ސީ ގިއާ އީދު ސޭލް 2026: 70 ޕަސަންޓާ ހަމައަށް ޑިސްކައުންޓް

ސީ ގިއާ ފިހާރަ؛ އެތަނުން އީދު ސޭލް ފަށައި، 70 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ދޭން ވަނީ ފަށާފައި -- ފޮޓޯ: އަދަދު

ސީ ގިއާ ފިހާރަ؛ އެތަނުން އީދު ސޭލް ފަށައި، 70 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ދޭން ވަނީ ފަށާފައި -- ފޮޓޯ: އަދަދު

ކަނޑުދަތުރުފަތުރާއި މޫދު ކުޅިވަރުގެ ސާމާނު ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިއްކާ ސީ ގިއާގެ އީދު ސޭލްގައި 70 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ދޭން ފަށައިފި އެވެ.

ސީ ގިއާ އިން ބުނީ ސޭލް ކުރިއަށްގެންދާ މުއްދަތުގައި ޝޯރޫމަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް ވޯޓާސްޕޯޓްސް އިކުއިޕްމަންޓްތަކާއި، ކަނޑުމަތީގެ އެކި އާލާތްތަކުގެ އިތުރުން، އެންމެ ފަހުގެ ފެޝަންގެ އަންނައުނާއި ލައިފްސްޓައިލް އުފެއްދުންތައް ވަރަށް އަގުހެޔޮކޮށް ލިބިގެންދާނެ އެވެ.

މިއީ ކުރިއަށް އޮތް ބަންދު ދުވަސްތަކާ ދިމާކޮށް އަމިއްލަ ފަރާތްތަކަށާއި، ރިސޯޓުތަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު އާކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ސީ ގިއާ އިން ބުންޏެވެ. 

އެ ކުންފުނީގެ އަމާޒަކީ މިފަދަ ޕްރޮމޯޝަންތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިދާހުރި ފުރުސަތުތަކެއް ހޯދައިދިނުމާއި، ރާއްޖޭގެ މެރިން އަދި ވޯޓާ ސްޕޯޓްސް ސިނާއަތުގައި އެ ކުންފުނިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ކަމަށް ސީ ގިއާ އިން ބުންޏެވެ. 

މި ސޭލްގެ މަގުސަދަކީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު މެރިން، ޑައިވިން، ވޯޓާ ސްޕޯޓްސް އަދި ލައިފްސްޓައިލް އުފެއްދުންތައް ހެޔޮ އަގުގައި ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. 

ސީ ގިއާ އީދު ސޭލް މިހާރު ފެށިގެން ކުރިއަށްދާއިރު، މުދާ ހުސްވުމުގެ ކުރިން ވީހާވެސް އަވަހަށް ޝޯރޫމަށް ޒިޔާރަތްކޮށް، މި ހާއްސަ ޑިސްކައުންޓްތަކުގެ ބޭނުން ހިފުމަށް އެ ކުންފުނިން ކަސްޓަމަރުންނަށް ދައުވަތު އަރުވައެވެ.

ސީ ގިއާއަކީ ރާއްޖޭގެ މެރިން ސިނާއަތަށް ބޭނުންވާ ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox