ހުލާސާކޮށް އިއްޔެ: ހަމަލާ ދިނީ ސަރުކާރުން ކަމަށް ތުހުމަތު ކުރުން

Apr 26, 2026, 6:31 AM
މާލޭ މޭޔަރު އާދަމް އާޒިމް އަށް ހަމަލާ ދިން މީހާ ދުރުކުރަން މުޒާހަރާގެ ބައެއް ބައިވެރިން މަސައްކަތް ކުރަނީ

މާލޭ މޭޔަރު އާދަމް އާޒިމް އަށް ހަމަލާ ދިން މީހާ ދުރުކުރަން މުޒާހަރާގެ ބައެއް ބައިވެރިން މަސައްކަތް ކުރަނީ

އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ތުހުމަތު ކުރެއްވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ. އާޒިމް ވިދާޅުވީ، ރައްޔިތުން މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަން ޖެހުނީ ސަރުކާރުގެ ނާގާބިލުކަން އިންތިހާއަށް ގޮސް، ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތިތަކުން ސަލާމަތްކޮށްދިނުމަށްޓަކައި ކަމަށެވެ. އޭނާއަށް ހަމަލާ ދިނީ ސަރުކާރުގެ ނާގާބިލްކަން ހާމަކޮށް، ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.

މި ހަބަރުގެ އިތުރުން ފާހަގަކޮށްލެވޭ ބައެއް ހަބަރުތައް ރިތީގައި އެ ވަނީ އެވެ. 

ކައުންސިލް އިންތިހާބާއި ރެފެރެންޑަމް އެކުގައި ބޭއްވުމުން ރެފެރެންޑަމްއަށް ހިޔަނި އެޅުނު: މުންދު

ކައުންސިލް އިންތިބާއި ފެންނަ ނުފެންނަ ވޯޓު އެކީގައި ބޭއްވުމުން، އޭގެ ހިޔަނި ފެންނަ ނުފެންނަ ވޯޓަށް އެޅުނު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުންދު ވިދާޅުވެއްޖެ. އިންތިހާބުގައި ބާތިލު ވޯޓު ގިނަވުމަކީ ކަންބޮޑުވުމެއް ކަމަށާއި، ރައްޔިތުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވި.

މާލޭގައި 500 ހައުސިން ޔުނިޓު އަޅަން ޗައިނާއިން އެހީތެރިވަނީ

މާލޭގައި 500 ހައުސިން ޔުނިޓު އެޅުމަށްޓަކައި ޗައިނާއިން އިންޓްރެސްޓް ފްރީ ލޯނެއް ދިނުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން މިއަދު ވަނީ ސޮއިކޮށްފައެވެ. ބެއިޖީންގްގައި ބޭއްވި ކޮންފަރެންސެއްގެ ތެރެއިން މި އެއްބަސްވުމުގައި ސޮއިކުރިއިރު، ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ އެހެނިހެން މަޝްރޫއުތަކާ ގުޅޭގޮތުން ވެސް ދެ ގައުމުގެ ދެމެދުގައި ވަނީ މަޝްވަރާކޮށްފައެވެ.

މޭޔަރު އާޒިމްއަށް ދިން ހަމަލާ މުއިއްޒު ކުށްވެރި ކުރައްވައިފި

މާލޭގެ މޭޔަރު އާދަމް އާޒިމަށް ރޭ ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. މި ހަމަލާއަކީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް މޭޔަރު ތުހުމަތު ކުރެއްވި ނަމަވެސް، ރައީސް އޮފީހުން ވަނީ އެކަން ދޮގުކޮށްފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓު އަނެއްކާ ވެސް ސިނާނަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނު ކާމިޔާބު ކުރައްވައިފިއެވެ. ސިނާނުގެ ގޮނޑި ކުރިން ގެއްލުނީ ސާބިތު ދަރަންޏެއް އޮތުމުން ކަމަށްވީ ނަމަވެސް، މިހާރު އެ ފައިސާ ދައްކާފައިވާތީ އޭނާއަށް އަލުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. އަންނަ ޖޫން މަހު ބާއްވާ މި އިންތިޚާބުގައި ސިނާނާ ވާދަކުރައްވާނީ އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރައްވާފައިވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

ގާތް ގުޅުމުގެ ސަބަބުން ބަނޑުގެ ޖަރާސީމު ބަދަލުވާކަން ހާމަވެއްޖެ

ގާތް އިޖުތިމާއީ ގުޅުންތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމާއި ހަޖަމުކުރުމަށް އެހީވާ "ގަޓް ބެކްޓީރިއާ" އެކަކު އަނެކަކަށް ފޯރުކޮށްދޭކަން އައު ދިރާސާއަކުން ހާމަވެއްޖެއެވެ. ސީޝެލްސްގެ ދޫނިތަކެއް ބޭނުންކޮށްގެން ކުރި މި ދިރާސާއިން ދައްކާގޮތުގައި، އެކުގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކުގެ ބަނޑުގައި ހުންނަ ބެކްޓީރިއާ އެއްގޮތްވާ މިންވަރު އިތުރެވެ.

ޑރ. މުފްލިހާގެ "ސިއްހަތާއި ދުނިޔެ" ފޮތް ނެރެފި

ދިވެހިބަހުން ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމަށް ޑރ. ފާތިމަތު މުފްލިހާ ލިޔުއްވި "ސިއްހަތާއި ދުނިޔެ" ފޮތް ނެރެފިއެވެ. ފަސް ބާބުގެ މައްޗަށް އެކުލެވޭ މި ފޮތުގައި އާންމު ބަލިތަކުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމާއި ބަލިމީހުންނާއި ޑޮކްޓަރުންގެ ގުޅުން ހަރުދަނާކުރުމާ ގުޅޭ މުހިންމު މައުލޫމާތުތައް ހިމަނާފައިވެއެވެ. މި ފޮތް ތައްޔާރުކޮށްފައިވަނީ ކުރެހުމާއި ވާހަކައިގެ އުކުޅުތައް ބޭނުންކޮށްގެން ހުރިހާ އުމުރުފުރައަކާ ގުޅޭނެ ފަދަ ލުއި ގޮތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox