2028 ގެ ކުރިން މުއިއްޒުގެ ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވެއްޖެ

Apr 26, 2026, 8:08 AM
ނަޝީދު ވާހަކަ ދައްކަވާއިރު ދެ ފަރާތުގައި ފައްޔާޒު އަދި މޭޔަރު ނިޒާރު

ނަޝީދު ވާހަކަ ދައްކަވާއިރު ދެ ފަރާތުގައި ފައްޔާޒު އަދި މޭޔަރު ނިޒާރު

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރު ހަމަވުމުގެ ކުރިން މި ވެރިކަން ބަދަލުކުރުމަކީ ގައުމުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށްފަހު، ޗެއާޕާސަންގެ މަގާމަށް ނުކުމެވަޑައިގެން ތާއީދު ހޯއްދެވުމަށްޓަކައި ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، "ޕީއެންސީގެ ވެރިކަން އަޅުގަނޑުމެން ކޮންމެހެންވެސް ބަދަލުކުރަންޖެހޭ" ކަމަށެވެ.

"އަޅުގަނޑު ޕާޓީގެ ޗެއާޕާސަން ކަމާ ހަވާލު މިވަނީ، ހަވާލުވުމަށް އަޅުގަނޑު އެދެނީ، އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރު ބަދަލުކުރުމަކީ ވަރަށް މުހިއްމު ކަމެއް. [މުއިއްޒުގެ] ސަރުކާރު ބަދަލުނުވެ 2028 ވަނަ އަހަރު އަތުވެއްޖެނަމަ، އެއީ މި ދިވެހިރާއްޖެއަށް އަޅުގަނޑު ދެކޭ ގޮތުގައި ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް،" ނަޝީދު ވިދާޅުވި އެވެ.

"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސަރުކާރެއް އުފެއްދުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކޮންމެހެންވެސް ކޮށްދޭންޖެހޭނެ ކަމެއް."

ކުރިން އެމްޑީޕީގެ ރައީސް ކަމާއި ޗެއާޕާސަންގެ މަގާމު ފުރުއްވާފައިވާ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ނަޝީދު، ޗެއާޕާސަންގެ ރޭހުގައި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއެވެ.

ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ސިޔާސީ ޕާޓީއެއް ހިންގުމަކީ ހަމައެކަނި މުޒާހަރާކުރުމެއް ނޫން ކަމަށާއި، އަދި ހަމައެކަނި ޖަލްސާ ބޭއްވުން ނޫން ކަމަށެވެ.

"އެއީކީ ފަސޭހައިން ކުރެވޭ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ހަމައެކަނި ސިޔާސީ ޕާޓީއެއް ނޫނެވެ. އެއީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް މުއައްސަސާ އެވެ. އެމަނިކުފާނު ޗެއާޕާސަން ކަމަށް ކުރިމަތިލައްވަނީ ރައީސްކަން ބޭނުންފުޅުވެގެން ނޫން ކަމަށާއި، އޭގެ ބަދަލުގައި ޕާޓީ ވަރުގަދަކޮށް ވެރިކަން ބަދަލުކުރުމުގެ ބާރު ހޯދުން މާ މުހިންމު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ގައިގައި ހުރީ ރީނދޫ ލޭ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއަކީ އަވައްޓެރި އިންޑިއާގެ ކޮންގްރެސް އާއި ބީޖޭޕީ ފަދަ، ސަރަހައްދީ ފެންވަރުގައި ބަލައިގަންނަ ވަރުގަދަ ޕާޓީއަކަށް ހަދަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ނަޝީދު ވަނީ އައްޑޫގެ ރައްޔިތުންނާއި މުޅި ރާއްޖޭގެ ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މި ޕާޓީ ދެން ބިނާކުރަންވީ ކިހިނެއްތޯ އާއި، މިސްރާބު ހިފަންވީ ކޮން ދިމާއަކަށްތޯ އަދި މުއައްސަސާއެއްގެ ގޮތުގައި މި ޕާޓީ ބިނާކުރުމަށް ކުރަންވީ ކޮން މަސައްކަތެއްތޯ ވިސްނަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީޕީއަށް ކަށަވަރުން ވެސް ލިބެންޖެހޭ އެންމެ މުހިންމު ބާރަކީ ވެރިކަން ބަދަލުކުރުމުގެ ބާރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ބާރު އަޅުގަނޑުމެން މި ހޯދަނީ ހަމައެކަނި އަޅުގަނޑުމެންގެ އެތެރެއަށް ބަލައިގެނެއް ނޫން. ހަމައެކަނި އަޅުގަނޑުމެންގެ މެންބަރުންނާ ވާހަކަ ދައްކައިގެނެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

"ވާދަވެރި ފަރާތްތައް ކުރަމުންދަނީ ކޮން ކަމެއްތޯ ބަލައި، އެމީހުންނަށް ފާރަވެރިވެ ތިބުމަކީ އެންމެ މުހިންމު މަސައްކަތް. ވާދަވެރި ފަރާތްތައް އަޅުގަނޑުމެން ބޭނުންވާ މިސްރާބަށް ގެންދިއުމަށް އަޅުގަނޑުމެން ހިންގަންޖެހެނީ ކޮން ކަމެއްތޯ، އެއީ މި މުއައްސަސާއިން، އެމްޑީޕީން ކުރަންޖެހޭނެ ސުވާލެއް."

ފެހި ގާނޫނުއަސާސީއަކީ ކުރީގެ ރައީސް މައުމޫންގެ ބާރުވެރިކަމުގެ ދަށުން، ރައްޔިތުން ކުރި އިހުތިޖާޖުތަކާއެކު ލިބުނު އެއްޗެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެއީ އެންމެ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމު ހިންގޭނެ އޮނިގަނޑެއް ކަމަށް އޭރު ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.

"މި ނިޒާމުގެ ތެރެއިން ހަތަރު ފަހަރު ރައީސުން އިންތިހާބުކޮށްފި. ނަމަވެސް 18 އަހަރު ފަހުން މިއަދު އިވެނީ ހުސް ޝަކުވާ. ވެރިކަމުގެ ބާރު ނުހައްގު ގޮތުގައި ބޭނުންކުރުމާއި، ކުންފުނިތަކުން ނާޖާއިޒު ފައިދާ ނެގުމާއި، ވައްކަމުގެ ޝަކުވާ،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox