ޗެއާޕާސަންގެ އިންތިހާބުގެ އިއުލާނު ބާތިލުކުރަން އެންގިތާ ތިން ދުވަސްވީއިރު ގޮތެއް ނުނިންމާ

އަބްދުލްޣަފޫރު މޫސާ

އަބްދުލްޣަފޫރު މޫސާ

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ކުރި އިއުލާނު ބާތިލު ކުރުމަށް، އެ ޕާޓީގެ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުން އެންގިތާ ތިން ދުވަސް ފާއިތުވެގެންދިޔައިރު މިހާތަނަށް އެކަމާމެދު ޕާޓީން ގޮތެއް ނިންމާފައި ނުވާކަން އެނގިއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ޖޫން 12، ގައި ބޭއްވުމަށް ނިންމައި އެކަން އެމްޑީޕީގެ ސެކްރެޓޭރިއޭޓުން އިއުލާނުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލެވޭނީ އެ ރޭގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ތިބޭ މެންބަރުންނަށް ކަމަށެވެ. އަދި، އިންތިހާބަށް ކުރިމަތިލުމަށް އިއުލާނުގައި ދީފައި އޮތީ 10 ދުވަހެވެ.

ނަމަވެސް، ޗެއާޕާސަންގެ އިންތިހާބުގެ ޓައިމްލައިންއާއެކު އެމްޑީޕީގެ ސެކްރެޓޭރިއެޓުން ކުރި އިއުލާނު ބާތިލުކުރަން ޖެހިގެން އައި ހުކުރު ދުވަހު އެ ޕާޓީގެ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ ރައީސް، އަހުމަދު އަބްދުالله އަފީފް އެންގި އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، އަބްދުލްޣަފޫރު މޫސާއަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި އަހުމަދު އަބްދުالله ވިދާޅުވީ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބުގެ ކަންތައްތައް ރާވައި ހިންގުން ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށް އޮތްއިރު، އޭނާއަށް ނާންގައި ޗެއާޕާސަންގެ އިންތިހާބާ ގުޅޭ އެއްވެސް ނިންމުމެއް ނިންމުމަކީ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ  ޗެއާޕާސަންގެ އިންތިހާބުގެ ކަންކަން އިންތިޒާމުކުރާ ބެހޭގޮތުން އިންތިހާބާބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމަކަށް ހާޒިރުވި ކަމަށެވެ.  ނަމަވެސް އެ ބައްދަލުވުމުގައި  ކޮމިޓީން ނިންމި އިންތިހާބުގެ ޓައިމްލައިނަކީ ކޮމިޓީންދޭ ލަފައެއް ކަމަށާއި ޕާޓީގެ ލީޑަރުންނާއި ޗެއާއާ މަޝްވަރާ ކުރުމަށްފަހު އެކުގައި ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

 މީގެއިތުރުން އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ވަގަށް ޕީއެންސީއަށް ވައްދާފައިވާއިރު، އެ މެންބަރުން އަލުން ޕާޓީއަށް ވަނުމުގެ ފުރުސަތު ނުދީ އިންތިހާބު ކުރިއަށްގެންދިޔުމަކީ ކެންޑިޑޭޓުންނާއި މެންބަރުންގެ އިންތިހާބީ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށް އަހުމަދު އަބްދުالله ގެ ސިޓީގައި ވިދާޅުވި އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބުގެ ކަންކަން ހިންގަން ޖެހޭނީ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ ރައީސް ކަމަށެވެ. އަދި، އެ ގަވާއިދުގެ 69 ވަނަ މާއްދާގައި، ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، (ށ) ގައި ބަޔާން ކޮށްފައި ވަނީ ޗެއާޕާސަންގެ އިންތިހާބު ފިޔަވައި އެހެން ހުރިހާ އިންތިހާބެއް އިންތިޒާމުކޮށް ރޭވުމަކީ ޗެއާޕާސަންގެ ޒިންމާއެއް ކަމަށެވެ.

އަސާސީ ގަވާއިދުގައި އެހެން ބަޔާން ކޮށްފައި އޮތް ނަމަވެސް، ޗެއާޕާސަންގެ ބެލުމުގެ ދަށުން ހިންގާ ސެކްރެޓޭރިއޭޓުން ކުރި އިއުލާނު މިހައިތަނަށް ވެސް ބާތިލެއް ނުކުރެ އެވެ. އެކަމާ ގުޅޭގޮތުން އޭނާގެ ބަހެއް ހޯދަން ގުޅައި މެސެޖުކުރުމުން ވެސް ޣަފޫރު ޖަވާބެއް ނުދެއްވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް މިހައިތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ކުރީގެ ރައީސް، މުހައްމަދު ނަޝީދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް ނަސީމްގެ އިތުރުން، އެމްޑީޕީގެ ކުރީގެ ރައީސްކަން ކުރެއްވި އަލްހާން ފަހުމީ އެވެ.

އޭގެ ތެރެއިން، ނަޝީދުގެ ފަހަތުގައި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި، ނަޝީދުގެ ސަޕޯޓަރުން ތިބިއިރު، މީކާއިލްގެ ފަހަތުގައި އޮތީ ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަޕޯޓަރުންނާއި މަޖިލިސް މެންބަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox