ކަރަންޓު ބިލު ބޮޑުވީ ބިލަށް އުނިއިތުރު ގެނެސްގެންނެއް ނޫން: ފެނަކަ

Apr 26, 2026, 9:19 PM
އަތޮޅު ތެރޭގެ ރަށެއްގައި ހުންނަ ފެނަކައިގެ އޮފީހެއް: ފެނަކައިން ބުނަނީ ބިލު އޮޅުވާލާފައި ނޯންނާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަތޮޅު ތެރޭގެ ރަށެއްގައި ހުންނަ ފެނަކައިގެ އޮފީހެއް: ފެނަކައިން ބުނަނީ ބިލު އޮޅުވާލާފައި ނޯންނާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ނިމުނު މާޗު މަހުގެ ކަރަންޓު ބިލުތައް ބޮޑުވެގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާތީ، އެ މަހުގެ ބިލުތައް ވެސް ތައްޔާރުކުރީ އާންމު އެހެން މަސްމަހުގައި ވެސް އަމަލުކުރަމުންދާ އުސޫލުން ކަމަށް ފެނަކައިން މިއަދު ބުނެފި އެވެ. 

ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި މިހެން ބުނީ، ދައުލަތުގެ ޔުޓިލިޓީ ކުންފުނިތައް ކަމުގައިވާ ފެނަކަ އާއި ސްޓެލްކޯއިން ބިލުތައް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެ ކަމާ ޝަކުވާ ކުރަމުންދާ މީހުން ބުނަނީ ރޯދަ ޑިސްކައުންޓުގެ ގެއްލުން ފޫބައްދަން ގަސްތުގައި ބިލުތައް އޮޅުވާލީ ކަމަށެވެ. 

މިކަން ދޮގުކުރަމުން ފެނަކައިން ބުނީ، އެ ކުންފުނިން މިދިޔަ މަހުގެ ބިލުތަކަށް ވެސް ރީޑިން ނެގުމުގައްޔާއި ބިލުތައް ތައްޔާރުކުރުމުގައި އާންމު އުސޫލާ ހިލާފަށް ކަމެއް ނުކުރާ ކަމަށެވެ. އަދި މި އުސޫލަކީ ގާނޫނުތަކާއި ގަވާއިދުތަކުން ކަނޑައެޅި އާންމުކޮށް ފެންނަން އޮންނަ އުސޫލެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

"މި އުސޫލާ ހިލާފަށް، މި ކުންފުނިން ހިދުމަތް ދެމުންދާ އެއްވެސް ފަރާތެއް ބިލެއް ތައްޔާރުކޮށް، ބިލަށް އުނިއިތުރު ގެނެސްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވަން،" ފެނަކައިން ބުންޏެވެ. 

ފެނަކައިން ވަނީ ރީޑިންގައި މައްސަލައެއް އުޅޭ ނަމަ، ރީޑިން ޗެކުކުރަން އެ ކުންފުނީގެ އެހީތެރިކަން ލިބޭނެ ކަމަށް ބުނެފަ އެވެ. 

ނޫސް ބަޔާން ނިންމާލަމުން ފެނަކައިން ވަނީ މާޗު، އޭޕްރިލް، މެއި މަސް ހިމެނޭ ދުވަސްވަރަކީ އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ދުވަސްވަރު ކަން ހަނދާންކޮށްދީ، ކަރަންޓު ބޭނުންކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފަ އެވެ. 

މާޗު އަދި އޭޕްރިލް މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރެވެ. މި ދެ މަހުގައި ވެސް ފިނިހޫނުމިން ހުންނަނީ 32 ޑިގްރީގަ އެވެ. ނަމަވެސް ވައިގެތެތްކަން އިތުރުކަމުން، އިހުސާސްވާ ފިނިހޫނުމިން ހުންނަނީ 40 ޑިގްރީގަ އެެވެ.

ކަރަންޓު ހިދުމަތްދޭ ކުންފުނިތަކުން ބުނަނީ މި ދުވަސްވަރު ކަރަންޓު ބިލުތައް ބޮޑު ވަނީ ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ އެވެ. މި ދުވަސްވަރު އެންމެ ބޮޑަށް ކަރަންޓު ބޭނުންކުރަނީ ގޭތެރެ އާއި ކޮޓަރިތައް ފިނިކުރަން ބޭނުންކުރާ އެއާ ކޮންޑިޝަނާ (އޭސީ) ތަކެވެ. 

އޭސީތަކަކީ ބޭރު ހޫނުވާ ވަރަކަށް އެތެރެ ފިނިކުރަން ގިނައިން ކަރަންޓު ބޭނުންކުރާ އާލާތެކެވެ. މިހެންކަމުން ހޫނު ގަދަ ވަގުތުތަކުގައި އޭސީ ޖައްސާފައި ހުންނައިރު ގިނައިން ކަރަންޓު ބޭނުންކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox