ރަސްމާލެ އެއްބަސްވުމުގެ ބަދަލު ދޭން ޖެހޭނީ ވޯޓު ދިން މެންބަރުންނާއި ވަޒީރުންގެ މުދަލުން: ފައްޔާޒު

Nov 21, 2026, 11:12 PM
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: ރަސްމާލެ އެއްބަސްވުން ބާތިލުކުރުމުން ޖީއެމްއާރަށް ދިން ވަރަށް ވުރެ ބޮޑު ބަދަލެއް ދޭން ޖެހިދާނެ ކަމަށް ވިދާޅުވި --- ފޮޓޯ: އަދަދު

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: ރަސްމާލެ އެއްބަސްވުން ބާތިލުކުރުމުން ޖީއެމްއާރަށް ދިން ވަރަށް ވުރެ ބޮޑު ބަދަލެއް ދޭން ޖެހިދާނެ ކަމަށް ވިދާޅުވި --- ފޮޓޯ: އަދަދު

ރަސްމާލެ މަޝްރޫއުގެ ދަށުން ޔޫއޭއީގެ އީގަލް ހިލްސްއާެކީ ސަރުކާރުން ހަދާ އެއްބަސްވުން ކުރިއަށް އޮތް ތަނުގައި ބާތިލުކުރަން ޖެހިއްޖެ ނަމަ، އެކަމުގެ ސަބަބުން ދައުލަތުން ދައްކަން ޖެހޭ ބަދަލު ދޭންވާނީ އެކަމަށް ތާއީދުކުރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކެބިނެޓު ވަޒީރުންގެ އަމިއްލަ މުދަލުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް  މިރޭ ވިދާޅުވެއްޖެ އެވެ. 

ފައްޔާޒު ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވިދާޅުވީ މި އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ބައިނަލްއަގުވާމީ ކޯޓަކުން ބަދަލެއް ދޭން އަމުރުކޮށްފި ނަމަ، އެ އަދަދު ޖީއެމްއާރު މައްސަލައިގައި ދައްކަން ޖެހުނު އަދަދަށް ވުރެ ވެސް މާ ބޮޑުވާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ އެކަހެރިވެގެން ނުދާނީ އެ ފައިސާ ދައްކައިގެން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން ދައުލަތުން އެ ފަދަ ބޮޑު ބަދަލެއް ދޭން ޖެހިއްޖެ ނަމަ، އެ ކަމަށް ވޯޓުދިން މަޖިލިސް މެންބަރުންނާއި ކެބިނެޓުގެ ވެރިންގެ އަމިއްލަ މުދަލުން އެ ފައިސާ ދައްކަން ޖެހޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އެ ބޭފުޅުން ޒިންމާވާންޖެހޭނެ ރައްޔިތުންގެ މަޖިލީހުން މި ފާސްކުރާ ބޭފުޅުން، މިއަށް ވޯޓުލައްވާ ބޭފުޅުން، އެ މީހުންގެ އަމިއްލަ މުދަލުންނާ އެއްކޮށް މިއަށް ޒިންމާވާންޖެހޭނެ. ސަރުކާރުގެ ކެބިނެޓު ތިއްބެވި މީހުން މިކަމަށް ޒިންމާވާންޖެހޭނެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ޒިންމާވާން ޖެހޭނެ." އޭނާ ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއަށް މަގުފަހިކުރަން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލަކީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާއާ ސީދާ ހިލާފު ބިލެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީގައި ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ ބިލުގެ ދަށުން 99 އަހަރުން 99 އަހަރުން މުއްދަތު އާވާ ގޮތަށް ހަދައި، އެ ތަންތަން ދާއިމީ ގޮތެއްގައި ބޭރު މީހުންނަށް މިލްކުވާ ގޮތަށް މަގުފަހިކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން 200 ހެކްޓަރަށް ވުރެ ކުޑަނޫން ފަޅެއް ނުވަތަ ރަށެއް، ރައީސުލްޖުމްހޫރިއްޔާގެ އިހުތިޔާރުގައި ބޭރު މީހުންނަށް ވަޒަންވެރިވެވޭ ގޮތަށް ދޫކޮށްލުމުގެ ބާރު އެ ބިލުން ލިބިދޭ ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ. މިއީ މުޅި ރާއްޖޭގެ ސިފަ ބަދަލުވެ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމުން މި ފަދަ ނިންމުމެއް ނިންމަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ސަތޭކަ އަހަރު ތެރޭގައި މުޅި ދިވެހިރާއްޖޭގެ ސިފައެއްކޮށް ބަދަލުވެދާނެ ކަމެއް. އެ ވަރުގެ ކަމެއް ނިންމަން ވާނީ މިހާރު ދުނިޔޭގައި ތިބި ދިވެހިން ކައިރީގައި ބަހެއް އެކަމަށް ހޯދައިގެންނޭ. އެހެންވެގެން އަޅުގަނޑުމެން މި ބުނަނީ ރައްޔިތުން ކައިރި އަހަން އެބަ ޖެހޭ." ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ މަޖިލިސް މެންބަރުން ބޭނުންކޮށްގެން ގަދަބާރުން މި ބިލު ފާސްކުރި ނަމަވެސް، މިނިވަން ޝަރުއީ ނިޒާމެއް އޮންނަ ދުވަހަކުން ސުޕްރީމް ކޯޓުން މި ގާނޫނު ބާތިލުކުރާނެ ކަމަށެވެ. ގާނޫނުއަސާސީއާ ހިލާފު ގާނޫނެއް ބާތިލުވުމާ އެކު، އޭގެ ދަށުން ހަދާ އެއްބަސްވުންތައް ވެސް އުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ބާރު އޮތް ސަރުކާރެއްގައި މި ކަމާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ ގާތަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން މަގުމައްޗަށް ނުކުމެ އަޑުއުފުލުމުގެ ގޮތުން މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޮޑު އިހުތިޖާޖެއް ބޭއްވުމަށް އެ ޕާޓީން ވަނީ ތައްޔާރުވާން ފަށާފަ އެވެ. އެމްޑީޕީން ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް އެ މަޝްރޫއު ކުރިއަށް ގެންދާ ނަމަ، އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން ވެސް ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox