ ކުރުން ހިމެނޭ.

ސީ ގިއާ އީދު ސޭލް 2026: 70 ޕަސަންޓާ ހަމައަށް ޑިސްކައުންޓް

ސީ ގިއާގެ އީދު ސޭލްގައި މޫދު ކުޅިވަރާއި ކަނޑުދަތުރުފަތުރަށް ބޭނުންވާ އެކި ސާމާނުތަކުން 70 ޕަސަންޓާ ހަމައަށް މިހާރު ވަނީ ޑިސްކައުންޓް ދޭން ފަށާފައި. މި ޕްރޮމޯޝަނަކީ ކުރިއަށް އޮތް ބަންދާ ދިމާކޮށް ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އުފެއްދުންތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުސަތެއް.

ވައިޓް ހައުސް އިވެންޓުގައި ބަޑި ޖެހި މީހާއަކީ ކާކު؟

ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާގައި ބަޑިޖެހި މީހަކީ ކެލިފޯނިއާއަށް ނިސްބަތްވާ، އުމުރުން 31 އަހަރުގެ ކޯލް ތޯމަސް އެލަން ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާއަކީ ކެލްޓެކް އިން ގްރެޖުއޭޓްވެފައިވާ މެކޭނިކަލް އިންޖިނިއަރެއްގެ އިތުރުން، ގޭމް ޑިވެލޮޕަރެއް އަދި "މަހުގެ އެންމެ މޮޅު ޓީޗަރު" ގެ މަގާމު ހޯދާފައިވާ މީހެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox