ނޮޅިވަރަމުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، ރައްޔިތުންނަށް ބޮޑު ތަކުލީފެއް

ހދ. ނޮޅިވަރަމް: އެ ރަށުން ކަރަންޓު ކެނޑޭ މައްސަލައިގައި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން -- ފޮޓޯ: އާދަމް އަޒްމީލް

ހދ. ނޮޅިވަރަމް: އެ ރަށުން ކަރަންޓު ކެނޑޭ މައްސަލައިގައި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން -- ފޮޓޯ: އާދަމް އަޒްމީލް

ހދ. ނޮޅިވަރަމުން ދުވާލެއްގެ މައްޗަށް އެތައް ފަހަރެއްގެ މަތިން ކަރަންޓުގެ ހިދުމަތް ކެނޑޭ މައްސަލަ ބޮޑުވެ، އާންމުންނަށް ބޮޑު ތަކުލީފަކަށްވެއްޖެ އެވެ. 

ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ އަދަދު އަށް ވިދާޅުވީ ނޮޅިވަރަމަށް 24 ގަޑިއިރު ކަރަންޓު ޔަގީންނުވާ ކަމަށާއި ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ހަ ވަރަކަށް ފަހަރު ކަރަންޓު ކެނޑޭ ކަމަށެވެ. 

"24 ގަޑިއިރު ކަރަންޓެއް ޔަގީނެއް ނޫން ދުވާލެއްގެ ތެރޭގައި. ދުވާލަކު ހައެއްކަ ފަހަރުވެސް ކަރަންޓު ހިނގައިދާނެ. މިއަދުވެސް މިހާރު ދެފަހަރެއްގެ މަތިން ކަރަންޓު ހިނގައްޖެ،" އޭނާ ވިދާޅުވި އެވެ. 

Advertisement

ނޮޅިވަރަމުން ކަރަންޓު ކެނޑުމުގެ މައްސަލަ ފަހަކަށް އައިސް ބޮޑުވެފައި މިވަނީ ކަރަންޓު ލޯޑު ނުހިފަހައްޓާތީ ކަމަށް ޔޫސުފް މޫސާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރޯދަ މަހަށްފަހު ކަރަންޓުގެ މައްސަލަ ދިމާވުން އާންމު ކަމަކަށްވެފައިވާ ކަމަށެވެ. 

"ލޯޑު ނުހިފަހައްޓަނީ ޖަނަރޭޓަރު އެއްޗެހި ކުޑަވެފައި ރައްޔިތުންނަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުނުކޮށްދެވެނީ އަސްލު. މިހާރު ދެތިން މަހެއްވެއްޖެ މިގޮތަށް ކޮންޓިނުއަސްކޮށް ތަކުރާރުވާތާ. ރޯދަ މަހުގެ ފަހުން މާ ބޮޑަށް މި މައްސަލަ ތަކުރާރުވާން ފަށައިފި،" އޭނާ ވިދާޅުވި އެވެ.

ޔޫސުފް މޫސާ ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރަން ފެނަކައާ އެކި ފަހަރު މަތިން މަޝްވަރާތައް ކުރެވި ފެނަކައިން އެދުނު ހުރިހާ ކަމެއް ކައުންސިލުން ވާނީ ފޯރުކޮށްދީފައި ކަމަށެވެ. އެގޮތުން ޓްރާންސްފޯމަރުތަކެއް ބަހައްޓާނެ ބިމެއް ހަމަޖައްސައިދޭން އެދުމުން އެކަންވެސް ހަމަޖައްސައިދިން ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި ނޮޅިވަރަމުން ކަރަންޓު ކެނޑޭ މައްސަލައިގައި އެ ރަށުގެ ބައެއް ގެތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނަށްވެސް ވަނީ ގެއްލުންވެފަ އެވެ. ރައްޔިތުންނަށް ލިބޭ ގެއްލުންތައް ފެނަކައާ ހިއްސާކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. 

ނޮޅިވަރަމްގެ ރައްޔިތުން އެދެމުންދަނީ އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށްދިނުމަށެވެ. އެ ރަށުގެ ކަރަންޓުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުން ދިޔުމަކީ އެ ރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox