އެމްޑީޕީއަށް ލިބޭ ފައިސާއަށް ވާ ގޮތް އާންމު މެންބަރުންނަށް އަންގާނަން: މީކާއިލް

ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މީކާއިލް ވާހަކަ ދައްކަވަނީ --- ފޮޓޯ: އިތުބާރު ކެމްޕޭން ޓީމް

ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މީކާއިލް ވާހަކަ ދައްކަވަނީ --- ފޮޓޯ: އިތުބާރު ކެމްޕޭން ޓީމް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެއްޖެނަމަ އެ ޕާޓީއަށް ލިބޭ ފައިސާއަށް ވާ ގޮތް އާންމު މެންބަރުންނަށް އަންގާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގައި ދެވަނަ ދައުރެއް އަދާކުރައްވަމުން ގެންދަވާ މީކާއިލް ގެންދަވަނީ އެމްޑީޕީގެ އިސް މަގާމަށް ވާދަކުރައްވަމުންނެވެ. އެ ޕާޓީގެ ޔޫތު ވިންގުގެ ރައީސްކަން ވެސް ކުރެއްވި މީކާއިލް ކުރައްވަމުން ގެންދަވާ "އިތުބާރު" ކެމްޕޭންގެ ތެރެއިން ރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މީކާއިލް ވަނީ އޭނާގެ ޗެއާޕާސަން ކަމުގައި އެ ޕާޓީގެ އެކަކު ވެސް ބައިވެރިނުވާނެ ކަމަށް ވިދާޅުވެފަ އެވެ. 

"އަޅުގަނޑުގެ ޗެއާޕާސަން ކަމެއްގައި އެމްޑީޕިއަށް ލިބޭ ގޮނޑި މޭޒު، އެ ގޮނޑި މޭޒަށް ވާ ގޮތް، ރަނުން ރަނަށް ތި ބޭފުޅުންނަށް އަޅުގަނޑު އަންގާނަން. އިރާދުކުރެއްވިއެްޔާ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން އެމްޑީޕީއަށް ދޭ ފައިސާއަކީ ހަގީގަތުގައި ވެސް މި ޕާޓީގެ މެންބަރުންގެ ކުރިމަގަށް، އިންސާފަށް ހޭދަކުރެވޭ ފައިސާއަށް ހަދާނަން،" މީލާއިލް ވިދާޅުވި އެވެ. 

ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕާއެކު ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށަށް ދަތުކުރެވުނު ކަމަށް މީކާއިލް ވިދާޅުވި އެވެ. އަދި އެ ދަތުރުތަކުގައި އާންމުން މެންބަރުންގެ ކަންބޮޑުވުންތައް އިވުނު ކަމަށް މީކާއިލް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އެމްޑީޕީގެ އާންމު މެންބަރުންގެ ގާތަށް ގޮސް އެ މީހުންގެ ޝަކުވާތައް ވަރަށް ގާތުން އަޑުއެހުން. އެ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ މި ޕާޓީގެ ހިންގުމާމެދު އޮތް ޝަކުވާ. އެ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ އެ މީހުންގެ ނަމުގައި ވެސް މި ޕާޓީއަށް ލިބޭ ފައިސާއަށް ވާ ގޮތް ނޭނގޭ ކަމާ މެދު އޮތް ޝަކުވާ،" މީކާއިލް ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާ ހަމައަށް ވަރަށް ބޮޑެތި އަދަދުތަކުން އެމްޑީޕިއަށް ފައިސާ ލިބުނު ކަމަށާއި އޭރު އެ ޕާޓީގެ މެންބަޝިޕް ވެސް އޮތީ އިންތިހާއަށް މަތީގައި ކަމަށް މީކާއިލް ވިދާޅުވި އެވެ. އާންމު މެންބަރުން މިއަދު އެ ލިބުނު ފައިސާ ކޮބާތޯ އަހަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ބޭންކު އެކައުންޓް ފްރީޒްވެފައި ހުރީ ކޮން ސަބަބަކާ ހުރެތޯއޭ، އެމްޑީޕީގެ މާލީ ނިޒާމު ދެފުށް ފެންނަ މިހާތަނަށް، އެމްޑީޕިއަށް 20 އަހަރު ވެގެނެްދާއިރު ނެތީ ކީއްވެގެންތޯއޭ،" މީކާއިލް ވިދާޅުވި އެވެ. 

އަންނަ ޖޫން 12، ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީކާއިލްއާ ދެކޮޅަށް ނުކުންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެ ދެ ބޭފުޅުންވެސް ދަނީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox