އެމްޑީޕީއަށް 2028 ކާމިޔާބުކުރެވޭނީ ޗެއާޕާސަނަކަށް މީކާއީލް ހޮވައިގެން: ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު: އޭނާ ވިދާޅުވީ އެމްޑީޕީއަށް 2028 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ މީކާއިލް ހޮވައިގެން ކަމަށް -- ފޮޓޯ: އެމްޑީޕީ

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު: އޭނާ ވިދާޅުވީ އެމްޑީޕީއަށް 2028 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ މީކާއިލް ހޮވައިގެން ކަމަށް -- ފޮޓޯ: އެމްޑީޕީ

އިދިކޮޅު އެމްޑީޕީއަށް 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ ޖޫން 12، ގައި ބާއްވާ އެ ޕާޓީގެ ޗެއާޕާސަން އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހޮވައިގެން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ރޭ ވިދާޅުވެއްޖެ އެވެ.  

މީކާއީލްގެ އިތުބާރު ކެމްޕެއިން އިން ބޭއްވި ޖަލްސާއެއްގައި ޝަމްހީދު ވިދާޅުވީ ޗެއާޕާސަން އިންތިހާބުގައި ނިންމާ ނިންމުމަކީ މިހާރު ރައްޔިތުން ޖެހިފައި އޮތް ހާލުން ގައުމު ސަލާމަތް ކުރާނެ މީހަކު ހޯދުން ކަމަށްވާއިރު، އެކަން ކުރެވޭނީ މީކާއިލްއަށް ކަމަށެވެ. 

"މި ނަގާ ވޯޓުގައި މި ނިންމަނީ އަޅުގަނޑުމެންނަށް، މި ދިވެހިރާއްޖޭގެ ރައްޔިތުން މިއަދު ޖެހިފައި މިއޮތް ހާލު މި ގައުމު ސަލާމަތްކުރާނެ ބަޔަކު ހޯދަން. އެ މަސައްކަތުގައި މި ޕާޓީ އެކުއެކީގައި ގެންދާނެ ބޭފުޅެއް ހޯދުމުގެ މަސައްކަތް. އެއީ އަޅުގަނޑުމެންގެ ވޯޓު ކަރުދާހުގައި އޮންނަ ސުވާލަކީ. މި ޕާޓީއަށް 2028 ކާމިޔާބުކުރެވޭނީ މިތަނުން ކޮން ބޭފުޅެއްގެ ޗެއާޕާސަންގެ ދަށުގަހޭ،" ޝަމްހީދު ވިދާޅުވި އެވެ. 

Advertisement

"އަޅުގަނޑަށް ހީވަނީ ތިޔަ އެންމެ ބޭފުޅުން ރަނގަޅަށް ވިސްނައިފިއްޔާ އޭގެ ޖަވާބު ވަރަށް ސާފުކޮށް ފެންނާނެއޭ. އެއީ އިތުބާރު ކެމްޕެއިނުގައި އަޅުގަނޑުމެންނާއެކު މިހިރަ އެމްޕީ މީކާއިލް ނަސީމްއޭ." 

ޝަމްހީދު ވިދާޅުވީ އޭނާ މަޖިލީހުގައި ހޭދަކުރި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕާޓީން ނަގަންޖެހޭ އެންމެ މުހިންމު ނިންމުންތައް ނިންމުމުގައި މީކާއިލް ލީޑާޝިޕް ދެއްކެވި ކަމަށެވެ. 

"ޖުމްލަކޮށް އަޅުގަނޑު ބުނަން އޮތީ މި ޕާޓީގައި އަޅުގަނޑު ސިޔާސީ މަގާމެއްގައި މި ހޭދަކުރި ދެ އަހަރު ދުވަހުގެ ތެރޭގައި އެންމެ ކީ ޑިޒިޝަން ނެގުމުގައި މި ޕާޓީގައި އަޅުގަނޑުމެންނާ އެކީގައި ލީޑާޝިޕް ދެއްކެވި ބޭފުޅަކީ އެމްޕީ މީކާއިލް ނަސީމް،" ޝަމްހީދު ވިދާޅުވި އެވެ. 

އަންނަ ޖޫން 12، ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީކާއިލްއާ ދެކޮޅަށް ނުކުންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެ ދެ ބޭފުޅުން ވެސް ދަނީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.

ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox