އެމްއައިބީގެ ފައިސާ މޯބައިލް އެކްސްއާއެކު މޯބައިލް ބޭންކިންއަށް އިތުރު ފަސޭހަކަމެއް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)؛ އެ ބޭންކުގެ ފައިސާ މޯބައިލް އެކްސްއާއެކު އިތުރު ފަސޭހަކަމެއް ވަނީ ލިބިފައި -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)؛ އެ ބޭންކުގެ ފައިސާ މޯބައިލް އެކްސްއާއެކު އިތުރު ފަސޭހަކަމެއް ވަނީ ލިބިފައި -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެންމެ ފަހުގެ މޯބައިލް އެޕް، ފައިސާ މޯބައިލް އެކްސް އިން ވަކި ވަކި ފަރުދުންގެ އިތުރުން ކުންފުނިތަކާއި ވިޔަފާރިތަކަށް މޯބައިލް ބޭންކިންގައި އެތަކެއް ލުއި ފަސޭހަތަކެއް ލިބޭނެ މަގު ތަނަވަސްކޮށްދީފި އެވެ. 

އެމްއައިބީ އިން ބުނީ ފައިސާ މޯބައިލް އެކްސްގެ ބަލްކް ޓްރާންސްފާ ފީޗާ މެދުވެރިކޮށް ކޯޕަރޭޓްތަކަށް ބޮޑެތި ޓްރާންސެކްޝަން ފަސޭހަކަމާއެކު ހެދޭނެ ކަމަށެވެ. އޭގެ ސަބަބުން ގިނަ ޕޭމަންޓްތައް އެއްފަހަރާ ދައްކަންޖެހޭ ކުންފިތަކަށް ލިބޭނެ ބޮޑު ލުޔެއްކަން އެ ބޭންކުން ފާހަގަކުރެ އެވެ. 

"ބަލްކް ޓްރާންސްފާ ފީޗާ މެދުވެރިކޮށް ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ޖަމާކުރެވޭނެ. މި ގޮތަށް މުސާރަ ޖަމާކުރާއިރު ބޭންކަށް އިތުރު ލިޔެކިޔުމެއް ފޮނުވާކަށް ނުޖެހޭނެ. އެހެންކަމުން ބޭންކު ބަންދު ދުވަސް ދުވަހުވެސް ފަސޭހަކަމާއެކު މުސާރަ ޖަމާކޮށްލެވޭނެ،" ރާއްޖޭގައި އޮޕަރޭޓުކުރަން ފެށި ފުރަތަމަ އިސްލާމިކް ބޭންކުން ބުންޏެވެ. 

މި އެޕްލިކޭޝަން މެދުވެރިކޮށް ވިޔަފާރިތަކުން އެޕްރޫވް ކުރަން ޖެހޭ ޓްރާންސެކްޝަންތަށްވެސް ވެބް އެޕްލިކޭޝަނަށް ނުވަދެ އެޕްރޫވްކުރުމާއި، ރާއްޖޭން ބޭރަށް ޓީޓީ ކުރުންފަދަ ކަންކަން ކުރެވެ އެވެ. އަދި އެޕްލިކޭޝަންގައި ކޯޕަރޭޓް އެކައުންޓްތަކަށް ހާއްސަކޮށްގެން މަލްޓި ލެވެލް ޓްރާންސެކްޝަން އޮތޮރައިޒޭޝަން ވެސް ހެދޭގޮތްވެސް ވަނީ ހިމަނާފަ އެވެ. 

އެއް ފަހަރު ސެޓަޕް ކޮށްލައިގެން ރިކަރެންޓް ޓްރާންސްފާ ވެސް ހެދޭ ގޮތައް މި އެޕްގައި ފީޗާއެއް ހިމަނާފައިވާއިރު، ކޮންމެ ތާކު ހުއްޓަސް އެއްވެސް ދަތިކަމާކާ ނުލާ ވިޔަފާރީގެ މުއާމާލާތްތައް ހިންގާލެވޭނެކަމުގެ ޔަގީންކަން މި އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބެ އެވެ. 

މި އެޕަކީ އެމްއައިބީގެ ކުރީގެ ފައިސާ މޮބައިލް އެޕްގެ އަޕްގްރޭޑަޑް ވާޝަނެވެ. މި އެޕު މެދުވެރިކޮށް ކަސްޓަމަރުންގެ ހުރިހާ އެކައުންޓުތަކެއް ފަސޭހަކަމާއެކު އެއް ޕްލެޓްފޯމަކުން މެނޭޖްކޮށްލެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. 

އެމްއައިބީގެ ބްރާންޗަކަށް ޒިޔާރަތް ނުކޮށް އެކައުންޓު ހުޅުވައި، މޯބައިލް ބޭންކިންއާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކޮންމެ ތާކު ހުރިކަމުގައިވިޔަސް ފައިސާގެ މުއާމަލާތްކުރެވެ އެވެ. އެ ބޭންކުން ދަނީ މުޅިން އައު ހިދުމަތްތައް ތައާރަފްކޮށް، ހިދުމަތްތައް އިތުރަށް ފުޅާކުރަމުންކަންވެސް ފާހަގަކޮށްލެވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox