ހީނާއަށް މަރުހަބާ ދަންނަވައި، ތަރިކަ ވުޒާރާގެ ހިންގުމާ ގުޅޭ 14 ސުވާލަކާއެކު ތޯރިގުގެ ފާޑުކިޔުން

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު ތޯރިގު

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު ތޯރިގު

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އާ ވަޒީރު ހީނާ ވަލީދަށް މަރުހަބާ ދަންނަވައި، އެ ވުޒާރާގެ ހިންގުމާ ގުޅޭ ގޮތުން ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވައިފި އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވަނީ ކުރީގެ ވަޒީރު އާދަމް ނަސީރު އިބްރާހީމްގެ ދައުރުގައި ހިނގާފައިވާ ކަންކަމާ ގުޅޭ ގޮތުން ސާފުކުރަން ބޭނުންވާ 14 ކަމެއް ފާހަގަކުރައްވާފަ އެވެ.

ތޯރިގު ވަނީ ހީނާ ވަލީދަށް މަރުހަބާ ދަންނަވަމުން، މާދަމާވެސް މޭޒުގެ އަނެއް ފަރާތުގައި އިންނަވަން ޖެހިވަޑައިގެންފާނެ ކަމަށް ބައްލަވައިގެން މަސައްކަތް ކުރެއްވުމަށް ނަސޭހަތްތެރިވެފަ އެވެ. އޭނާ ކުރެއްވި ސުވާލުތަކުގެ ތެރޭގައި ގައުމީ ޗާޕްހާނާގެ މަސައްކަތްތަކާއި، އެތަނުން މިހާތަނަށް ހިލޭ ސާބަހަށް ޗާޕުކޮށްދިން ފޮތްތަކުގެ އަދަދު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައި ވެ އެވެ.

މީގެ އިތުރުން އުސްގެކޮޅުގައި ގާއިމުކުރި ދާރުލްއާސާރާއި، ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރި ގޮތުގެ ތަފްސީލަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ގައުމިއްޔަތު އިއާދަކުރުމުގެ ނަމުގައި ހިންގި ބޮޑެތި މަޝްރޫއުތަކާ ގުޅޭ ގޮތުން ސުވާލު އުފައްދަވަމުން ތޯރިގު ވަނީ، ހއ. އުތީމާއި ބާރަށާއި ތަކަންދޫ އަދި އިހަވަންދޫ ހިމެނޭހެން ހިންގި ބޮޑުތަކުރުފާނުގެ ހަނދާންތައް ދިރުވުމުގެ މަޝްރޫއުގެ އަދާހަމައެއް ހޯދުމަށް އެދިވަޑައިގެންފަ އެވެ.

އުތީމުގައި ތަރައްގީކުރި ދިވެހި ބޭސްވެރިކަމުގެ ފަތްޕިލާވެލީގެ ދަނޑުގެ ހާލަތާއި، އަލަށް އުފެއްދި ކޮލެޖުން ދަސްވެނިވި ދަރިވަރުންގެ އަދަދު ހާމަކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ތޯރިގުގެ ޕޯސްޓުގައި އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ އާސާރީ ތަންތަނަށް ލިބިފައިވާ ގެއްލުންތަކުގެ ވާހަކަ އެވެ. އެގޮތުން މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގައި ކުރީ ސަރުކާރުން ބޭނުންކުރި ކެމިކަލްތަކުގެ ސަބަބުން ގެއްލުންވި ކަމަށް ކުރީގެ ވަޒީރު ވިދާޅުވެފައިވާތީ، އެއީ ކޮން ކެމިކަލެއްކަން ސާފުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ކަޅުއޮށްފުންމީގެ ނަކަލު ފަނިބޮއި ހަލާކުވަމުންދާ ކަމަށް ވިދާޅުވެ، އެކަމަށް ދީފައިވާ ފަރުވާގެ ތަފްސީލު ހޯދުމަށް ވެސް ވަނީ ހުށަހަޅުއްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮޅުވާލައިގެން ސަގާފީ ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒެއް އުފައްދާފައިވާ ކަމަށް ތުހުމަތުކުރައްވައި، އެތަނުން ކުރި ދިރާސާތަކުގެ ތަފްސީލު ދިނުމަށް ވެސް ތޯރިގު ވަނީ އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ ތަރިކަ ރައްކާތެރިކުރުމުގެ މަޝްރޫއުތަކުގެ އަދާހަމަ ހޯދުމަށް ވެސް އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ.

މުހައްމަދު ތޯރިގަކީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން، ކުރީގެ ސަރުކާރުގައި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވިދާޅުވީ މިއީ ސާފުކުރަން ބޭނުންވާ ކަންކަމުގެ ކުޑަ މިންވަރެއް ކަމަށާއި، މީގެ ކުރިން މަޖިލީހަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހެޅި ކަންކަމަށް ދީފައިވާ ޖަވާބުތައް ބައްލަވާލެއްވުމަށް އާ ވަޒީރުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox