މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

Nov 21, 2026, 8:00 AM
ބަންގްލަދޭޝްގައި މިހާރު އޮތް ބީއެންޕީގެ ސަރުކާރުގެ ބޮޑުވަޒީރު ތާރިގް ރަހުމާން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވެސް މިދިޔަ ފެބްރުއަރީ މަހު ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގެން، ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: ރައީސް އޮފީސް

ބަންގްލަދޭޝްގައި މިހާރު އޮތް ބީއެންޕީގެ ސަރުކާރުގެ ބޮޑުވަޒީރު ތާރިގް ރަހުމާން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވެސް މިދިޔަ ފެބްރުއަރީ މަހު ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގެން، ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު ފުރަމާނަ ދަތުރެއްގައި އަންނަ ޑިސެމްބަރު މަހު ބަންގްލަދޭޝްއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ބަންގްލަދޭޝްގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މުއިއްޒު އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުގައި، ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރެވޭނެ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

މި ދަތުރުފުޅާ ގުޅޭ ގޮތުން ބައެއް ލޯކަލް މީޑިއާތަކަށް ވެސް ރައީސް އޮފީހުން މައުލޫމާތު އަންގާފައިވާ ކަމަށް ބައެއް ނޫސްވެރިން ވަނީ "އަދަދު" ނޫހަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ރައީސް އޮފީހުން އަދި މިކަން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

Advertisement

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުގައި ބުނެފައި ވަނީ، ބޮޑުވަޒީރު ތާރިގް ރަހުމާންގެ ދައުވަތަކަށް މުއިއްޒު އެ ގައުމަށް ވަޑައިގަންނަވަނީ ދެ ގައުމުގެ ލީޑަރުންގެ މެދުގައި އޮތް ގާތް ސިޔާސީ ގުޅުމުގެ ތެރެއިން ކަމަށެވެ.

ރާއްޖޭގައި އެއްލައްކައަށް ވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން އުޅޭއިރު، މި ދަތުރުގައި އެ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމާއި، ވަޒީފާގެ ފުރުސަތުތައް ފުޅާކުރުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް އެކި ދާއިރާތަކުގެ އެއްބާރުލުން އިތުރުކުރުމަށް އިސްކަންދޭނެ ކަމަށް ބަންގްލަދޭޝް ސަރުކާރުން ބުނެ އެވެ.

ބަންގްލަދޭޝްގައި މިހާރު އޮތް ބީއެންޕީގެ ސަރުކާރުގެ ބޮޑުވަޒީރު ތާރިގް ރަހުމާން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވެސް މިއަހަރުގެ ފެބްރުއަރީ މަހު މުއިއްޒު އެ ގައުމަށް ވަޑައިގެންނެވި އެވެ.

އަންނަ މަހު މުއިއްޒު ބަންގްލަދޭޝްއަށް ވަޑައިގަންނަވާއިރު، އޭގެ ކުރިން ޑިސެމްބަރު 7 ވަނަ ދުވަހު މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox